
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އއ. ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ބޮޑުފޮޅުދޫގެ ތަރައްޤީއަށް ކުރަންހުރި ކަންކަން ކޮށްދިނުމަކީ ސަރުކާރުގެ އިސް ވާޖިބުކަމަށާއި، މިހާތަނަށް ބައެއް ކަންކަން ފުރިހަމަކޮށްފައިވާކަމަށެވެ. ރައީސްގެ ދަތުރުފުޅުގައި ސޮއިކުރެއްވި ބޮޑުފޮޅުދޫ ސްކޫލަށް ޖާގައާއި ވަސީލަތް އިތުރުކުރުމުގެ އެއްބަސްވުމުގެ ދަށުން ސްކޫލަށް މަލްޓިޕާޕަސް ހޯލާއި، އެހެނިހެން ވަސީލަތްތައް ހޯދައި، ތަޢުލީމީ ފެންވަރު އިތުރުކުރުމާއި މަތިކުރުމަށް ކުރިއެރުން ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް އެންމެ ލަސްވެގެން 3 މަސްތެރޭ ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވަނީ ކައުންސިލުގެ އިހްތިޞާސްގައި ހިމަނާފައިވާ ދިއްގާފަޅާއެކު ރަށަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް ވިދާޅުވެފައެވެ. “މިރަށަށް ވާނީ ހަވާލުކޮށްފައި ދިއްގާފަޅު. އެއީ އަޅުގަނޑު ކުރިން ނިންމިކަމެއް. އޭގެ ބޭނުނަކީ ރައްޔިތުންނަށް އިޤްތިޞާދީ ކުރިއެރުން ހޯދައިދިނުން. އެތަން ހަވާލުކުރީވެސް ރަށުގެ ތަރައްޤީއާ ކުރިއެރުމަށްޓަކައި، އެއީ ފަތުރުވެރިކަމާއި އިޤްތިޞާދީ މަގު ފަހިކޮށްދިނުމަށް” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށްވެސް އިސްކަންދެއްވާކަމަށެވެ. އެހެންކަމުން ބޮޑުފޮޅުދޫގައި ޤާއިމްކުރެވޭ ހޭންޑްބޯލް ކޯޓުގެ އިތުރުން ފުޓުބޯޅަ ދަނޑުގެ ވަސީލަތްތައް މިއަހަރު ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު އައު ފުޓްސަލް ދަނޑެއް ޤާއިމްކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސްގެ ވާހަކަފުޅުގައި ބޮޑުފޮޅުދޫގައި ކުރިން އަޅާފައިވާ ޒުވާނުންގެ މަރުކަޒު ހުރިނަމަވެސް އެތަނުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެ މަސައްކަތުގެ ކޮންޓްރެކްޓަރު ލައްވާ އެތަނުގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން ބޮޑުފޮޅުދޫއަށް އެންމެ މުހިންމު އެއްކަމަކީ ކުރިން ހިއްކާފައިވާ 4 ހެކްޓަރުގެ ބިން ރަށު ކައުންސިލާ ހަވާލުނުކޮށް އޮތް އޮތުންކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ސަބަބުން އެތަނުގެ ބޭނުން ނުކުރެވި ހިމާޔަތްވެސް ނުކުރެވި އޮތްކަން ފާހަގަކުރައްވާ ރައީސް ވަނީ، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުންވެސް އެކަމުގެ ސަބަބުން މަޑުޖެހިފައިވާކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން އެ މައްސަލަ ހައްލުކޮށް، އެ ބިން ރަށު ކައުންސިލާ ހަވާލުކުރުމަށް ނިންމަވާފައިވާކަމަށާއި، އެތަން ހިމާޔަތްކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ގެދޮރުގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެއްކަމަށާއި، އެގޮތުން ބޮޑުފޮޅުދޫގައިވެސް އެ މައްސަލަ އޮތުމުން ހައުސިން މަޝްރޫޢެއް އަންނަ އަހަރު ބޮޑުފޮޅުދޫގައި ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން 50 ހައުސިންގ ޔުނިޓް އެޅުމަށް ބަޖެޓުގައި ހިމަނައި އަންނަ އަހަރު ކުރީކޮޅު އަމަލީ މަސައްކަތް ފަށްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އާބަދީގައި 800އަށްވުރެ ގިނަ ރައްޔިތުން އުޅޭ ބޮޑުފޮޅުދޫގެ ހައުސިން މަޝްރޫޢާއެކު ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބޭނެކަމަށް ރައީސް ވިދާޅިުވިއެވެ. “އެމަޝްރޫޢާއެކު ތިބޭފުޅުންނަށް ގެދޮރުގެ މައްސަލަ ޙައްލުވެގެންދާނެ”. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސިއްޙީ ދާއިރާއިން ބޮޑުފޮޅުދޫ ސިއްޙީ މަރުކަޒަށް އައު ޢިމާރާތެއް އެޅުމަށް ނިންމަވާފައިވާކަަމަށާއި، އެތަނުގައި އައު ޚިދުމަތާއި ވަސީލަތްތައް ޤާއިމްކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ. ބޮޑުފޮޅުދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
