
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މަތިވެރި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާ އަޅައިފިއެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ތިމާވެއްޓާ ރަށްޓެހިގޮތަކަށް ކުނި މެނޭޖްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އއ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މަތިވެރީގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބިންގާވަނީ އަޅާފައެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމާއި، އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދީއެވެ. މިރަސްމިއްޔާތުގައި ދާއިރާގެ މެމްބަރު ހަސަން ޒަރީރުގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި މަތިވެރިވެރި ކައުންސިލުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އއ. މަތިވެރީ ކުނި މެނޭޖުކުރާ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފި
ޕްރެސް ރިލީޒް:https://t.co/Pf9AIbY8dG pic.twitter.com/iiIsSKTwlQ
— MTCC Plc (@MTCCPlc) August 20, 2025
މަތިވެރި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 1.06 މިލިޔަން ރުފިޔާއަށ،ް 6 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫޢުގެ ދަށުން ކުނި މެނޭޖުކުރާ މަރުކަޒު މަރާމާތުކުރުމާއ،ި ކުނީގެ ގޮތުގައި އުކާލެވޭ ނުރައްކާތެރި ތަކެތި ރައްކާކުރާނެ ތަނެއް ހެދުމާއ،ި ވެއަރ ހައުސްއެއް ބިނާކުރުމާއ،ި ލޭންޑްސްކޭޕިންގެ މަސައްކަތްތަކާއި މިހާރު ހުރި ބައުންޑަރީ ފެންސް މަރާމާތުކުރުން ހިމެނެއެވެ. ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ތަރައްޤީކޮށް އެތަންތަނަށް ބޭނުންވާ ވަޞީލަތްތައް ހަމަކޮށް، ސެންޓަރުތައް ހިންގޭނެ އިންތިޒާމާއެކު ރަށްރަށުގެ ކައުންސިލްތަކާއިދަނީ ހަވާލުކުރަމުންނެވެ. 1080 މީހުންގެ އާބާދީއެއް އޮންނަ މަތިވެރިއަކީ ފަތުރުވެރިކަން ފުޅާވެފައިވާ ރަށެކެވެ. އެހެންކަމުން ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދިޔުމަކީ، އެރަށު ކައުންސިލާއި ރައްޔިތުންގެ ބޮޑު އެދުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ސިލްސިލާކޮށް އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އއ.އަތޮޅުގެ ހުރިހާ ރަށަކަށްވެސް އެމަނިކުފާނު ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
