
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން އިންސާފު ޤާއިމުކުރުމުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރާއި ޔަޤީންކަން އިތުރުވެގެންދާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް މިހެން ވިދާޅުވީ ގޭންގުތަކުން ހިންގާ ކުށްތަކާ ބެހޭ ޤާނޫނާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ސެޝަންގެ ތެރެއިން ވާހަކަދައްކަވަމުންނެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބޭއްވި ސެޝަންގައި ވާހަކަދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފް ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން ޤާނޫނުގައި ކަނޑައަޅާފައިވާ ކުށްތައް ހިންގާނަމަ، ގޭންގެއްގެ ގޮތުގައި ކަނޑައަޅައި ފިޔަވަޅު އެޅޭނެ ކަމަށެވެ. ނަމަވެސް، ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި އެކަށީގެންވާ މިންވަރަށް ހެކި ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެކަމަށާއި އެކަމަށްޓަކައި މިހާރު ތައްޔާރުވަމުން އަންނަކަމަށް ޕީޖީ ވިދާޅުވިއެވެ.
އައު ޤާނޫނުގެ ދަށުން ކުށްކުރާ ގުރޫޕެއް ގޭންގެއްގެ ގޮތުގައި ކަނޑައެޅުމަށް ހައިކޯޓަށް ހުށައެޅޭނެއެވެ. އަދި އިންތިޒާމުވެގެން ބަޔަކު ގުޅިގެން ކުށްކުރާކަމަށް ސާބިތުވެ، އެއީ ގޭންގެއްކަމަށް ކަނޑައަޅައިފިނަމަ، އެ ގުރޫޕުގެ މަޢުލޫމާތު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވޭނެކަމަށް ޕީޖީ ވިދާޅުވިއެވެ. ޕީޖީ ވިދާޅުވީ ގޭންގު ކުށްތައް ހުއްޓުވުމުގެ ޤާނޫނާއެކު ގެނެވޭ ބަދަލުތަކުން އިންސާފު ޤާއިމުކުރުމުގެ ނިޒާމަށް ރައްޔިތުންކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ. އެ ގޮތުން މީގެ ކުރިން ކިތަންމެ ބޮޑު ކުށެއް ކުރި ނަމަވެސް، އަދަބު ދެގުނަ ލުއިކޮށްދެވި، ބައެއް މީހުންނަށް ރައީސުލްޖުމްހޫރިއްޔާ މަޢާފުކޮށްދިނުމުގެ ފުރުޞަތު އޮތްނަމަވެސް، އައު ޤާނޫނާއެކު ބޮޑެތި ކުށްތައްކުރުމުން އެ ދޮރުތައް ބަންދުވާނެކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި ބޮޑެތި ކުށްކުށަށް އެއްވެސް ވަރަކަށް ލުއި ނުދެވޭނެކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.
“އިޢުތިރާފުގެ އެއްބަސްވުމެއް ހެދީމަ ދެބައިކުޅަ އެއް ބައި އެބަ ކަނޑާލެވޭ ޖަލު ހުކުމުން. އިޢުތިރާފު ވިޔަސް 25 އަހަރުގެ ހުކުމަކަށް އައު ޤާނޫނުން ދާނީ. ކޯޓަކަށްވެސް ރައީސަކަށްވެސް ލުއި ނުދެވޭނެ. ވަރަށް ބޮޑު ޔަޤީންކަމެއް ނިޒާމަށް ލިބިގެންމިދަނީ.” ޕީޖީ ވިދާޅުވިއެވެ. ގޭންގުތައް ހުއްޓުވުމުގެ ޤާނޫނުގައި ނުޙައްގުން ހޯދާފައިވާ މުއްސަނދިކަން ދައުލަތަށް ނެގުމުގެ މަގުފަހިވެގެންދާނެއެވެ. މިގޮތަށް ނަގާ މުދާ ބެލެހެއްޓުމާއި އެ މުދަލާމެދު ޢަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި މާލިއްޔަތާ ބެހޭ ވުޒާރާއިންކަމަށް ޕީޖީ އޮފީހުން ވިދާޅުވެއެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނަށް ޢާންމުން ހޭލުންތެރިކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަނީ ގިނަ މަސައްކަތްތަކެއްކުރައްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
