
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޕާކިސްތާނުގެ ކަރާޗީގައި އޮގަސްޓު މަހުގެ 20ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ނިންމައިފިއެވެ. ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ގުގުރައި ވިދައި، ފެން ބޮޑުވުމާއި ހޮނު އެޅުމުގެ ހާދިޘާތައް ދަނީ ކުރިމަތިވަމުންނެވެ. ވިއްސާރައިގެ ސަބަބުން ކުރިމަތިވި އެކި ހާދިޘާގައި މަރުވި މީހުންގެ ޢަދަދު ވަނީ 377އަށް އިތުރުވެފައެވެ. ކަރާޗީގެ ސަރަޙައްދީ ސަރުކާރުގެ ތަރުޖަމާނެއް ކަމަށްވާ ޢަބްދުލް ވާޙިދު ހަލީޕަތޯ ވިދާޅުވީ އޮގަސްޓު މަހުގެ 19ވަނަ ދުވަހު އެ ސަހަރަށް ވާރޭ ވެހެން ފެށިފަހުން މިހާތަނަށް ހަތް މީހުން މަރުވެފައިވާ ކަމަށެވެ. ފަހުގެ އަހަރުތަކުގައި ވެހިފައި ނުވާ މިންވަރަށް ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ކަރާޗީގެ އެކި ހިސާބުތަކަށް ވާރޭ ވެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީހުން މަރުވެފައި ވަނީ ގެނބިގެންނާއި އެކްސިޑެންޓުތަކުގައިއާއި އިމާރާތްތައް ވެއްޓުމުގެ އިތުރުން ކަރަންޓުގައި ޖެހިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ކަރާޗީގެ ކަމާބެހޭ އިދާރާތަކުން ވަނީ މަދަރުސާތަކާއި ތަޢުލީމީ މަރުކަޒުތަކާއި އޮފީސްތައް ބަންދުކުރުމަށް އަންގައިފައެވެ. ސަރަޙައްދީ މޫސުމާ ބެހޭ އިދާރާގެ ތަރުޖަމާނެއް ކަމަށްވާ އަންޖުމް ނާޒިރު ވިދާޅުވީ ވާރޭ ވެހޭ މިންވަރު އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އޮގަސްޓު މަހުގެ 19ވަނަ ދުވަހު ކަރާޗީގެ އެކި ސަރަޙައްދުތަކަށް 80 މިލިމީޓަރާއި 178 މިލިމީޓަރާ ދެމެދުގެ މިންވަރަކަށް ވާރޭވެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނާޒިރު ވިދާޅުވީ ކަރާޗީގެ ވައިގެ ބަނދަރު އޮންނަ ސަރަޙައްދަށް 163.5 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށެވެ. އެއީ 1979ވަނަ އަހަރުން ފެށިގެން އެ ސަރަޙައްދަށް މިހާތަނަށް އެންމެ ގިނައިން ވާރޭ ވެހުނު މިންވަރެެވެ. ކަރާޗީގެ އިރުއުތުރުގެ ސަރަައްދުތަކަށް 178 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އެއީ އެ ސަރަޙައްދުގައި މީގެ ފަސް އަހަރުކުރިން މޫސުމާބެހޭ މަރުކަޒެއް ޤާއިމުކުރި ފަހުން ވާރޭފެހިފައިވާ އެންމެ ގިނަ މިންވަރެެވެ.
ވާރޭގެ ސަބަބުން ކަރަންޓުގެ ޚިދުމަތާއި މޮބައިލް ފޯނުގެ ޚިދުމަތުގެ އިތުރުން ފްލައިޓުތަކަށް ވެސް ބުރޫ އަރާފައިވެއެވެ. ފެންބޮޑުވެފައިވާ ކަރާޗީގެ މަގުތަކުގައި ކާރާއި އެހެނިހެން އުޅަނދުތައް އޮޔާދާތަނާއި، ގެތައް ފެނުގެ ތެރޭގައިވާ މަންޒަރު ފެންނަ ވީޑިޔޯތައް އެކި މަންސަތަކުަގައި ދަނީ ދައުރުވަމުންނެވެ. ކަރާޗީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކަރާޗީ އިލެކްޓްރިކުން ބުނީ ކުއްލިއަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކަރަންތުގެ ޚިދުމަތް ދިނުމަށް ބުރޫއަރާފައިވާ ކަމަށެވެ. ކަރަންޓު އަލުން ދިނުމުގެ މަސައްކަތް ކުރި ނަމަވެސް، ފެން ބޮޑުވުމުގެ ސަބަބުންނާއި ކާރޫބާރޫ ބޮޑުވުމުގެ ސަބަބުން އެ މަސައްކަތަކަށް ދަތިވެފައިވާ ކަމަށް ކަރާޗީ އިލެކްޓްރިކުން ބުނެއެވެ. ނަމަވެސް 8 ގަޑިއިރާއި 12 ގަޑިއިރުގެ ތެރޭގައި ގިނަ ސަރަޙައްދުތަކަށް އަލުން ކަރަންޓު ފޯރުކޮށްދީފައިވާ ކަމަށެވެ.
ކަރާޗީގެ މޭޔަރު، މުރުތަޒާ ވައްހާބު ވިދާޅުވީ ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މަގުތައް ސާފުކޮށް ޚިދުމަތްތައް އަލުން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތުގައި މީހުން ސަލާމަތްކުރާ މަސައްކަތްތެރިންނާއި ފުލުހުންނާއި ދަރުމަވެރިންނާއި ސަރުކާރުގެ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ވައްހާބު ވިދާޅުވީ 40 މިލިމީޓަރަށްވުރެ ގިނައިން ވާރޭ ވެހޭނަމަ ކަރާޗީގެ ފެން ހިންދާ ނިޒާމަށް އެދެވޭ ގޮތުގައި މަސައްކަތް ނުކުރާ ކަމަށާއި، މަގުތަކުގައި ފެންބޮޑުވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
