
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ދެމުންދާ ޢުދުވާނީ ޙަމަލާތައް އެ ސަހަރުގެ އުތުރަށް ފުޅާކުޮށް، އެ ސަރަޙައްދުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން ދެކުނުގެ ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުކުރާނެ ކަމަށް ޔަހޫދީން އިޢުލާނުކުރި ފަހުން، ޣައްޒާ ސިޓީގެ ޒައިތޫން އަވަށުގައި ޖަހާފައިވާ ފޭލިގެތަކަށް ޔަހޫދީން ޙަމަލާ ދޭން ފަށައިފިއެވެ. އެނގިފައިވާ ގޮތުގައި އޮގަސްޓު މަހުގެ 14ވަނަ ދުވަހުން ފެށިގެން ޒައިތޫނަށް ޔަހޫދީން ދެމުންދާ ވައިގެ ޙަމަލާތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. އެ ޙަމަލާތައް ގިނަ ފަހަރަށް އަމާޒު ވަނީ ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ ރައްޔިތުން ފޭލިގެތަކުގައި ދިރިއުޅޭ ސަރަޙައްދަށް ކަމަށް ވެއެވެ. އެއާއެކު އެ ސަރަޙައްދަުގައި ދިރިއުޅޭ އެތައް ހާސް ބަޔަކަށް ވަނީ ފޭލިގެތައް ނަގައި، ދެކުނުގެ ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެފައެވެ. ފާއިތުވި ދުވަސްތަކުގެ މަތިން ނަގާފައިވާ ސެޓެލައިޓް ފޮޓޮއިން އެކަން ޔަޤީންވެއެވެ.
އާންމުންގެ ގެދޮރަށާއި ޙާލުގައި ޖެހިފައިވާ މީހުން ދިރިއުޅޭ ކޭމްޕުތަކަށް ޔަހޫދީން ޙަމަލާ ދިނުމަކީ އާންމުންނާއި ހަނގުރާމަވެރިންނާ ދެމެދު ތަފާތުކުރުމެއް ނެތި ޙަމަލާ ދިނުމަށް ޔަހޫދީން ބޭނުންކުރާ އުކުޅެކެވެ. އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކާއި އދގެ ތަޖުރިބާކާރުންނާއި ޤާނޫނީ އިލްމުވެރިން ޤަބޫލުކުރާ ގޮތުގައި 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކަކީ ފަލަސްޠީނުގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީން ދެމުންދާ ޙަމަލާތަކެކެވެ. ޣައްޒާގެ އިންސާނީ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު، ޔަހޫދީންނަށް ވާގިވެރިވާ ހުޅަނގުގެ ޤައުމުތަކަށް ދަނީ ފަލަސްޠީނަށް ޙަމަލާ ދިނުމަށް ޔަހޫދީން ދައްކަމުންދާ ބަހަނާތައް ބައިނަލްއަޤްވާމީ ދުނިޔޭގެ ކުރިމަތީގައި ދިފާޢުކުރުމަށް އުނދަގޫވަމުންނެވެ. ގިނަ ޤައުމުތަކުން ދަނީ ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޙަމަލާތައް ހުއްޓައިލުމަށް ގޮވާލައި، އުތުރު ޣައްޒާ ހިފައިފި ނަމަ ޣައްޒާގެ ރައްޔިތުންގެ ޙާލަތު އިތުރަށް ގޯސްވަާނެ ކަމުގެ އިންޒާރު ދެމުންނެެވެ. ޒައިތޫނަށް ދެމުންދާ ޙަމަލާތަކާއި، އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުކުރުމަކީ ޔަހޫދީންގެ އަނިޔާވެރިކަން ފުރިހަމައަށް ދޭހަކޮށްދޭ ޢަމަލުތަކެކެވެ.
