
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޒަޔަނިސްޓު އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނޭޒޭއަށް ގަނާކޮށް، ފުރައްސާރަ ކޮށްފިއެވެ. ނަތަންޔާހޫ އަލްބަނޭޒޭއަށް ގަނާކޮށްފައި ވަނީ، ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް އޮސްޓްރޭލިޔާއިން ނިންމާފައިވާ ކަން އަލްބަނޭޒޭ އިޢުލާނު ކުރެއްވުމާ ގުޅިގެން، އެ ކަން ހަޖަމު ނުކުރެވިގެންނެވެ. ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ނިންމުމުގެ އިތުރުން ޒަޔަނިސްޓު އިސްރާއީލުގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރަކަށް ވިސާ ދޫކުރުމަށް ވެސް އޮސްޓްރޭލިޔާ ސަރުކާރުން ދާދި ފަހުން ވަނީ އިންކާރު ކޮށްފައެވެ. އެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން، ޒަޔަނިސްޓު ސަރުކާރުން ވަނީ ފަލަސްޠީނުގެ ސަރަޙައްދުތަކަށް އޮސްޓްރޭލިޔާއިން ކަނޑައަޅާފައި ތިއްބަވާ އޮފިޝަލުންގެ ވިސާ ކެންސަލްކޮށް، ފުރައްސާރަ ކޮށްފައެވެ. އަދި، އަލްބަނޭޒޭއަށް ގަނާ ކުރުމުގެ ގޮތުން ނަތަންޔާހޫ ވަނީ އޭނާއަކީ “ބޭވަފާތެރިއެއް”ގެ ގޮތުގައި ސިފަ ކޮށްފައެވެ. އަދި، އޮސްޓްރޭލިޔާގައި ދިރިއުޅޭ ޔަހޫދީ ދީނުގެ މީހުން ބިކަ ކޮށްލާފައިވާ ކަމަށް ބުނެ، އިސްރާއީލުގެ ދައުލަތަށް ވެސް އަލްބަނޭޒޭ ބޭވަފާތެރިވެފައިވާ ކަމުގައި ބުނެފައެވެ.
ޒަޔަނިސްޓު އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރަކަށް ވިސާ ދޫކުރުމަށް އޮސްޓްރޭލިޔާގެ ސަރުކާރުން އިންކާރު ކޮށްފައި ވަނީ، އޮސްޓްރޭލިޔާ ސަރުކާރާ ދެކޮޅަށް އެ މެންބަރު ވެސް ބަދުބަސް ރައްދު ކުރުމާ ގުޅިގެންނެވެ. އެ ކަމާ ހިތްހަމަނުޖެހުން ފާޅު ކުރުމުގެ ގޮތުން، އޮސްޓްރޭލިޔާއިން ފަލަސްޠީނަށް ކަނޑައަޅާފައި ތިއްބަވާ އޮފިޝަލުންގެ ވިސާ ކެންސަލް ކުރުމަށް ޖައްބާރު (ނުބައި ނުލަފާ) ނަތަންޔާހޫގެ ސަރުކާރުން ނިންމުމުން އޮސްޓްރޭލިޔާ ސަރުކާރުން ވަނީ އެ ކަން ކުށްވެރި ކޮށްފައެވެ. އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރު ޕެނީ ވޮންގް ވިދާޅުވީ، ޔަހޫދީ ސަރުކާރުން ނިންމާފައި ވަނީ ހާލަތާ ނުބައްދަލު ނިންމުމެއް ކަމަށާއި، އެ ނިންމުން ބަލައިނުގަނެވޭނެ ކަމުގައެވެ. އަދި، އެ ނިންމުމާ އެކު، ބައިނަލްއަޤްވާމީ މައިދާނުގައި ޔަހޫދީ ސަރުކާރު އިތުރަށް އެކަހެރިވެގެން ގޮސްފައިވާ ކަމުގައެވެ. ނަތަންޔާހޫގެ އަމަލުތަކާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުުމުގައި ރެނދުލާފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ނަތަންޔާހޫއަކީ އިޙުތިރާމު ކުޑަ މީހެއްގެ ގޮތުގައި އަލްބަނޭޒޭ ސިފަ ކުރެއްވުން
ހައްދުފަހަނަ އެޅި ނަތަންޔާހޫގެ ގަނާކުރުމާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވުމުން އަލްބަނޭޒޭ ވަނީ އެ ކަމަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، އޭނާއަކީ އެހެން ޤައުމުތަކުގެ ވެރިންނަށް އަބަދު ވެސް އިޙުތިރާމު ރައްދު ކުރައްވާ ބޭފުޅެއް ކަމުގައެވެ. އަދި، އަނިޔާވެރި ނަތަންޔާހޫ އޭނާއަށް ބަހުގެ ޙަމަލާތަކެއް އަމާޒު ކޮށްފައި އެ ވަނީ، ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް އޮސްޓްރޭލިޔާއިން ނިންމި ނިންމުން ބަލައިނުގަނެވިގެން ކަމުގައެވެ. “އަޅުގަނޑަކީ މި ފަދަ ކަންކަމާ މެދު ނުނިޔަތްލާނެ މީހެއް ނޫން، އަޅުގަނޑު އެހެން މީހުންނާ މުޚާޠަބު ކުރާނީ ޑިޕްލޮމެޓިކް [އިޙުތިރާމާ އެކު] ގޮތަކަށް. އޭނާ [ނަތަންޔާހޫ] އެހެން ޤައުމުތަކުގެ ވެރިންނާ މެދު ވެސް އެ ފަދަ ގޮތަކަށް އަމަލު ކޮށްފައިވޭ،” އަލްބަނޭޒޭ ވިދާޅުވިއެވެ. ނަތަންޔާހޫއަކީ ވަރަށް އިޙުތިރާމު ކުޑަ މީހެއްގެ ގޮތުގައި ވެސް އަލްބަނޭޒޭ ސިފަ ކުރެއްވިއެވެ.
ނިރުބަވެރި ނަތަންޔާހޫ އޮސްޓްރޭލިޔާގެ ބޮޑުވަޒީރަށް ގަނާކުރުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އޮގަސްޓު 12 ވަނަ ދުވަހު ވެސް އަލްބަނޭޒޭ ވަނީ އަނިޔާވެރި ނަތަންޔާހޫއާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ، ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީ ފައުޖުން ޖައްސަމުންދާ އިންސާނިއްޔަތު ކަމެއް ނެތް، ނިކަމެތި ހާލަތު ޤަބޫލު ކުުރުމަށް ނަތަންޔާހޫ ދެކޮޅު ހަދަމުންދާ ކަމުގައެވެ.
އޮސްޓްރޭލިޔާއިން ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ނިންމާފައި ވަނީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް ޖައްބާރު ނަތަންޔާހޫ އިންކާރު ކުރަމުންދާތީއެވެ. އޮސްޓްރޭލިިޔާގެ އިތުރުން ފަރަންސޭސިވިލާތާއި، އިނގިރޭސިވިލާތް، އަދި ކެނެޑާއިން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަތުމަށް ނިންމާފައެވެ. އެއީ، ޔަހޫދީންގެ މަދަދުގާރުންގެ ތެރޭގައި ހިމެނޭ ޤައުމުތަކެކެވެ. ސެޕްޓެންބަރު މަހު ބާއްވާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ބައްދަލުވުމުގައި ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެ، އެ ކަން އިޢުލާނު ކުރުމަށް އެ ޤައުމުތަކުން ވަނީ ނިންމާފައެވެ. މިއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިން ވެސް ރުހުނު ނިންމުމެއް ނޫނެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
