
އއ. ތޮއްޑޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށާއި، ރޭގަނޑު ބޭނުން ކުރެވޭ ގޮތަށް ފުޓްބޯޅަ ދަނޑު ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ތޮއްޑޫގައި ކުޅިވަރު ތިން މަޝްރޫއެއް އެކުއެކީގައި ކުރިޔަށްދާނެ ކަމުގެ ޔަގީންކަށް އެރަށުގެ ރައްޔިތުންނަށް އަރުވާ ކަމަށެވެ. “ފުޓްބޯޅަ ދަނޑުގައި ރޭގަނޑު ކުޅުމަށްޓަކައި ލައިޓް ޖެހުން، އަލިކުރުން އެއީ އަޅުގަނޑުމެން ކުރަން ނިންމާފައި އޮތް ކަމެއް. އެހެންވީމަ އެކަމާއި އަދި ފިޓްނެސް އެންޑް ރެކްރިއަެޝަން މަރުކަޒެއް ގާްިމުކުރުމާއި އައުޓްޑޯ ޖިމްއެއް ގާއިމުކުރުމާއި މި ތުން މަޝްރޫއުވެސް އެކު އެކީގައި މިރަށުގައި ކުރިޔަށްދާނެ. އެ ޔަގީންކަން ތިބޭފުޅުންނަަށް އަރުވަން” ރައީސް ވިދާޅުވިއެވެ.
ހޭންޑްބޯޅައަކީ ވަރަށް އިސްކަންދޭ ކަމެއް ކަމަށާއި ގާތްގަނޑަކަށް ހުރިހާ ރަށެއްގައި ދެ އަހަރު ތެރޭގައި ގާއިމު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރޭގައި ތޮއްޑޫގައިވެސް ހޭންޑްބޯޅަ ކޯޓު ގާއިމުކޮށްދެއްވާނެ ކަމަށާއި، ތޮއްޑޫގެ ތަރައްޤީއަށްޓަކައި ރައްޔިތުން އެދޭގޮތަށް ކަންކަން ކޮށްދެއްވުމުގައި ސަރުކާރު އޮތީ ފުރިހަަމައަށް ބައިވެރިވެގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ތޮއްޑޫގައި ސްޕޯޓްސް ބޮއެއް ގާއިމުކުރުމަށް ފިޝަރީޒް މިނިސްޓްރީއާ ވާހަކަދައްކައިގެން ވީއެންމެ އަވަހަކަށް އަލުން ރީ އިންސްޓޯލް ކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
