
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ވަރަށް ގިނަ ވަސީލަތްތައް ހުރި ނަމަވެސް މިހާތަނަށް ނެތީ އެ ވަސީލަތްތައް ބެލެހެއްޓޭނެ ފަދަ ގޮތެއް ކަމަށާއި، އަލަށް ގާއީމުކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއެކު އެ ކަމަށް ހައްލު ލިބިގެންދާނެ ކަމަށް ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. އޮގޮތުން މިހާރު އަލަށް ގާއިމުކުރެވިގެންދާ ސެންޓަރުތަކުގައި ސިވިލް މުވައްޒިފުން ނެގުމުގެ ހުއްދަ މިހާރު ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އެ މަރުކަޒުތަކުން ކުރެވޭނެ އެންމެ މުހިންމު ކަމަކަށް ވެގެންދާނެ އެތަންތަނަށް ވިރާނާވިޔަ ނުދީ ބެލެހެއްޓުން ކަމަށެވެ. އައުޓްޑޯ ޖިމްތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވަޒީރު ރާފިޢު ވަނީ ސެންޓަރުތަކުގައި ކުރިއައްދާނެ ހަރަކާތްތަކާއި ގުޅޭގޮތުން ތަފްސީލު ދެއްވާފައެވެ.
“ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަކަކީ ހަމަ އެކަނި ކުޅިވރު ކުޅޭނެ ތަނެއް ނޫން، އެއީ ބޯޑްގޭމްސް ކުޅިވަރު ކުޅުމުގެ އިތުރުން، އެރޮބިކްސް އެކްޓިވިޓީ ހިމެނޭ ތަނެއް.” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ވުޒާރާއިން ރާވާ ހިންގާ އެކިއެކި ތަމްރީން ޕްރޮގްރާމްތައް ވެސް ރެކްރިއޭޝަން ސެންޓަރުތަކުގައި ބޭއްވިގެން ދާނެކަމަށެވެ. ކްލާސް ރޫމް ތަމްރީން ޕޮރޮގްރާމްތައް މި ތަންތަނުގައި ހިންގޭގޮތައް ބޭނުން ކުރެވޭނެ ކަމަށާއި އެހެން ވުޒާރާތަކުން ހިންގާ ތަމްރީން ޕްރޮގްރާމްތަކަށް ވެސް ޖާގަ އޮންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ރެކްރިއޭޝަން ހަރަކާތްތަކައީ ކުޅިވަރު ކުޅުމުގެ އިތުރުން އާއްމު ރައްޔަތުން އެއްބައިވަންތަކޮށް އެކުވެރިކުރާ ތަނެއްގެ ގޮތުގައި މުސްތަގަބަލުގައި ފެނިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަލަށް ގާއިމުކުރެވިގެންދާ ވަސީލަތްތައް ވެގެންދާނީ ހުރިހާ އުމުރުފުރައަކަށް ހާއްސަ ކުރެވިގެން ޚިދުމަތްދޭ ތަންތަން ކަމުގައި ވަޒީރު ވިދާޅުވިއެވެ.
2026 ގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ރައީސްގެ ވައިދުފުޅާ އެއްގޮތައް މިހާރު ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އިތުރު 134 ރަށެއްގައި ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް ފެށުމަކީ މި މަޝްރޫއުގައި އެޅިގެންދާ އެންމެ ބޮޑު ފިޔަވަޅުކަމަށެވެ. މި މަޝްރޫއު އަކީ ދިވެހިން ރައްޔަތުންނަށް ބޭނުންތެރި މުހިއްމު މަޝްރޫއެއް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވަވާފައެވެ. “އޭގެ އެންމެ މުހިންމު ސަބަބަކީ އަޅުގަނޑުމެން ރައްޔަތުން ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި އަޅުގަނޑުމެން ތިބުމައްޓަކައި، ހެލިފެލިވެ އުޅުމައްޓަކައި ފިޓްނަސް މެއިންޓެއިން ކުރުމައްޓަކައި ވަރަށް މުހިންމު ފިޔަވަޅެއް އެޅިގެންދާ ރެއެއް.” ވަޒީރު ވިދާޅުވިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން މިހާތަނަށް ވަނީ 87 އެފްއާރުސީއެއް ގާއިމުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްފައެވެ. އޭގެ ތެރެއިން ތިން ފިޓްނަސް ސެންޓަރެއްގެ މަސައްކަތް ނިމިފައިވާއިރު، 28 މަޝްރޫޢުއެއްގެ މަސައްކަތް މިވަގުތު ކުރިއަށްއެބަދެއެވެ. މީގެ އިތުރުން 43 ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓް މަރުހަލާ ކުރިއަށްދާއިރު، އިތުރު 21 އެފްއާރުސީއެއް ޤާއިމްކުރުމަށް މި އަހަރާއި އަންނަ އަހަރު ހަވާލުކުރެވޭނެކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ހާމަކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
“އަޚްލާޤީ މިންގަނޑުގެތެރެއިން މަޢުލޫމާތު ފޯރުކޮށްދިނުން މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނޫސްވެރިން ވަކިފަރާތަކަށް ނުޖެހި، އަޚްލާޤީ...
“މީޑިއާއަށް ފަހި މާހައުލެއް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ މަތީ އެއް މަޞްލަޙަތު”
(ފޮޓޯ ކްރެޑިޓްސް: ރަައީސް އޮފީސް) ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، ދިވެހި ނޫސްވެރިންނަށް ރައްކާތެރި...
ގަލަމުގެ ބާރު ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކު!
ކޮންމެ އަހަރެއްގެ މޭ 3 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. 1993 ވަނަ އަހަރުން ފެށިގެން އދ. އިން ފާހަގަކުރާ މި...
ޒުވާނުންނާއި ކުޅިވަރު: އެެއް ވުޒާރާއަކަށް، ހެޔޮ ބަދަލެއްް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ނަމަށް ބަދަލުކޮށް، ވަޒީރު އަބްދުﷲ ރާފިޢުގެ އިރުޝާދުގެ ދަށުން ޒުވާނުންގެ...
“މައުލޫމާތު ގެނެސްދިނުމުގައި ޕީއެސްއެމް ނިއުސް ދައުރު ފުރިހަމަ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރުގެ ދާއިރާއިން ކުރާ މަސައްކަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ޕީއެސްއެމް ނިއުސްއިން އަދާކުރާ ދައުރު ފާހަގަކުރައްވައި، ވަޒީރު...
ރާއްޖެ-ލަންކާ: އަބަދުވެސް އޮތީ ގާތް ގުޅުމެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއާއި ސްރީލަންކާއަކީ 1965 ވަނަ އަހަރުން ފެށިގެން ސިޔާސީ ގުޅުން ގާއިމުކޮށް، ސަގާފީ އަދި އިގްތިސާދީ ގޮތުން ގާތް...
