
(ފޮޓޯ ކްރެޑިޓްސް:އަލްޙަރަމައިން)
މެދުވެރިއަކާ ނުލައި އަމިއްލައަށް ސަޢުދީ ޢަރަބިއްޔާއަށް ގޮސް ޢުމްރާ ކުރެވޭނެ އިންތިޒާމް ހަމަޖެއްސޭނެ ނިޒާމެއް ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާ ވުޒާރާއިން ޤާއިމްކޮށްފިއެވެ. އަލަށް ޤާއިމްކޮށްފައިވާ ނުސުކް ޢުމްރާ ޚިދުމަތް މެދުވެރިކޮށް ބޭރު ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ޢުމްރާ ވިސާއަށް ހުށަހަޅައި އެުމްރާއާގުޅޭ ތަފާތު ޚިދުމަތްތައް ހޯދޭނެއެވެ. ވެބްސައިޓެއް މެދުވެރިކޮށް މި ޚިދުމަތް ހޯދުމުގައި އިތުރު މެދުވެރިއެއް ނެތި، އަމިއްލައަށް ޚިދުމަތް ހޯދުމަށް ޢުމްރާވެރިންނަށް ވަނީ މަގުފަހިވެފައެވެ. އެ ޚިދުމަތުގެ ބޭނުމަކީ ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދީ ޢުމްރާވެރިންނަށް ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމެވެ.
ނުސުކް ޢުމްރާ ބޭނުންކޮށްގެން ޢުމްރާވެރިން ބޭނުން ގޮތަކަށް ދަތުރުގެ ކަންކަން ރާވައި އިންތިޒާމު ކުރެވޭނެއެވެ، އެ ގޮތުން ތަފާތު ޢުމްރާ ޕެކޭޖުތައް ޚިޔާރުކުރުމުގެ ފުރުޞަތު ވެސް ލިބެއެވެ. ބޭނުން ނަމަ އަމިއްލައަށް ވިސާ ހަމަޖައްސައި، ހުންނާނެ ތަނަކާއި ދަތުރުފަތުރުކުރުމަށް ބޭނުންކުރާނެ ވަޞީލަތްތަކާއި ޓުއަރތައް ވެސް ހަމަޖެއްސިދާނެއެވެ. ނުސުކް ޢުމްރާ ތައްޔާރުކޮށްފައި ވަނީ ކޮންމެ މީހަކަށް ވެސް ބޭނުންކުރަން ފަސޭހަވާނެ ފަދަ ފަރުމާއަކަށެވެ. ސަރުކާރުގެ ނިޒާމުތަކާ ގުޅިފައިވާ މި މަންސަ ތަފާތު ހަތް ބަހުން ބޭނުންކުރެވެއެވެ. ފައިސާ ދެއްކުމަށް ވެސް ތަފާތު ގޮތްތައް ނުސުކް ޢުމްރާ މެދުވެރިކޮށް ލިބެއެވެ.
ނުސުކް ޚިދުމަތް އިފްތިތާޙްކޮށްފައި މި ވަނީ “ސަޢުދީ ވިޟަން 2030”ގެ ދަށުންނެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
