
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތޮއްޑޫ މާސްޓަރސް ޓީޓީ މުބާރާތް ބާއްވަން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އެހީވެދިނުމަކީ ލިބޭ ފަޚުރެއް ކަމަަށް ވަޒީރު ޢަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ. ތޮއްޑޫ މާސްޓަރސް ޓީޓީ މުބާރާތަކީ އަތޮޅުތަކުގެ ތެރޭގައިވެސް ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭނެކަން ދައްކުވައިދޭ ކަމެއް ކަމަށް ވަޒީިރު ވިދާޅުވިއެވެ. “މި މުބާރާތަކަކީ ރާއްޖެ، ރާއްޖޭން ބޭރަށް ދައްކުވައިދިނުމަށް އަދި ރާއްޖޭގެ ރަށްތަކުގައި މިފަދަކަންކަން ކުރެވޭނެކަން ދައްކައިދޭ އަލިގަދަ ހެއްކެއް. މިފަދަ ޕްރޮގްރާމްތައް މިއަހަރު ތެރޭގައިވެސް ރާވާފައި އެބަހުރި. އޭގެ ތެރޭގައި މިއަހަރު ބާއްވާ ކޮމަންވެލްތް ބީޗް ހޭންޑް ބޯޅަ މުބާރާތް ފާހަގަ ކޮށްލަން” ވަޒީރު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރުދެއްވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ތޮއްޑޫ މާސްޓަރސް ޓީޓީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވިކަމީ ރައީސުލްޖުމްހޫރިއްޔާ ކުޅިވަރަށް ދެއްވާ އަހަންމިއްޔަތުކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށެވެ. މީގެ ކުރީގައި ފެންނަނީ ރާއްޖޭގެ ޓީމުތައް ރާއްޖޭން ބޭރަށް ގޮސް މުބާރާތްތައް ކުޅޭތަން ކަަމަށާއި އެހެންނަމަވެސް މިހާރު ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖެއަށް ގެނެވޭ ކަމަށް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މީގެ ކުރިން ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވެނީ ހަމައެކަނި މާލޭގައި ކަމަށެވެ. އެހެންނަމަވެސް މިހާރު ރާއްޖޭގެ ރަށްތަކުގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ ކުޅިވަރު ގާނޫނުގައިވެސް އޮތީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ކުޅިވަރުތައް ކުރިއެރުވުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އޭގެތެރޭގައި ޓޭބަލް ޓެނިހަކީ ރާއްޖެއަށް ވަރަށް ފަހުރުވެރި ވަނަތަކެއް ހޯދައިދީފައިވާ ކުޅިވަރެއް ކަމަށާއި މި ކުޅިވަރު ކުރިއެރުވުމަށްޓަކައި މިހާރުވެސް ޓީޓީ ހޯލެއް ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މާސްޓަރސް ޓީޓީ މުބާރާތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭނެގޮތް ހަމަޖައްސައިދިނީތީ އިހާ އެކެޑަމީ އާއި ތޮއްޑޫ ލޯކަލް ކޮމްޕެނީއަށް ޝުކުރު އަދާކުރައްވާކަމަށެވެ. މި މުބާރާތަށް ރައީސް ވަގުތު ދެއްވިކަމީ ކުޅިވަރަށް ރައީސް ދެއްވާ އަހަންމިއްޔަތުކަން ހާމަވާ އަލިގަދަ ހެއްކެއް ކަމަށާއި، އެހެންކަމުން ކުޅިވަރު އާއިލާގެ ނަމުގައި ރައީސްއަށް ޝުކުރު ދަންނަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ތޮއްޑޫ މާސްޓަރސް ޓީޓީ މުބާރާތަކީ 40 އަހަރުންމަތީގެ އުމުރުފުރާތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ހަ އުމުރުފުރައަކުން ކުޅުންތެރިންވާދަކުރެއެވެ. އޭގެ ތެރޭގައި 40 އަހަރުންމަތި، 40 އަހަރާ 49 އަހަރާ ދެމެދު، 50 އަހަރާ 59 އަހަރާ ދެމެދު، 60 އަހަރާ 64 އަހަރާ ދެމެދު، 65 އަހަރާ 69 އަހަރާ ދެމެދު އަދި އޭގެ އިތުރުން 70 އަހަރުންމަތީގެ އުމުރުފުރާ ހިމެނެއެވެ.
މި މުބާރާތުގައި 18 ގައުމަކުން 100 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރެއެވެ. އޭގެތެރޭގައި އިންޑިއާ، ރަޝިއާ، ޗައިނާ، ޖަރުމަން، ސްޕެއިން، ނިއު ޒީލަންޑް އަދި އެމެރިކާއިން ބައިވެރިވެއެވެ. ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް ކެޓެގަރީތައް ހިމެނޭނެހެން ކުރިއަށްދާ މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ ތޮއްޑޫ ސްކޫލުގައެވެ. މިއީ ރާއްޖޭގައި މިގޮތަށް ބޭއްވޭ އެންމެ ބޮޑު ޓީޓީ މުބާރާތެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
