
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން އިސްވެ ކުރަމުންދާ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންގޮސްފައިވަނިކޮށް، ޑްރޯނާއި މިސައިލް ބޭނުންކޮށްގެން ރަޝިޔާއިން ރޭ ވެސް ޔޫކްރެއިނުގެ މެދުތެރޭގެ ސަރަޙައްދަކަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. ޔޫކްރެއިނުގެ ވައިގެ ސިފައިން ބުނީ، ރަޝިޔާއިން ރޭ ދިން ޙަމަލާގައި 270 ޑްރޯނާއި 10 މިސައިލް ޔޫކްރެއިނުގެ ކްރެމެންޗުކް އަށް އަމާޒުކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 230 ޑްރޯނާއި ހަ މިސައިލް ވައްޓާލާފައިވާ ކަމަށާއި ނަމަވެސް، ތަފާތު 16 ތަނަކަށް ހަތަރު މިސައިލާއި 40 ޑްރޯން ޙަމަލާ އަމާޒުވެފައިވާ ކަމަށް ޔޫކްރެއިނުގެ ވައިގެ ސިފައިން ބުންޏެވެ. ހަނގުރާމަ ނިމުމަކަށް ގެނެސް ސުލްޙަ ޤާއިމުކުރަން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ބޭނުންފުޅުނުވާކަން މި ޙަމަލާއިން ސާފުވާކަމަށް ކްރެމެންޗުކްގެ މޭޔަރު ވިދާޅުވިއެވެ.
ރަޝިޔާއިން ޔޫކްރެއިނަށް މި ޙަމަލާދީފައިވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޕުޓިން ހުށަހަޅުއްވާފައިވާ ޝަރުޠުތަކަށް އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް ބާރު އަޅުއްވާފައިވަނިކޮށެވެ. ވައިޓް ހައުސްގައި ޒެލެންސްކީ އާ އެކު ބޭއްވެވި ބައްދަލުވުމަށްފަހު ޓްރަމްޕް ވިދާޅުވީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ ގޮތުން އެކުލަވައިލާ އެއްބަސްވުމެއްގެ ދަށުން އެމެރިކާއިން ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމަށެވެ. ކްރެމެންޗުކްގެ މޭޔަރު ވިޓަލީ މަލެޓްސްކީ ވިދާޅުވީ، ހަނގުރާމަ ނިމުމަކަށް ގެންނަން ތައްޔާރުކަމަށް ޓްރަމްޕް އަރިހު ޕުޓިން ވިދާޅުވުމަށްފަހު، މި ޙަމަލާދިނުމުން ރަޝިޔާއިން ސުލްޙަ ޤާއިމުކުރަން ބޭނުންނުވާކަން މުޅި ދުނިޔެއަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. މި ހިނގާ އޯގަސްޓު މަހު ރަޝިޔާއިން ޔޫކްރެއިނަށް ދިން އެންމެ ވަރުގަދަ ޙަމަލާގައި ހަކަތާއި ދަތުރުފަތުރުގެ ވިއުގަތަކަށް ގެއްލުންތައް ލިބި، ބޮޑު ސަރަޙައްދަކުން ކަރަންޓު ކެނޑިފައިވާކަމަށް މަލެޓްސްކީ ވިދާޅުވިއެވެ.
ކްރެމެންޗުކް އާއެކު ޔޫކްރެއިނުގެ އިތުރު ދެ ސަރަޙައްދަކަށް ރަޝިޔާއިން ރޭ ޙަމަލާތައް އަމާޒުކޮށްފައިވާއިރު، ސަރުކާރުގެ ބައެއް އިމާރާތްތަކަށް ގެއްލުން ލިބުނުކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް، ރޭގެ ޙަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ބުނެފައެއްނުވެއެވެ. ވައިޓް ހައުސްގައި ޒެލެންސްކީއާ އެކު ޓްރަމްޕް ބޭއްވެވި ބައްދަލުވުމުގައި ވިލާތުގެ ބާރުތަކުގެ ވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ޔޫކްރެއިންގެ މަދަދުގާރުންނެވެ. ޓްރަމްޕް އެ ބޭފުޅުންނާ ބައްދަލު ކުރައްވާފައި ވަނީ، އޮގަސްޓް 15ވަނަ ދުވަހު ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ އެކު ބޭއްވެވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ މަޢުލޫމާތު ހިއްސާ ކުރެއްވުމަށެވެ.
ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ޓްރަމްޕް ވިދާޅުވުމުން ޒެލެންސްކީ ވަނީ އެ ކަމަށް މަރުޙަބާ ދަންނަވާފައެވެ. އަދި، ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އެ އެހީތެރިކަމަކީ ކޮބައިކަން ދެނެގަނެވޭނެ ކަމުގައި ވިދާޅުވެ، ޒެލެންސްކީ ވަނީ ޔޫކްރެއިނުން 90 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު އެމެރިކާއިން ގަތުމަށް ނިންމާފައިވާ ކަން ވެސް ހާމަ ކުރައްވާފައެވެ. ޕުޓިންއާއި ޓްރަމްޕާ ދެމެދު ބޭއްވި ބައްދަލުވުމުގައި ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ އެއްބަސްވުމެއް އެކުލަވައިލެވިފައި ނެތް ނަމަވެސް، މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި، ޕުޓިން ވަނީ ޔޫކްރެއިންގެ އިރުމަތީގައި އޮތް ދޮންޏެސްކު ރަޝިޔާގެ ބާރުގެ ދަށަށް ދޫކޮށްލުމަށް ޒެލެންސްކީ އެއްބަސްވެ ވަޑައިގަންނަވައިފި ނަމަ، ހަނގުރާމަ ހުއްޓުމަކަށް ގެންނަވާނެ ކަމުގައި ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
