
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ އުތުރުގެ ސަރަޙައްދުތައް އިސްތިޢުމާރު ކުރުމަށް 50,000އެއްހާ ޔަހޫދީ ސިފައިންގެ މައްޗަށް އެކުލެވިގެންވާ ލަޝްކަރެއް ރުކުރުވައިލުމުގެ މަސައްކަތް ޒަޔަނިސްޓު ދައުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ފަށައިފިއެވެ. އޭނާގެ އަމުރަށް ޣައްޒާގެ އުތުރުގައި އޮތް ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމަށް ޔަހޫދީ ސިފައިން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ޣައްޒާ ސިޓީ އިސްތިޢޫމާރުކޮށް، އެ ސަހަރުގައި ދިރިއުޅެމުންދާ މިލިޔަނެއްހާ ރައްޔިތުން އަޅުވެތި ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ އެ ރަށުގެ ރަށްބޭރަށް އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރު ޖަމާކުރަން ފަށައިފައެވެ. އަދި، ނުރައްކާތެރި ހަތިޔާރުތައް ބޭނުން ކޮށްގެން އެ ރަށުގެ ޢާންމުން ދިރިއުޅޭ ގެދޮރާއި ހަސްފަތާލުތައް ފަދަ ޢުމްރާނީ ވަސީލަތްތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަން ފަށައިފައެވެ.
ޔަހޫދީންގެ ނުރައްކާތެރި ޙަމަލާތަކުން ސަލާމަތްވުމަށް ޣައްޒާ ސިޓީގައި ދިރިއުޅޭ އެތަކެއް ހާސް ރައްޔިތުން ވަނީ އަމިއްލަ ވަޒަން ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ހިޖުރަ ކުރުމަށް މަސައްކަތް ފަށާފައެވެ. މިއީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ފެށި ފަހުން، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން އަމިއްލަ ގެދޮރުން ބޭރުކޮށް، މަގުމަތި ކޮށްލާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ޔަހޫދީ ފައުޖުން ބުނީ، ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމުގެ އޮޕަރޭޝަން ފެށުމުގެ ގޮތުން، 50,000އެއްހާ ރިޒަރވް ސިފައިން ހަނގުރާމައިގެ މައިދާނަށް ނިކުތުމަށް އަމުރު ކޮށްފައިވާނެ ކަމުގައެވެ. އަދި، ސެޕްޓެންބަރު މަސް ފެށުމާ އެކު، އެ މީހުންގެ އަސްކަރީ އޮޕަރޭޝަން ފަށާނެ ކަމުގައެވެ. އަދި، ޔަހޫދީ ފައުޖުގައި ޚިދުމަތް ކުރަމުންދާ އެކްޓިވް ސިފައިން ރުކުރުވައިލުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި 61,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާވެ ނޫޅެވޭ އުމުރުގެ އުމޫރުންނެވެ. މީގެ އިތުރުން، 142,000އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލައި، މުޅި ޣައްޒާ ވަނީ ސުންނާފަތި ކޮށްލާފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
