
ތަޅާލައި އަލުން ތަރައްގީ ކުރަމުންދާ ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމަށް ސިޓީ ކައުންސިލުން ހުއްދަ ނުދީފިނަމަ އެ ކުލަބުގެ މެޗުތައް އަނެއްކާ ވެސް އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅެން ސޮއިކޮށްފި އެވެ. ސްޕޭނުގެ ނޫސްތަކުން ބުނާ ގޮތުގައި ބާސެލޯނާއިން މަސައްކަތް ކުރަމުންދަނީ ލައްކައަކަށްވުރެ ގިނަ މީހުންނަށް ވަދެވޭ ގޮތަށް ތައްޔާރުކުރަމުންދާ ސްޓޭޑިއަމުގެ އެންމެ ތުރީ ފަށަލަށްވާ ވަރަށް މީހުން ވައްދައިން މެޗުތައް ކުޅުމުގެ ހުއްދަ ހޯދުމަށެވެ. އެއީ ޖުމުލަ 27000 މީހުންނެވެ. ނަމަވެސް މިހާތަނަށް ސިޓީ ކައުންސިލުން އިންސްޕެކްޓް ކުރިއިރު ނޭމްޕޯ ނޯ އަށް މެޗުތައް ކުޅުމުގެ ލައިސަންސް ދެވޭ ވަރަށް ނުވެ އެވެ. އެއީ އެކަށީގެންވާ ވަރަށް ދަނޑު ސާފު ކުރެވިފައިނުވާ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރިއަށް ދިއުމާއި ފުޓްބޯޅަ މެޗެއް ކުޅުމަށް ކޮންމެހެން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ވެސް ފުރިހަމަ އަސް ގާއިމް ކުރެވިފައި ނުވުމާއެކުގަ އެވެ. މިއަށްވުރެ ބޮޑު މައްސަލައަކީ ސްޓޭޑިއަމުގެ ބައެއް ދިމަދިމާތަކުގައި ސަލާމަތީ ކަންކަން އެންމެ ފުރިހަމަ އަށް ނެތުމެވެ.
ބާސެލޯނާގެ ހުށަހެޅުމަކަށް ސްޕެނިޝް ލީގުން ވަނީ އެ ކުލަބުގެ ފުރަތަމަ ތިން މެޗު ރަށުން ބޭރުގައި ކުޅޭ ގޮތަށް ހަދައިދީފަ އެވެ. ނަމަވެސް މިހާރު ބޮޑަށް ބެލެވެނީ ބާސެލޯނާ އަށް އަމިއްލަ ދަނޑުގައި މެޗުތައް ނުކުޅެވޭނެ ކަމަށެވެ. މިހެންވެ އެ ކުލަބުން މިހާރު ވަނީ ސިޓީ ކައުންސިލާއެކު އަނެއްކާ ވެސް އޮލިމްޕިކް ސްޓޭޑިއަމުގައި އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް މެޗުތައް ކުޅުމުގެ ހުއްދަ ހޯދައިފަ އެވެ. ނޭމްޕް ނޯ އަލުން ތަރައްގީ ކުރަން ތަޅާލުމަށް ފަހު މިދިޔަ ދެ ސީޒަނުގައި ބާސެލޯނާގެ މެޗުތައް ކުޅުނީ ވެސް މި ސްޓޭޑިއަމުގަ އެވެ. ނޭމްޕް ނޯ ނިންމަން ކިޔާ މުއްދަތަށްވުރެ މަސައްކަތް މާބޮޑަށް ލަސްވުމުން ބާސެލޯނާގެ ރައީސް ހުއާން ލަޕޯޓާ އަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
