
“މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު”ގެ ދަށުން ޝަރުތު ހަމަވާ އަމިއްލަ މީޑިއާތަކަށް މިއަހަރު 1 ޕޭމަންޓުގެ ގޮތުގައި ފައިސާ ދިނުމަށް ނިންމައިފިއެވެ. ޕަބްލިކް ސަރވިސް މީޑިއާ ފިޔަވައި އަމިއްލަ ކޮންމެ މީޑިއާއަކަށް ވެސް ކުރިމަތި ލެވޭނެ މިންގަނޑުތައް ބަޔާން ކުރާ “މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުޞޫލު”ގެ ދަށުން ފައިސާ ދޫކުރާނީ 3 ޕޭމަންޓަކަށް ބަހާލައިގެންނެވެ. މި އުޞޫލުގެ ދަށުން މާލީ އެހީތެރިކަން ލިބުމަށްޓަކައި ފުރިހަމަ ވާން ޖެހޭ އެންމެ މުހިންމު އެއް އަސާސަކީ، އެ މީޑިއާއަކީ ރަޖިސްޓްރީ ކޮށްގެން ހިންގާ މީޑިއާއެއް ކަމަށް ވުމާއި، އަދި ބްރޯޑްކާސްޓް މީޑިއާއެއް ނަމަ ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށް ވުމެވެ.
މެދުނުކެނޑި ޚިދުމަތް ދޭތާ 3 އަހަރު ވެފައި ވާނަމަ ކޮންމެ މީޑިއާއަކަށް ވެސް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވިފައި އޮތް މި ގްރާންޓަށް ކުރިމަތިލުމަށްޓަކައި ފުރިހަމަވާން ޖެހޭ ޝަރުތުތައް އުޞޫލުގެ 5 ވަނަ މާއްދާގައި ބަޔާން ކޮށްފައިވެއެެވެ. އެ ގޮތުން އާންމުންނަށް އެ މީޑިއާއަކާ މުޢާމަލާތު ކުރެވޭނެ ގޮތެއް އޮތުމާއި، މީޑިއާގެ ކޯޑް އޮފް އެތިކްސް އާއި ކޮންޑަކްޓް ޝާއިއު ކޮށްފައި އޮތުމާއި، ޓެކްހާ ގުޅޭ ގޮތުން އަދާ ކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ދިޔުމާއި، ޕެންޝަން ސްކީމަށް ފައިސާ ދައްކަމުން ދިޔުމުގެ އިތުރުން އެ މީޑިއާއެއްގެ މުވައްޒަފުންގެ މުސާރައާ ގުޅޭ މުޢާމަލާތްތައް ހިންގަމުން ދަނީ ބޭންކެއް މެދުވެރި ކަމުގައި ވުން ހިމެނެއެވެ.
މީގެ އިތުރުން އެ މީޑިއާއެއްގެ މަސްއޫލު ފަރާތަކީ އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް ފަރާތެއް ނަމަ އެ ދަރަނި އަދާކުރަމުން ދާ ފަރާތަކަށް ވާންޖެހޭކަމަށްވެސް އުޞޫލުގައި ބަޔާން ކޮށްފައިވެއެވެ. މި އުޞޫލުގައި ފާހަގަ ކޮށްފައިވާ ގޮތުން، ބްރޯޑްކާސްޓް މީޑިއާ އަދި ޕްރިންޓާއި އޮންލައިން މީޑިއާ ނުވަތަ ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނުގެ ދަށުން ހިންގާ މީޑިއާ ހިމެނޭހެން، އެއް މީޑިއާއަށް ވުރެ ގިނަ މީޑިއާ ހިންގާނަމަ، ކޮންމެ ބާވަތަކުން 1 މީޑިއާއަށް ޕްރޮޕޯޒަލް ހުށަހެޅޭނެއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މާލީ އެހީ ދިނުމަށްޓަކައި އޮންލައިން ޕޯޓަލްއެއް ޤާއިމު ކުރެވި ޕްރޮޕޯޒަލް ހުށަހެޅުމާ ހަމައިން ފެށިގެން ފައިސާ ދޫކުރުމާ ހަމައަށް ހުރިހާ ކަމެއް ބަލަހައްޓާނީ ޕޯޓަލްގައެވެ. އެގޮތުން ޕްރޮޕޯޒަލް ހުށަހަޅަމުންދާއިރު އެފަރާތަކަށް ލިބޭ ވަގުތީ ޕޮއިންޓް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި މި ޕޯޓަލް ތައްޔާރު ކުރެވިފައި ވަނީ، ހުށަހެޅި ޕްރޮޕޯޒަލް އިވެލުއޭޓްކޮށް ނިންމާ ފަހުން، ހުށަހެޅި ފަރާތުން އެ ޕްރޮޕޯޒަލަކާ ގުޅޭ ގޮތުން އިތުރު ކަމެއް ފާހަގަ ކޮށްފިނަމަ އެކަމަށްވެސް އެދެވޭނެ ގޮތަށެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅި މީޑިއާއަކާ މެދު ޝަކުވާއެއް ކުރަން ބޭނުންވާ މަސްލަހަތެއް އޮތް ފަރާތްތަކަށް އެ ފުރުޞަތުވެސް ދެވޭ ގޮތަށެވެ. މި މަރުހަލާގައި ލިބޭ ޝަކުވާތައް ބަލައި ޢަމަލު ކުރަންވީ ގޮތް ކަނޑައަޅާނީ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރަކާއި، މީޑިއާ ކައުންސިލްގެ މެންބަރެއްގެ އިތުރުން މީޑިއާ އެސޯސިއޭޝަނެއްގެ މެންބަރަކާއި މާލީ ވުޒާރާގެ މެންބަރަކާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެމެންބަރަކު ހިމެނޭ ގޮތުން އެކުލަވާލާފައި އޮންނަ ކޮމިޓީއަކުންނެވެ.
