
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގެ ތެރެއިން ޝަހީދު ކުރަމުންދާ ދަރުމަވެރިންނާއި އެހީދޭ ޖަމުޢިއްޔާތަކުގެ މުވައްޒަފުންގެ އަދަދު އެތަކެއް ގުނައަކުން އިތުރުވަމުންދާ ކަން އެކުވެރި ދައުލަތްތައް (އދ)ން ހާމަކޮށްފިއެވެ. ހަނގުރާމަތަކުގެ ތެރެއިން މަރައިލާ ދަރުމަވެރިންނާއި އެހީދޭ ޖަމުޢިއްޔާތަކުގެ މުވައްޒަފުންގެ ތަފާސްހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތް އދން ފަށާފައި ވަނީ 1997ވަނަ އަހަރުއެވެ. ހުސްވި އަހަރެއްހާ ދުވަހުގެ ތެރޭގައި، އަހަރެއްގެ މައްޗަށް އެވުރެޖުކޮށް މަރައިލާ ދަރުމަވެރިންނާއި އެހީދޭ ޖަމުޢިއްޔާތަކުގެ މުވައްޒަފުންގެ އަދަދު ތިންގުނައިން އިތުރުވެފައިވާ ކަމުގައި އދން ބުންޏެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ތެރެއިން 2024ވަނަ އަހަރު މަރުވެފައިވާ ދަރުމަވެރިންނާއި އެހީދޭ ޖަމުޢިއްޔާތަކުގެ މުވައްޒަފުންގެ އަދަދު 383އަށް އުފުލިފައިވާ ކަމުގައި އދން ބުންޏެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ، ޣައްޒާއާއި ހުޅަނގު އައްސޭރީގައި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންނެވެ.
“މި ފަދަ މިންގަނޑެއްގެ ޙަމަލާތަކުން ދޭހަ ވަނީ، އެ ކަމުގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ހާޒިރު ނުކުރެވޭ ކަން، އަދި އެއީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އަޅައިލުމާއި އަހަންމިއްޔަތު ކަން ނެތް ކަން ރަމްޒު ކޮށްދޭ ލަދުވެތި ތަފާސްހިސާބެއް،” އދގެ އަންޑަރސެކްރެޓަރީ ޖެނެރަލް ޓޮމް ފްލެޗަރ ވިދާޅުވިއެވެ. މި އަހަރުގެ މިހާތަނަށް މަރައިލާފައިވާ ދަރުމަވެރިންނާއި އެހީދޭ ޖަމުޢިއްޔާތަކުގެ މުވައްޒަފުންގެ އަދަދު ވެސް ދަނީ އިތުރު ވަމުންނެވެ. މި ގޮތުން، މި އަހަރުގެ މިހާތަނަށް 265 ދަރުމަވެރިންނާއި އެހީދޭ ޖަމުޢިއްޔާތަކުގެ މުވައްޒަފުންގެ މަރައިލާފައިވާ ކަން، އެ ކަމުގެ ތަފާސްހިސާބުތައް ބަލަހައްޓާ އެއިޑް ވަރކަރ ސެކިޔުރިޓީ ޑޭޓާބޭހުން ހާމަކުރިއެވެ. އެއީ، އެމެރިކާ ސަރުކާރުގެ މާލީ އެހީތެރިކަމާ އެކު ބަލަހައްޓާ ތަފާސްހިސާބުތަކެކެވެ.
މި އަހަރުގެ މިހާތަނަށް ޝަހީދު ކޮށްލާފައިވާ ދަރުމަވެރިންނާއި އެހީދޭ ޖަމުޢިއްޔާތަކުގެ މުވައްޒަފުންގެ ތެރޭގައި ވެސް ގިނައީ ޣައްޒާގައި ޝަހީދު ކޮށްލާފައިވާ މީހުންނެވެ. އެ އަަދަދު 173އަށް އަރާ ކަމުގައި ރެކޯޑުތަކުން ދައްކައެވެ. މީގެ އިތުރުން ސޫދާންގައި ހިނގަމުންދާ އަހުލީހަނގުރާމައާއި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ދަރުމަވެރިންނާއި އެހީދޭ ޖަމުޢިއްޔާތަކުގެ މުވައްޒަފުންގެ ތެރެއިން އިތުރު 36 މީހުން މަރައިލާފައިވާ ކަން ތަފާސްހިސާބުތަކުން ސާފުވެއެވެ. މާރިޗު މަހު ޔަހޫދީ ފައުޖުން ޣައްޒާއަށް ދިން ނިރުބަވެރި ޙަމަލާތަކެއްގައި ދަރުމަވެރިންނާއި އެހީދޭ ޖަމުޢިއްޔާތަކުގެ މުވައްޒަފުންގެ ތެރެއިން 15 މީހަކު ޝަހީދު ކޮށްލިއެވެ. އެ ހާދިސާއާ އެކު މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކުށްވެރިކުރުމާއި ފާޑުކިޔުންތައް ޔަހޫދީންނަށް އަމާޒުވިއެވެ. ނަމަވެސް، އެ ކަމާ މެދު އެއްވެސް އިދާރާއަކުން ހަރުދަނާ ފިޔަވަޅެއް އަޅާފައެއް ނެތެވެ. ޔަހޫދީން ބުނީ އެއީ އޮޅުމެއްގެ ތެރެއިން ދީފައިވާ ޙަމަލާތަކެއް ކަމުގައެވެ.
ދަރުމަވެރިންނާއި އެހީދޭ ޖަމުޢިއްޔާތަކުގެ މުވައްޒަފުންނަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުން ޙިމާޔަތް ދީފައިވާ ބަޔެކެވެ. ނަމަވެސް، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އެއްވެސް މިންވަރެއްގެ އިޙުތިރާމެއް ނެތި ޔަހޫދީން ދަނީ ދަރުމަވެރިންނާއި އެހީދޭ ޖަމުޢިއްޔާތަކުގެ މުވައްޒަފުންގެ އިތުރުން ޣައްޒާގެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ރެޔާއި ދުވާލު މެދުކެނޑުމެއް ނެތި މަަސައްކަތް ކުރަމުންދާ ޑޮކްޓަރުންނާއި، ނަރުހުންގެ އިތުރުން ޞިއްޙީ ޚިދުމަތްތެރިން ވެސް ޝަހީދު ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
