
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމުގައި އިސްލާމީ އުޞޫލުތަކުގައި ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމށް އިލްތިމާސްކުރެއްވީ އއ. އުކުޅަހުގައި ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވީ އުކުޅަހަކީ މަސައްކަތްތެރި ރައްޔިތެއް ދިރިއުޅޭ ރަށެއްކަމަށާއި އަދި އެއީ އެންމެ ފުރަތަމަ ލޯކަލް ޓޫރިޒަމް ފެށި އެއް ރަށްކަމަށެވެ. ރައީސް ވިދާޅުވީ ލޯކަލް ޓުރިޒަމް ކުރިއަށްގެންދަނީ މީހުން ދިރިއުޅޭ ރަށްރަށުގައިކަމަށާއި އެހެންކަމުން ވިސްނަންޖެހޭ ކަންކަން ހުންނާނެކަމަށެވެ.
ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުންވެސް ބޭނުންވާކަމަށާއި، އެކަމަށް އެއްބާރުުލުންވެސް ސަރުކާރުން ދެއްވާނެކަމަށެވެ. ނަމަވެސް ލޯކަލް ޓޫރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކުން ހިފަހައްޓަންޖެހޭ އުސޫލުތަކެއް ހުންނާނެކަމަށެވެ. އެގޮތުން އިސްލާމްދީން ހުއްދަ ނުކުރާ އަދި ދިވެހީންގެ މާހައުލުގައި ހިނގައިގެން ނުވާނެ ކަންކަމުން ދުރުވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް ވަނީ އުކުޅަހަށް ކުރެއްވި މި ދަތުރުފުޅުގައި ތުއްތުކުއްޖަކު އެމަނިކުފާނަށް އެރުވި މެސެޖެއް ހިއްސާކުރައްވާފައެވެ. އެ މެސެޖުގައި ވަނީ ދިވެހީންގެ އާދަކާދައާއި އިސްލާމްދީނާ ބީރަށްޓެހިން ގޮތަށް އުޅޭކަން ފާހަގަކޮށްފައެވެ. އެހެންކަމުން ލޯކަލް ޓޫރިޒަމް ކުރިއަށްގެންދާއިރު އިންތައް ހިފަހައްޓައި އިސްލާމް ދީން ބާރުއަޅާ މަގުން މުއްސަނދިކަން ހޯދުމަށް ރައީސް ގޮވާލެއްވިއެވެ. “މި އަތޮޅުގައި ވަރަށް ފުޅާކޮށް، ބައެއް ރަށްރަށުގައި ހާހުން ބެޑުތައް އިތުރުވެގެންދަނީ. އެކަން ކުރިއަށް ގެންދަންވީ، އެކަމަކު އަޅުގަނޑުމެން ވިސްނަންވާނެ ކަންކަން ހުންނާނެ. ޤާނޫނާ ޤަވާއިދާ ތަންދޭގޮތަށް ރިސޯޓްތަކާ ސަފާރީތަކުގައި ކުރާ ކަންކަން ކުރެވޭނެ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހީންނަކީ އިސްލާމްދީނުގައި ތިބިބައެއްކަން ޤަބޫލުކޮށް އަމިއްލަވަންތަކަން ހަނދާންކުރުމަށް ގޮވާލައްވަމުން ރައީސް ވަނީ، ސިކުނޑި ތަރަޢްޤީނުވާނަމަ އުމްރާނީ ތަރައްޤީން ލިބޭނެ ފައިދާއެއް ނޯންނާނެކަން ފާހަގަކުރައްވާފައެވެ. ރައީސްގެ ވާހަކަފުޅުގައި މިއީ ލޯކަލް ޓޫރިޒަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުރައްވާ އިލްތިމާސެއްކަން ފާހަގަކުރައްވަމުން، އިސްލާމް ދީނުގެ ހަމަތަކުގެ މަތީން އެމަސައްކަތް ކުރިއެރުވުމަށް ގޮވާލެއްވިއެވެ. އަދި އެކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
