
(ފޮޓޯ ކްރެޑިޓްސް: ކުޅިވަރާއިބެހޭ ވުޒާރާ)
ރ. ކިނޮޅަހުގެ ވޮލީބޯޅަ ކޯޓާއި ފުޓްސަލް ދަނޑު ތަރައްގީކުރުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިީމް ނިޔާޒްއެވެ. އަދި އެމްޓީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ޢަބްދުއްރަހުމާން ޔޫސުފްއެވެ. ކިނޮޅަހުގައި ތަރައްގީކުރާ ވޮލީކޯޓަކީ ސަރުކާރުގެ ބަޖެޓުން 1.24 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން 120 ދުވަހުގެތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މިމަސައްކަތުގެ ދަށުން ވޮލީ ކޯޓުގެ ކޮންކްރީޓް މަސައްކަތާ ފާރު ރޭނުމާއި ޓާފް އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
120 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 1.74 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރެވުނު ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާނީ ފާރު ރޭނުމުގެ މަސައްކަތާ ކޮންކްރީޓްގެ މަސައްކަތުގެ އިތުރުން ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތެވެ. 691 މީހުންގެ އާބާދީއެއް އޮންނަ ރ. ކިނޮޅަހުގައި މިވަގުތު އޮތް ފުޓްސަލް ދަނޑަކީ 2015 ވަނަ އަހަރުން ފެށިގެން އެރަށުގައި ބޭނުން ކުރަމުން އަންނަ ދަނޑެކެވެ. ގިނަ ދުވަސްވެ ދަނޑު މިހާރު ހަލާކުވެފަވާއިރު، ޒުވާނުން އަދި ކައުންސިލު ގުޅިގެން އަޅާފައިވާ ވޮލީކޯޓުވެސް މިހާރުވަނީ މަރާމާތުކުރަންޖެހިފައިކަމަށް ރ. ކިނޮޅަހު ކައުންސިލުގެ ރައީސް އަހުމަދު ހުސައިންވަނީ ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވާފައެވެ.
“ރަށުގައި މިހާރު ބޭނުންކުރަމުންދަނީ 2015 ގައި އަޅާފައިވާ ފުޓްސަލް ދަނޑެއް. އެއީ ވަރަށް ކުޑަކުޑަ ދަނޑެއް. އެތަން މިހާރު އޮތީ ވަރަށް ޑެމޭޖްވެފަ. ދެން އޭގެ އިތުރުން ރަށުގެ ޒުވާނުންނާ ކައުންސިލު ގުޅިގެން ވޮލީކޯޓެއްވެސް އަޅާފަވާނެ. އެތަންވެސް މިހާރު އޮތީ މަރާމާތުކުރަންޖެހިފަ” އަހުމަދު ވިދާޅުވިއެވެ. ކުޅިވަރުގެ ދާއިރާއިން ރަށަށް ގެނެވޭ ތަރައްގީއާއެކު ރަށުގެ ޒުވާނުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެރަށަކީ ކުޅިވަރަށް ލޯބިކުރާ ރައްޔިތަކު ނިސްބަތްވާ ރަށެއްކަމަށެވެ. އަދި ރަށުގެ އާބާދީގެ ނިސްބަތުން ގިނަ ބަޔަކު ކުޅިވަރުގައި ޝާމިލުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން ރ. ކިނޮޅަހުންވަނީ 2020 ވަނަ އަހަރު ބޭއްވި އަތޮޅު ހޭންޑްބޯޅަ މުބާރާތުން ޗެމްޕިއަންކަން ހޯދާފައެވެ. އަދި ރ. އަތޮޅުގެ ވޮލީބޯޅަ މުބާރާތުގެވެސް ތަށި އެރަށުން ހިއްލާލާފައިވާއިރު، ފުޓްސަލްއިންވެސް އެރަށުގެ ޓީމުތައް އަންނަނީ ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދަމުންނެވެ. މީގެ އިތުރުން ގައުމީ ވޮލީ ބޯޅަ ޓީމުގައިވެސް ރަށުގެ ޒުވާނުން ހިމެނޭކަމަށާ، ފުޓްބޯޅައިގައިވެސް ރަށުގެ ޒުވާނުން ވިދަމުން އަންނަކަމަށް އަހުމަދުވަނީ ފާހަގަކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
