
ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް ކުޅުނު ފަހު މެޗަށް ފަހު ބްރެޒިލްގެ ފޯވަޑް ރޮޑްރީގޯއާ ބެހޭ ގޮތުން ކޯޗު ޒަބީ އަލޮންސޯ ދގު ހަދައިފި އެވެ. ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ކޯޗާ ސުވާލުކުރީ އަލޮންސޯގެ އިރުޝާދުގެ ދަށުން ރޮޑްރީގޯ އަށް ރެއާލް މެޑްރިޑުގައި ކުޅުމުގެ ފުރުސަތު އެބައޮތްތޯ އެވެ؟. މި ސުވާލުގެ ޖަވާބުގައި އަލޮންސޯ ބުނީ އޭނާގެ ޕްލޭނުގައި ރޮޑްރީގޯ ހިމެނޭ ކަމަށެވެ. އަދި ކުޅުންތެރިޔާ އެހެން ކުލަބަކަށް ބަދަލުވުމާ ގުޅޭ ގޮތުން އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށެވެ. ނޫސްވެރިން އަލޮންސޯއާ މި ސުވާލު ކުރީ އޭނާގެ ކޯޗުކަމުގައި މިހާތަނަށް ކުޅުނު 13 މެޗުގައި ރޮޑްރީގޯ އަށް އެންމެ މެޗެއްގައި ނޫނީ ފުރަތަމަ 11އިން ޖާގަ ނުލިބުމުންނެވެ. އަދި އެންމެ ފަހުން ކުޅުނު ހަތް މެޗުގައި އޭނާ އަށް ކުޅުމުގެ ފުރުސަތު އެއްވެސް ފުރުސަތެއް ދީފައިނުވާތީ އެވެ.
ނަމަވެސް އަލޮންސޯ އެހެން ބުނިތާ 24 ގަޑިއިރު ނުވަނީސް ރޮޑްރީގޯގެ އެޖެންޓް ވަނީ އިނގިރޭސިވިލާތަށް ދަތުރުކޮށްފަ އެވެ. އޭނާގެ މިހާރުގެ އެޖެންޓަކީ ޕިނީ ޒަހާވީ އެވެ. މީގެ ކުރިން ރޮޑްރީގޯގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރީ އޭނާ ބައްޕަ އެރިކް ގޯސް އެވެ. ޒަހާވީ ލަންޑަނަށް ދިޔައީ އިނގިރޭސި ދެ ކުލަބަކާ މަޝްވަރާ ކުރާށެވެ. އެއީ އިނގިރޭސި ޗެމްޕިއަން ލިވަޕޫލާއޮ ޕްރެމިއާ ލީގުގެ ތައްޓަށް މިދިޔަ ތިން ސީޒަނުގައި އެންމެ ބޮޑަށް ވާދަކުރި އާސެނަލްއާ އެވެ. މި ދެ ކުލަބަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓުގައި އެންމެ ބޮޑަށް ވަރުގަދަކޮށްފައިވާ ދެ ޓީމު ވެސްމެ އެވެ.
ކުރިން ބެލެވިފައި އޮތީ ރޮޑްރީގޯ ހޯދުމުގެ ރޭހުގައި އުޅޭނީ އާސެނަލް އެކަނި ކަމަށެވެ. އެއީ މެންޗެސްޓާ ސިޓީން އޭނާ ގަތުމުގެ ޝައުގުވެރިކަން ދޫކޮށްލުމުންނެވެ. ނަމަވެސް ލިވަޕޫލުން އެންމެ އިސްކަންދެނީ ނިއުކާސަލްގެ ފޯވަޑް އެލެގެޒެންޑާ އިސާކަށެވެ. ރޮޑްރީގޯގެ އެޖެންޓް އޭނާ އަށް ގަވާއިދުން ކުޅުމުގެ ފުރުސަތު ލިބޭނެ ޓީމެއް ލިބޭތޯ މަސައްކަތް ކުރި ނަމަވެސް މިކަން ކާމިޔާބުވުމުގެ ބާރު އޮތީ ރެއާލް މެޑްރިޑުން އޭނާ ވިއްކަން ކިޔާނެ އަގަކާ ގުޅިފަ އެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
