
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުޓުބޯޅަ ޝަޚުޞިއްޔަތެއް ހޮވުމަށް ނިންމާފައިވާކަމަށް އެފްއޭއެމުން އެކުލަވާލާފައިވާ ޑައިމަންޓް ޖުބިލީ ކޮމިޓީން ބުނެފިއެވެ. ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުމާ ގުޅިގެން އެކަން ފާހަގަކުރުމަށް އެފްއޭއެމްއިން އެކުލަވާލާފައިވާ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެކޮމިޓީގެ ޗެެއާމަން އަލީ ސުޒައިން ވިދާޅުވީ ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރޭ މުނާސަބާއާއި ގުޅުވައިގެން ރާއްޖޭގެ ކޮންމެ ރަށަކުން ފުޓުބޯޅަ ޝަޚުޞިއްޔަތެއް ހޮވުމަށް ނިންމާފައިވާކަމަށެވެ. ކޮންމެ ރަށަކުންވެސް ފުޓުބޯޅަ ޝަޚުޞިއްޔަތު ހޮވުމަށް އެރަށެއްގެ ކައުންސިލާއި ޖަމްޢިއްޔާތަކުގެ އެހީތެރިކަން ހޯއްދަވާނެކަމަށް ސުޒައިން ފާހަގަކުރެއްވިއެވެ. މިކަން ކުރުމަށް އެފްއޭއެމްއިން ޚާއްސަ ކްރައިޓީރިއާއެއް ހަދާނެކަމަށާ، އެފްއޭއެމްގެ ފަރާތުން މިކަމަށް ދޭންވާ އެންމެހާ އެއްބާރުލުމެއް ދެއްވާނެކަމަށް ސުޒައިން ވިދާޅުވިއެވެ.
“އަޅުގަނޑުމެން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ފުޓުބޯޅަ ޝަޚުޞިއްޔަތު ހޯދާނަން އިރާދަކުރެއްވިއްޔާ. އެކަން ކުރާނީ އެރަށެއްގެ ކައުންސިލާއި އެރަށެއްގައި ހުރި ހުރިހާ ޖަމިއްޔާއެއްވެގެން ކުރާނީ. އަޅުގަނޑުމެން ދެން އޭގަ ދޭންވާ ހުރިހާ ސަޕޯޓެއް ދޭނަން. މިކޮޅުން އަޅުގަނޑުމެން ކްރައިޓީރިއާއެއް ހަދާނަން. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ މި ހަތްދިހަ ފަސް އަހަރުގެ ފުޓުބޯޅައިގެ ޝަޚުޞިއްޔަތު އަޅުގަނޑުމެން ހޮވާނަން” ސުޒައިން ވިދާޅުވިއެވެ. ސުޒައިން ވިދާޅުވީ މިމަސައްކަތުގައި ހުރިހާ ރަށެއް ޝާމިލުވެ އެއްވާރުލުންދެއްވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. ފާއިތުވެ ދިޔަ 75 އަހަރުތެރޭގައި ކޮންމެ ރަށަކުންވެސް ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ޝަޚުޞިއްޔަތެއް ހުންނާނެކަމަށާ މިކަމަކީ ބައެއް ރަށްރަށުގައި ވާދަވެރިކަން ބޮޑުވާނެކަމެއްކަމަށް ގަބޫލުކުރައްވާކަމަށެވެ. މިގޮތުން ވާދަވެރިކަމަކަށް ނުގޮސްވެސް ބައެއް ރަށްރަށުން މިފަދަ ޝަޚުޞިއްޔަތުން ހޮވާލެވިދާނެކަމަށް ސުޒައިން ވިދާޅުވިއެވެ.
“މިސާލަކަށް ކުޅުންތެރިޔާގެ ކޮމިޓްމަންޓާ އޭނަގެ ފަރާތުން ރަށަށް އެލިބުނު ރީތި ނަމާ އެހުރިހާ އެއްޗަކަށްވުރެ ބޮޑު އެއްޗެއް ގެނެސްދީފަ އޮވެދާނެ މިސާލަކަށް ރެފްރީއެއްވެސް ހުރެދާނެ. ކޮމަންޓޭޓަރެއްވެސް ހުރެދާނެ. ނޫސްވެރިއެއްވެސް ހުރެދާނެ. ފުޓުބޯޅައިން އޭނަ އެރަށަށް ގެނެސްދިން ރީތިނަމަށް ބަލާފަ އެރަށަކުން ނިންމާނީ. އަޅުގަނޑުމެން ހަމައެކަނި އޭތި އަޅުގަނޑުމެންގެ ކްރައިޓީރިއާއަށް ފެތޭތޯ ބަލާނީ” ސުޒައިން ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
