
(ފޮޓޯ ކްރެޑިޓްސް: މަތީތައުލީމާބެހޭ ވުޒާރާ)
ސްމާޓް ކެމްޕަހަކީ މުޅި ޔުނިވަރސިޓީގެ ހިންގުން ހަރުދަނާކޮށް، ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރުމަށް މަގުފަހިކޮށްދޭނެ ނިޒާމެއް ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޗައިނާގެ ބެއިޖިންގައި މިހާރު ކުރިއަށްދާ “ގްލޯބަލް ސްމަރޓް އެޑިއުކޭޝަން ކޮންފަރެންސް 2025″ގެ ވާހަކަފުޅުދައްކަވަމުންނެވެ. “ގްލޯބަލް ސްމަރޓް އެޑިއުކޭޝަން ކޮންފަރެންސް 2025″ގެ ޕެރަލަލް ސެޝަނުގައި ދެއްކެވި ވާހަކަފުޅުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވަނީ ސްމާޓް ލަރނިންގ އެންވަޔަރަންމަންޓް ނުވަތަ ސްމާޓް ކެމްޕަހެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ، ސްމާޓް ކެމްޕަހަކީ ހަމައެކަނި ތަޢުލީމު ދިނުމަށް އަމާޒުކުރެވިފައިވާ ތަނެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، މިއީ އިދާރީ ކަންކަމާއި، ދަރިވަރުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތަކާއި، އަދި މުޅި ތަޢުލީމީ ނިޒާމު އަލުން އެކުލަވާލުމަށް މަގުފަހިކޮށްދޭ ވަސީލަތެއް ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: މަތީތައުލީމާބެހޭ ވުޒާރާ)
ވަޒީރު ވިދާޅުވީ، ސްމާޓް ކެމްޕަހެއްގެ ސަބަބުން ދަރިވަރުންނަކީ އަމިއްލައަށް ދަސްކުރުމުގެ ޤާބިލުކަން ލިބިފައިވާ، އަދި އެ ޤާބިލުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރާނެ ބަޔަކަށް ވެގެންދާނެ ކަމަށެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި، ޕަރސަނަލައިޒްޑް ލަރނިންގ ޕްލެޓްފޯމްތަކާއި، އެޑެޕްޓިވް ކޯސް މެޓީރިއަލްތަކާއި، އަދި ވަގުތުން ވަގުތަށް ފީޑްބެކް ދެވޭ ނިޒާމުތައް ތަޢާރަފުކުރުން މުހިންމު ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ސްމާޓް ކެމްޕަސްގެ މަފްހޫމަކީ ހަމައެކަނި ދަރިވަރުންނާއި މުދައްރިސުންނަށް ޚާއްސަކުރެވިފައިވާ އެއްޗެއް ނޫން ކަމަށާއި، މިއީ މުޅި ޔުނިވަރސިޓީގެ ހިންގުން ހަރުދަނާކޮށް، ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރުމަށް މަގުފަހިކޮށްދޭނެ ނިޒާމެއް ކަމަށް ވަޒީރު ވިދާޅުވިއެއެވެ.
“މި ހުރިހާ ކަމެއްގެ ތެރޭގައިވެސް، އަޅުގަނޑުމެން ހަނދާންކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ، ޓެކްނޮލޮޖީއަކީ ވަސީލަތެއް ކަމަށް. ސްމާޓް ކެމްޕަސްގެ ނަތީޖާއަކަށް ވާންޖެހޭނީ ފުރިހަމަ ތަޢުލީމެއް ލިބިގަތުން. އަދި މި ތަޢުލީމުގެ ތެރެއިން ދަރިވަރުންނަށް ކުރިމަގުގެ ވަޒީފާތަކަށް ބޭނުންވާ ހުނަރުތައް ލިބިދިނުން.” ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ، ސްމާޓް ކެމްޕަސްގެ ތަޞައްވުރު ހަގީގަތަކަށް ހެދުމަކީ ޤައުމީ ފެންވަރުގައި ކުރަންޖެހޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން، ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައަށް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށާއި، މީގެ ސަބަބުން ދިވެހި ދަރިވަރުންނަށް ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި ތިބި ކުދިންނާ އެއްފެންވަރެއްގައި ވާދަކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
