
(ފޮޓޯ ކްރެޑިޓްސް: ޕީޢެސްއެމް ނިއުސް)
ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސްޔޫބީލް ފާހަގަކުރުމުގެ ގޮތުން 75 ހަރަކާތެއް ރާވާފައިވާ ކަމަށާއި، އެ ހަރަކާތްތައް ކުރިއަށްދާނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުޅިވަރު ކަލަންޑަރާ ގުޅިލާމެހިންގެން ކަމަށް އެ އިދާރާއިން ބުނެފިއެވެ. ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރުފުރުމާ ގުޅިގެން އެކަން ފާހަގަކުރުމަށް އެފްއޭއެމްއިން އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީން ކުރިއަށް ރާވާފައިވާ ހަރަކާތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކޮމިޓީގެ ނައިބު އަޙްމަދު މުބީން ވިދާޅުވީ މި ހަރަކާތްތައް ކުރިއަށްދާނީ އެފްއޭއެމްގެ އެކްސްކޯއިން ނިންމާފައިވާ ކުޅިވަރު ކަލަންޑަރާ ލާމެހިގެންދާގޮތަށްކަމަށެވެ. “އެފްއޭއެމްގެ އެކްސްކޯއިން ނިންމާފަ މިއޮތް ކަލަންޑަރު، ކުޅިވަރު ކަލަންޑަރެއް އެބަ އޮވޭ. އެހެންވީމަ އެއާއި އަޅުގަނޑުމެންގެ ހަރަކާތްތަކާއި ގުޅި ލާމެހިގެން އަސްލު ދާނީ. އޭގެ ތެރޭގަ އަޅުގަނޑުމެންގެ ޗެއަރ އެ ފާހަގަކުރެއްވިހެން އިންޓަނޭޝަނަލް މުބާރާތްވެސް އޭގެ ތެރޭގައި ހިމެނިގެންދާނެ. އަދި އަތޮޅު ތެރޭގަ މިބޭއްވިގެންދާ މުބާރާތްތައްވެސް ދާނީ 75 އަހަރު ސެލެބްރޭޓް ކުރެވޭގޮތަށް” މުބީން ވިދާޅުވިއެވެ.
މި ހަރަކާތުގެ ތެރެއިން ތާވަލުކޮށްފަވާ ބައިނަލްއަގުވާމީ މުބާރާތެއްވެސް އޮތްއިރު، އެމުބާރާތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ކޮމިޓީގެ ޗެއާމަން އަލީ ސުޒެއިން ވިދާޅުވީ އެމުބާރާތުގައި މަދުވެގެން ހަތަރު ޓީމު ވާދަކުރާނެކަމަށެވެ. އަންނަ އަހަރަށް މުބާރާތް ތާވަލުކޮށްފަވާއިރު މުބާރާތްބާއްވާނެ ވަކި ތާރީޚެއް އަދި މިހާތަނަށް ނިންމާފަނުވާކަމަށްވެސް ސުޒެއިން ފާހަގަކުރިއެވެ. “އެމުބާރާތުގައި މިހާރުގަ އަޅުގަނޑުމެންގެ ވިސްނުމަކީ ފަސް ޓީމު ބައިވެރިކޮށްގެން ކުރިއަށް ދިއުން. ސަރަހައްދުގެ ފަސް ޓީމަށްވެސް ވެދާނެ. ރާއްޖެ ހިމެނޭގޮތުން މި ސަރަހައްދުގެ ތިން ޓީމު ލާފަ ނޫނީ ދެޓީމެއްލާފަވެސް، ހަމަ ޔަގީނުންވެސް އެންމެ މަދުވެގެން ހަތަރު ޓީމު މުބާރާތުގައި ވާދަކުރާނެ ރާއްޖެއާ އެއްކޮށް” ސުޒެއިން ފާހަގަކުރެއްވިއެވެ.
މިމުބާރާތް ކުރިއަށް ގެންދިއުމަށް އަންނަ އަހަރަށް ރާވާފަވިއަސް މިހާތަނަށް އަދި ވަކި ތާރީޚެއް ކަނޑައަޅާފަނުވަނީ ކުރިއަށް އޮތް އަހަރަކީ ވޯލްޑް ކަޕް އޮންނަ އަހަރަށްވުމާއެކު އެ ދުވަސްވަރު މުބާރާތެއް ބާއްވައިފިނަމަ ވަރަށް ގިނަ އުނދަގޫތަކަކާ ކުރިމަތިވާނެތީކަމަށް ސުޒައިން ވިދާޅުވިއެވެ. އެހެންކަމުން ތާރީޚު ކަނޑައެޅުމަށް އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއާއެކު މަޝްވަރާ ކުރާނެކަމަށާ، އެމުބާރާތް ރާވާނީ ރާއްޖޭގެ ސީޒަނަށްވެސް ދަތިނުވާނެ ފަދަ ގޮތަކަށް ކަމަށް ސުޒެއިން ހާމަކުރެއްވިއެވެ. “އެމުބާރާތް އަންނަ އަހަރު އަޅުގަނޑުމެން ކުރިއަށްގެންދާއިރުގައި ސީދާ ދުވަސްވަރެއް އަދިއެއް ނުނިންމަން. އެއީ މިއަންނަ އަހަރަކީ ވޯލްޑްކަޕު ފީފާ އެންމެ ބޮޑު ވިންޑޯގަ މިއަންނަނީ ވޯލްޑުކަޕު. އެހެންވީމަ އެދުވަސްވަރަށް މުބާރާތެއް ލައިފިއްޔާ ވަރަށް ގިނަ އުނދަގޫތަކާކުރިމަތިވާނެ. ދެން އަޅުގަނޑުމެން އޭގެ ފަހުންތޯ ކުރިންތޯ އެކަން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއާ މަޝްވަރާކޮށް އެންމެ ރަނގަޅު ދުވަސްވަރަކަށް ބާއްވާނީ. ރާއްޖޭގެ ސީޒަނަށްވެސް ދަތިނުވާނެގޮތަށް ގިނަ ދުވަސްތަކެއް ގެއްލިގެން ނުދާނެގޮތަކަށް އެކަން ކުރެވޭތޯ އަޅުގަނޑުމެން ބަލާނީ” ސުޒެއިން ވިދާޅުވިއެވެ.
ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުމާ ގުޅިގެން ރާވާފައިވާ ބައެއް ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކުން ފުޓުބޯޅަ ޝަޚުޞިއްޔަތެއް ހޮވުމާއި، ފުޓުބޯޅައަށް އެންމެ ޚިދުމަތްތެރި ރަށެއް ހޮވުމާއި، އަލިމަސްޔޫބީލް އާ ގުޅޭ ލޯގޯއެއް އިފުތިތާހުކުރުމުގެ އިތުރުން މުނާސަބާއާއި ގުޅޭ ލަވައެއް ނެރުމަށްވެސް ވަނީ ހަމަޖައްސާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
