
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފާއިތުވި ދުވަސްތަކުގައި ފަލަސްޠީނުގެ ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ކޮންމެވެސް ވަރަކަށް ދީފައިވިޔަސް، ޣައްޒާގެ ރައްޔިތުން ހައިހޫނުކަން ފިލުވަން ބޭނުންވާ މިންވަރާ ގާތަށް ވެސް އެ ފުރުޞަތު ދެމުންނުދާ ކަމަށް އދގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުން ބުނެފިއެވެ. އދގެ އިންސާނީ ޙައްޤުތަކާބެހޭ އޮފީހުގެ ތަރުޖަމާނު ތަމީން އަލް ޚީތާން ނޫސްވެރިންނަށް ވިދާޅުވީ، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ޔަހޫދީން އަދިވެސް ވަރަށް ބޮޑަށް ހިފަހައްޓާފައި އޮތުމުގެ ސަބަބުން، ޣައްޒާގެ ރައްޔިތުން ހައިހޫނުކަން ފިލުވަން ބޭނުންވާ މިންވަރާ ގާތަށް ވެސް ކާބޯތަކެތި ފޯރުކޮށްނުދެވޭ ކަމަށެވެ. މުޅި ޣައްޒާ ބަނޑަށްޖެހި، އެތައް ހާސް ރައްޔިތުން ހައިހޫނުކަން ތަޙައްމަލުކުރަމުންދަނީ، ޣައްޒާއަށް އެހީ ވެއްދުމަށް ޔަހޫދީން ގަސްދުގައި ހުރަސްއަޅަމުންދާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ޢުދުވާނީ ޙަމަލާތައް ދޭން ފެށިފަހުން ދެ އަހަރު ފުރެން ގާތްވެފައިވާއިރު، ޔަހޫދީން އަދިވެސް ދަނީ ޣައްޒާއަށް އެހީގެ ސާމާނާއި ކާބޯތަކެތި ވެއްދުމަށް އިންތިހާއަށް ދަތިކުރަމުންނެވެ. މި އަހަރުގެ މާރިޗު މަހާއި މެއި މަހުގެ މެދުތެރެއާ ހަމައަށް ޔަހޫދީން ވަނީ ޣައްޒާއަށް އެއްވެސް މިންވަރަކަށް އެހީގެ ސާމާނު ނުވެއްދޭނޭހެން ހުރިހާ މަގުތަކެއް ބަންދުކޮށްފައެވެ. އެއާއެކު ކާބޯތަކެއްޗާއި ފެނާއި އިންސާނީ އެހީ އެއްވެސް ވަރަކަށް އެ ސަހަރަށް ވެއްދިފައެއް ނުވެއެވެ. އޭގެ ސަބަބުން ޣައްޒާއިން ވަނީ އެއްކޮށްހެން ކާބޯތަކެތި ހުސްވެފައެވެ.
އެއާއެކު ކާބޯތަކެތި ނުލިބި ބަނޑަށް ޖެހުމުގެ ސަބަބުން ފަލަސްޠީނުގެ ޣައްޒާގައި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އޮގަސްޓު މަހުގެ 17ވަނަ ދުވަހާ ހަމައަށް ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން 263 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. އޭގެ ތެރޭހައި 112 ކުޑަކުދިން ވެސް ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
