
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމުގެ ގޮތުން އެކުލަވައިލާ އެއްބަސްވުމެއްގެ ދަށުން އެމެރިކާއިން ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ މި ޔަގީން ކަން އަރުވާފައި ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ އެކު ވައިޓް ހައުސްގައި ބޭއްވެވި ބައްދަލުވުމެއްގައެވެ. ޔޫކްރެއިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެމެރިކާއިން ފިޔަވަޅުތަކެއް އަޅާނެ ކަން ޓްރަމްޕް ހާމަ ކުރައްވާފައިވީ ނަަމަވެސް، އެއީ ކޮން ފިޔަވަޅުތަކެއް ކަން އޭނާ ސާފުކޮށްދެއްވާފައެއް ނެތެވެ. މާރިޗު 18ވަނަ ދުވަހު ވައިޓް ހައުސްގައި ޒެލެންސްކީއާ އެކު ޓްރަމްޕް ބޭއްވެވި ބައްދަލުވުމުގައި ވިލާތުގެ ބާރުތަކުގެ ވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެއީ ޔޫކްރެއިންގެ މަދަދުގާރުންނެވެ. އޭގެ ތެރޭގައި ޖަރުމަނުވިލާތުގެ ޗާންސެލަރ ފްރީދްރިޝް މެޔަޓްޒް، ފަރަންސޭސިވިލާތުގެ ރައީސް އިމަނުއެލް މެކްޚްރޮން، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމަރ، އިޓަލީވިލާތުގެ ބޮޑުވަޒީރު ޖޯޖިޔޯ މެލޯނީ އަދި ވިލާތުގެ ކޮމިޝަނުގެ ރައީސާ އަރްސަލާ ފޮން ޑެ ލަޔަންގެ އިތުރުން ހުޅަނގުގެ ދިފާޢީ އިއްތިޙާދު (ނޭޓޯ)ގެ ސެކްރެޓަރީ ޖެނެރަލް މާކް ރުތޭ ހިމެނި ވަޑައިގަންނަވައެވެ.
ޓްރަމްޕް އެ ބޭފުޅުންނާ ބައްދަލު ކުރައްވާފައި ވަނީ، އޮގަސްޓް 15ވަނަ ދުވަހު ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާ އެކު ބޭއްވެވި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގެ މަޢުލޫމާތު ހިއްސާ ކުރެއްވުމަށެވެ. “ސަލާމަތީ ދާއިރާއަށް ބަލައިލާއިރު، [ޔޫކްރެއިނަށް] ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ. ދިފާޢުގެ އެންމެ ކުރީ ސަފުގައި ތިބީ [ވިލާތާއި ނޭޓޯ] އެ ފަރާތްތައް، ނަމަވެސް އަޅުގަނޑުމެން [އެމެރިކާއިން] ވެސް އެހީތެރިކަން ފޯރުކޮށްދޭ ނަން،” ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވިއެވެ. ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ޓްރަމްޕް ވިދާޅުވުމުން ޒެލެންސްކީ ވަނީ އެ ކަމަށް މަރުޙަބާ ދަންނަވާފައެވެ. އަދި، ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އެ އެހީތެރިކަމަކީ ކޮބައިކަން ދެނެގަނެވޭނެ ކަމުގައި ވިދާޅުވެ، ޒެލެންސްކީ ވަނީ ޔޫކްރެއިނުން 90 ބިލިޔަން އެމެރިކާ ޑޮލަރުގެ ހަތިޔާރު އެމެރިކާއިން ގަތުމަށް ނިންމާފައިވާ ކަން ވެސް ހާމަ ކުރައްވާފައެވެ.
ޔޫކްރެއިނާއި ވިލާތުގެ ވެރިންގެ ބައްދަލު ކުރެއްވުމުގެ ކުރިން ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ ޔޫކްރެއިންގެ ސަލާމަތާ ގުޅޭ ގޮތުން ރަޝިޔާއިން ގެންގުޅޭ ތަސައްވުރު ހާމަކޮށްފައެވެ. އެ ވުޒާރާއިން ބުނީ، ރަޝިޔާއާއި ޔޫކްރެއިން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ނޭޓޯގެ ސިފައިން ރުކުރުވައިލުމާ ރަޝިޔާއިން ދެކޮޅު ކަމުގައެވެ. މިއީ، ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވާނެ ތަސައްވުރެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޒެލެންސްކީއާއި ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް ކައިރި މުސްތަޤުބަލެއްގައި ރަޝިޔާއާއި އެމެރިކާ އަދި ޔޫކްރެއިނާ ދެމެދު ރަސްމީ ވާހަކަތައް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބިފައި މި ވަނީ، ހަނގުރާމައިގެ މައިދާނުގައި ރަޝިޔާގެ ލަޝްކަރުން ވެސް ކުރިއެރުންތަކެއް ހޯދަމުންދާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕް ވިދާޅުވީ، ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމުގެ މަސައްކަތް ފަށްޓަވާފައިވާނެ ކަމުގައެވެ. މި ގޮތުން، ޕުޓިންއަށް ފޯނުން ގުޅުއްވައި، އެ ކަން ހުށަހައްވާފައިވާނެ ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. އަދި، ޕުޓިންއާއި ޒެލެންސްކީއާ ދެމެދު ދޭދޭ ބައްދަލުވުމެއް ބޭއްވުމަށް ފަހު، ތިން ޤައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. ޕުޓިންއާއި ޓްރަމްޕާ ދެމެދު ބޭއްވި ބައްދަލުވުމުގައި ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ އެއްބަސްވުމެއް އެކުލަވައިލެވިފައި ނެތް ނަމަވެސް، މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އަދި، ޕުޓިން ވަނީ ޔޫކްރެއިންގެ އިރުމަތީގައި އޮތް ދޮންޏެސްކު ރަޝިޔާގެ ބާރުގެ ދަށަށް ދޫކޮށްލުމަށް ޒެލެންސްކީ އެއްބަސްވެ ވަޑައިގަންނަވައިފި ނަމަ، ހަނގުރާމަ ހުއްޓުމަކަށް ގެންނަވާނެ ކަމުގައި ވިދާޅުވެފައެވެ. ޓްރަމްޕް މިހާރު ގެންދަވަނީ އެ ޝަރުޠު ބަލައިގަތުމަށް ޒެލެންސްކީއަށް ބާރު އަޅުއްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
