
ޔަހޫދީން ފޭރިގަނެފައިވާ ސޫރިޔާގެ އަލް-ޖޫލާންގެ އުސް ބިންތަކާ އިންވެގެން އޮތް ސޫރިޔާގެ ސަރަޙައްދަކަށް ހައްދުފަހަނަ އެޅި ޔަހޫދީންގެ ބައިގަނޑަކުން އަރައިގަނެ، އެ ސަރަޙައްދުގައި ވަޒަންވެރިވުމުގެ މަސައްކަތް ފަށައިފިއެވެ. ޔަހޫދީން ޖޫލާންގެ އުސް ބިންތައް ފޭރިގަނެފައި ވަނީ 1967ވަނަ އަހަރުއެވެ. ޔަހޫދީން އަލަށް ވަޒަންވެރިވާން ފަށާފައި ވަނީ ޖޫލާންގެ ރަށެއް ކަމުގައިވާ އަލޯނޭ ހަބަޝާނާ އިންވެގެން އޮތް ސޫރިޔާގެ ބިމެއްގައެވެ. އެ ސަރަޙައްދަށް އަރައިގަނެފައިވާ ހައްދުފަހަނަ އެޅި ޔަހޫދީން ޝާއިޢު ކޮށްފައިވާ ވީޑިޔޯތަކެއް މިހާރު ދަނީ ދައުރުވަމުންނެވެ. އެ ވީޑިޔޯތަކުގައި ފެންނަނީ، ސޫރިޔާގެ ބިމަށް ވެރިވެގަނެ، ވަޒަންވެރިވާން ފަށާފައިވާ ޔަހޫދީން އުފާ ފާޅުކުރާ މަންޒަރެވެ. އެ ވީޑިޔޯތަކުގައި ގިނަ އަދަދެއްގެ ޔަހޫދީ ކުޑަކުދިން ވެސް ފެނެއެވެ. އެ މީހުން ބުނީ، އެ ސަރަޙައްދުގައި ވަޒަންވެރިވެ، ދިރިއުޅެން ފެށުމަށް ނިންމާފައިވާ ކަމުގައެވެ. އަދި، ގެދޮރު ބިނާ ކުރުމަށް އިންޖަހަށް ފަށާފައިވާނެ ކަމުގައެވެ.
އެ ސަރަޙައްދަށް ވެރިވެގަނެފައި ވަނީ “ބަޝާން ޕަޔަނިޔަރސް”ގެ ނަން ކިޔާ ހައްދުފަހަނަ އެޅި ބައިގަނޑަކުންނެވެ. އެ މީހުން ބުނީ، ޔަހޫދީ ފައުޖުން އެ ސަރަޙައްދަށް ވެރިވެގަންނާނެ ކަމުގައެވެ. އަދި، އެ ސަރަޙައްދުގެ ކޮންޓުރޯލު ޔަހޫދީ ފައުޖުގެ އަތްދަށަށް ގެންދާނެ ކަމުގައެވެ. އެ ސަރަޙައްދުގައި ޔަހޫދީ ސިފައިން މިހާރު ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ޔަހޫދީ ބައިގަނޑަކުން އަރައި، ވަޒަންވެރިވުމަށް މަސައްކަތް ފަށާފައިވާ ސަރަޙައްދަކީ، 2024ވަނަ އަހަރުގެ ޑިސެންބަރު މަހު ޔަހޫދީ ސިފައިން އަރައިގަނެފައިވާ ސަރަޙައްދެކެވެ. ޔަހޫދީ ސިފައިން ބަރުހަތިޔާރާ އެކު އެ ސަރަޙައްދަށް އެތެރެވެފައި ވަނީ އަސްކަރީ ބަޣާވާތެއްކޮށް، ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރު ކުރި ހާދިސާއަށް ފަހުއެވެ. އެއީ، ޑިސެންބަރު މަހުގެ 8ވަނަ ދުވަހެވެ. އަސަދުގެ ވެރިކަން ނިމުމަކަށް ގެނެސް، ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަމުން ދަނީ ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ންނެވެ. ރައީސަކީ އެ ޖަމާޢަތުގެ ވެރިޔާ އަޙްމަދު އަލް-ޝަރާޢެވެ.
ފަލަސްޠީނާއި ސޫރިޔާގެ ޢާންމުންނާ ދެކޮޅަށް ހައްދުފަހަނަ އެޅި ޔަހޫދީ ޢާންމުން ހިންގާ ލާއިންސާނީ ޖަރީމާތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެ ކަން އިތުރުވެފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފެށުމާ އެކުގައެވެ. ޣައްޒާ އިސްތިޢުމާރުކޮށް، އެ ބިމުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އަޅުވެތި ކުރުމަށް ވެސް ޔަހޫދީ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި، ޣައްޒާގައި ދިރިއުޅޭ ރައްޔިތުން އެ ސަހަރުން ބޭރުކޮށް، އެ ބިމުގައި ޔަހޫދީން އާބާދު ކުރުމަކީ ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމާޒެކެވެ.
އެ ކަމަށް އެންމެ ހަރުއަޑުން ވަކާލާތު ކުރަމުން ދަނީ ޒަޔަނިސްޓު ކެނިބެޓުގެ ނިރުބަވެރި މާލީ ވަޒީރު ބިޓްޒަލްއެލް ސްމުތުރީޗާއި، ހައްދުފަހަނަ އެޅި ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން ގްވީރެވެ. ޣައްޒާގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް، އެ ބިން އިސްތިޢުމާރު ކުރުމަށް ޔަހޫދީން ފަށާފައިވާ ލާއިންސާނީ ޖަރީމާގެ ފަހަތުގައި ތިބީ އެ ދެ މީހުންނެވެ. ޣައްޒާގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީގެ ރައްޔިތުން ގެދޮރުން ބޭރު ކުރުމަށް ޔަހޫދީ ފައުޖުން މިހާރު ދަނީ އޮޕަރޭޝަނެއް ހިންގަމުންނެވެ. އަދި، ހުޅަނގު އައްސޭރި ދެފޮތިކޮށްލައި، ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސް ވަކި ކޮށްލުމަށް ޔަހޫދީން ވަނީ ”އީ1”ގެ ނަމުގައި މަޝްރޫޢެއް ހިންގަން ފަށާފައެވެ. އެ މަޝްރޫޢުގެ ދަށުން އެ ސަރަޙައްދުގައި އިތުރު ޔަހޫދީން އާބާދު ކުރާނެއެވެ.
2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ހައްދުފަހަނަ އެޅި ޔަހޫދީންގެ ބައިގަނޑަކުން ލުބްނާނަށް ވެސް ވަދެގަތެވެ. އަދި، ލުބްނާންގެ ބިންތައް ފޭރިގަނެ، އެ ބިމުގައި ވަޒަންވެރިވުމަށް މަސައްކަތް ކުރިއެވެ. ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުންދާ ޔަހޫދީ ފައުޖުގެ ސިފައިން ވަނީ އެ މީހުންނަށް ޙިމާޔަތް ދީފައެވެ. ލުބްނާންގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް އަރައިގަނެ، ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