ފޭލިގެތަކަށް ޙަމަލާ ދިނުން
ޒައިތޫނުގައި ފޭލިގެތައް ޖަހައިގެން މީހުން ދިރިއުޅޭ ގާތްގަނޑަކަށް 11 ވަރަކަށް ވަގުތީ ހިޔާ ހުރެއެވެ. އެއިން ކޮންމެ ތަނެއްގައި 4،500އެއްގާ މީހުން ދިރިއުޅެއެވެ. މި އެންމެން ދިިރިއުޅެނީ އެންމެ 3.2 އަކަކިލޯމީޓަރުގެ ސަރަޙައްދެއްގައެވެ. އެއީ ޢުދުވާނުގެ ކުރިން މީހުން ދިރިއުޅެމުންދިޔަ ސަރަޙައްދުގެ އެންމެ 32 އިންސައްތައެވެ. ޢުދުވާން ފެށި ދުވަސްވަރު ޔަހޫދީން ވަނީ ޒައިތޫންގެ އެތެރޭގައި އަދި ވަށައިގެންވާ ބައެއް ސަރަޙައްދުތަކުގައި ހަންދަގުތައް ކޮނެ، އެއީ ބަފަރު ޒޯންތަކުގެ ގޮތުގައި ކަނޑައަޅައިފައެވެ. ޣައްޒާ ދެ ޒޯނަކަށް ބައިކޮށްލި ނެތުރާޒިމް ކޮރިޑޯ ވެސް ޤާއިމުކޮށްފައި ވަނީ އެ ސަރައްޙައްދުގައެވެ.
ޒައިތޫނަށް މިހާރު ދެމުންދާ ޙަމަލާތަކުގެ ސަބަބުން އެ ސަރަޙައްދުގައި ތިބި އާއްމުން ދެކުނުގެ ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެފައިވިއިރު، ޣައްޒާގައި ހުރި މީހުންނަށް ދިރިއުޅެވޭފަދަ އެންމެހާ އިމާރާތްތަައް ޔަހޫދީން ސުންނާފަތިކުރަމުން ދިޔުމަކީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުން ކަމަށް ބުނެވިދާނެއެވެ. ސީދާ ގޭބިސީއަކަށް އަމާޒުކޮށް ޔަހޫދީން ޒައިތޫންގައި ރޮކެޓު ޙަމަލާދޭ މަންޒަރު ފެންނަ ފޮޓޮއާއި ވީޑިޔޯ ވެސް ފެންނަން އެބަހުއްޓެވެ. އެ ޙަމަލާގެ ސަބަބުން އެ އިމާރާތް ވަނީ ބިމާ ހަމަވެފައެވެ. އެއީ އެ އިމާރާތުގައި ދެން މީހަކަށް ހިޔާވަހިކަން ނުހޯދޭނެކަން ޔަޤީން ކުރުމަށް ދީފައިވާ ޙަމަލާއެއް ކަމަށް ބެލެވެއެވެ.
ޒައިތޫންގެ އެހެން އިމާރާތްތަކަށް ވެސް ޔަހޫދީން ދަނީ މި ފަދަ ޙަމަލާތައް ދެމުންނެވެ. އެ ގޮތުން އޮގަސްޓު މަހުގެ 11ވަނަ ދުވަހާއި 16ވަނަ ދުވަހާ ދެމެދު އެ އަަވަށުގައި ހުންނަ އަލް-ފަލާޙް މަދަރުސާއާއި އަލް-ލަބަބީދީ ސްޓްރީޓްގައި ހުންނަ ފޭލިގެ ކޭމްޕަކަށް ވެސް މި ފަދަ ޙަމަލާތައް ދީފައިވެއެވެ. އޭގެ އިތުރުން ނަޞްރު އަވަށުގައި ހުންނަ މާޖިދާ އަލް-ވާސިލާ މަދަރުސާއާއި ޝައިޚް އަޖިލިން އަވަށުގައި ހުންނަ ފޭލިގެ ކޭމްޕުތަކަށް ވެސް ޔަހޫދީން ޙަމަލާ ދީފައިވެއެވެ. މި ފަދަ ތަންތަނަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކުގެ ދަށުން ހިމާޔަތް ލިބޭ އިމާރާތްތަކަށްވިއިރު، އަދި އެ ތަންތަނަކީ ޣައްޒާގެ އެތައް ހާސް ރައްޔިތުންނަށް އޮތް ފަހު ހިޔާވަހިކަމަށްވިއިރު، މި ތަންތަނަށް ޙަމަލާ ދިނުމަކީ ހަނގުރާމައިގެ ޖަރީމާއަކަށް އަދި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއްގެ ގޮތުގައި ބެލިދާނެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
