
(ފޮޓޯ ކްރެޑިޓްސް: ޓްރެވެލް ޓްރޭޑް މޯލްޑިވްސް)
އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އަހަރުގެ މިހާތަނަށް 1.4 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1,416,141 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު 9.1 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1,298,289 ފަތުރުވެރިންނެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން 1,039,352 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 309,490 ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، ހޮޓެލްތަކުގައި 37,282 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. މީގެ އިތުރުން، 29,018 ފަތުރުވެރިން ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރި 5 ޤައުމު:
• ޗައިނާ – 218,268 ފަތުރުވެރިން
• ރަޝިއާ – 168,288 ފަތުރުވެރިން
• އިނގިރޭސިވިލާތް – 129,792 ފަތުރުވެރިން
• އިޓަލީވިލާތް – 102,053 ފަތުރުވެރިން
• ޖަރުމަނުވިލާތް – 97,534 ފަތުރުވެރިން
ގެސްޓުހައުސް ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖޭގެ 20 އަތޮޅެއްގައި މިވަގުތު އޮޕަރޭޓުކުރަމުންދަނީ 891 ގެސްޓްހައެވެ. 15,284 އެނދުގެ މި ކެޕޭސީޓީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ޖުމްލަ އެނދުގެ 24 އިންސައްތައެވެ. މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ. މި އަމާޒު ހާސިލްކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ލަންކާއަށް ވަޑައިގަންނަވަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަންނަ މަހުގެ 3 އިން...
“ހުކުމުން އެނގެނީ ޤާނޫނުއަސާސީ އިސްލާހުކުރީ ހެޔޮ ނިޔަތުގައިކަން”
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ސިޔާސީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ސުޕްރީމް ކޯޓުން ދެމެހެއްޓުމާ ގުޅިގެން،...
ކޮންމެ ބުރާސްފަތި ދުވަހަކު ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު، ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް "ޕްރެސަރ ވިތު ދަ ސްޕޮކްސް"...
މަޖިލީހުން ވަޒީރުންނަށް ރުހުން ދީފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކާ ގުޅިގެން، އަލުން ހުވާކުރެއްވި 14 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ....
މަސްވެރިންނަށް ޙާއްސަ އަގެއްގައި 9 ސަރަހައްދަކުން ތެޔޮ ލިބޭނެ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމުތައް ސަރުކާރުން އިތުރަށް ފުޅާކޮށްފިއެވެ. މަސްވެރިކަމާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވި...
ފުރަތަމަ ކުއާޓާގައި 2 މިލިޔަން މީހުން އެއާޕޯޓުން ޚިދުމަތް ހޯދި
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން 2.35 މިލިއަން ފަސިންޖަރުން ޚިދުމަތް ހޯދާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