މީގެ އިތުރުން އެ މީޑިއާއަކަށް ލިބޭ ޖުމްލަ ޕޮއިންޓާއި ލިބޭނެ ޖުމްލަ ފައިސާގެ ޢަދަދު އާންމުކޮށް ފެންނަން އޮތުމާއެކު ޕްރޮޕޯޒަލް އިވެލުއޭޓްކޮށް ނިމޭތާ ލަސްވެގެން 7 ދުވަހުގެ ތެރޭގައި އެ މީޑިއާއަކަށް ލިބޭ ފައިސާ އެ މީޑިއާގެ އެކައުންޓަށް ޖަމާވެގެން ދާނެ ކަމަށް ވެސް މި އުޞޫލުގައި ބަޔާންކޮށްފައިވެއެވެ. މި އުޞޫލުގެ ދަށުން މާލީ އެހީތެރިކަން ލިބުމަށް ހުށަހަޅާ ޕްރޮޕޯޒަލް އަށް މަދުވެގެން 60 ޕޮއިންޓް ހަމަވާން ޖެހޭ އިރު، ޕޮއިންޓް ލިބޭނެ ދާއިރާތަކާއި ކަންކަން އަދި ލިބޭނެ ޕޮއިންޓްގެ މިންވަރު ވެސް އުޞޫލުގައި ބަޔާން ކޮށްފައިވެއެވެ. އަދި ބަޖެޓުން ކަނޑައަޅާ 27.9 މިލިއަން ރުފިޔާ ބެހިގެންދާ ގޮތުގެ ފޯމިއުލާ ވެސް ބުނެދީފައި ވެއެވެ.
މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޫކުރާ ފުރަތަމަ އަހަރަށް ވާއިރު ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކޮންމެ އަހަރަކު މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. މިފަދަ އެހީއެއް ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އަމިއްލަ މީޑިއާ ތަކަކީ މާލީ ގޮތުން ފުދުންތެރި އަދި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެ ދިނުމެވެ. އަދި އުފެއްދުންތެރި ކޮންޓެންޓް ނުވަތަ ރިޕޯޓާއި ޚަބަރު ފަތުރައި، ނޫސްވެރިކަމުގެ ދާއިރާއަކީ ޒިންމާދާރު ކަމާއި އިތުބާރާއެކު ވަޒީފާގެ ފުރުޞަތުތައް ވެސް ފަހިވެގެންދާނެ ދާއިރާއަކަށް ނުވަތަ އިންޑަސްޓްރީއަކަށް ހެދުމަކީ ވެސް މިފަދަ އެހީއެއް ފޯރުކޮށްދިނުމުގެ މަޤުސަދެކެވެ.
About Post Author
މާދަމާ ނިއުސް
ލޯނާއި އިންޓްރަސްޓަށް 1 ބިލިއަން ރުފިޔާ ދައްކައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތުން ވަނީ ލޯނުތަކަށް 636 މިލިއަން އަދި އިންޓްރެސްޓަށް...
“ބޮޑު ދެއިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ވޯޓުލާ އަދަދު އިތުރުވާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ވޯޓުލާ މީހުންގެ އަދަދު އިތުރުވެ، ދައުލަތުގެ ޚަރަދުތައް ކުޑަވާނެ...
ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ހަދަނީ
(ފޮޓޯ ކްރެޑިޓްސް: ޒަކާތު ހައުސް) ދިވެހިރާއްޖޭގެ ޒަކާތުގެ ޤާނޫނުގެ ދަށުން، ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީކުރަން މަޖުބޫރުވާ ގޮތަށް އާ ޤަވާއިދެއް އެކުލަވާލުމަށް ޒަކާތު...
މިފަހަރު އެންމެ ގިނަ ވޯޓުފޮށި ހެންވޭރު ދަނޑުގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ މަހު ބާއްވާ އިންތިޚާބުތަކުގައި ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މީގެ...
އަޅުގަނޑުގެ ތާއީދު އޮތީ ޕީއެންސީ ކެންޑިޑޭޓުންނަށް އެކަނި: ރައީސް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއީދު...
“ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވިޔަސް ބާރު އޮންނާނީ ރައްޔިތުންގެ އަތުގައި”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރިޔާސީ އިންތީޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެ ބަދަލު...
