
ޕްރޮފެޝަނަލް ފުޓްބޯލަރސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހަށް ލިބިއްޖެއެވެ. ޕީއެފްއޭގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ސަލާހު ހޮވިފައިވާއިރު މިއީ މި މަގާމު އޭނާއަށް ލިބިގެންދާ ތިންވަނަ ފަހަރެވެ. އަދި މީގެ ކުރިން އެއްވެސް ކުޅުންތެރިއަކަށް ތިން ފަހަރު މަތިން މި ޝަރަފު ހޯދިފައެއް ނުވެއެވެ. މީގެ އިތުރުން އުމުރުން 33 އަހަރުގެ ސަލާހަށް ވަނީ މި އަހަރުގެ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓުގެ އިތުރުން އޭނާއަށް ވަނީ އެންމެ މޮޅު ޕްލޭ މޭކަރގެ މަގާމުވެސް ލިބިފަ އެވެ. މިއީ އެއް ސީޒަނެއްގައި މި ތިން މަގާމު އެއް ކުޅުންތެރިއަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
2017 ވަނަ އަހަރު ލިވަޕޫލް އާއި ގުޅުނު ސަލާހު ވަނީ ނިމިގެންދިޔަ އިނގިރޭސި ޕްރިމިލާ ލީގުގެ ސީޒަނުގައި ޖުމްލަ 29 ލަނޑު ޖަހައި އިތުރު 18 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ސަލާހު އެންމެ ފުރަތަމަ ފަހަރަށް ޕީއެފްއޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބިފައިވަނީ 2018 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން 2022 ވަނަ އަހަރުގެ ސީޒަނުގައިވެސް ސަލާހަށް ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބިފަ އެވެ. މި ފަހަރުގެ އެވޯޑަށް ސަލާހާ އެންމެ ގާތުން ވާދަކޮށްފައިވަނީ ލިވަޕޫލްގެ މިޑްފީލްޑަރ އެލެކްސިސް މެކަލިސްޓަރ އާއި ނިއުކާސަލްގެ ފޯވަޑް އެލެކްޒެންޑަރ އިސާކް އާއި މެންޗެސްޓަރ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް އާއި އާސެނަލްގެ ޑެކްލަން ރައިސްގެ އިތުރުން ޗެލްސީގެ ކޯލް ޕާމާ އެވެ.
މިދިޔަ ސީޒަނުގައި ލިވަޕޫލް ދޫކޮށް އެހެން ކްލަބަކަށް ބަދަލުވެދާނެ ކަމަށް ބެލެވުނު ނަމަވެސް މިދިޔަ އެޕްރިލް މަހު ސަލާހު ވަނީ ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތަށް ދެ އަހަރު އިތުރު ކޮށްފަ އެވެ. ޕީއެފްއޭގެ އަހަރުގެ އެންމެ ޒުވާން ކުޅުންތެރިއަކަށް ހޮވިފައިވަނީ އެސްޓަން ވިލާގެ މޯގަން ރޮޖާރސް އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި އެސްޓަން ވިލާއަށް ކުޅެދިން 37 މެޗުގައި ޖުމްލަ އަށް ލަނޑު ޖަހާފަ އެވެ. އަދި ޗެމްޕިއަންސް ލީގުގައި ހަތަރު ލަނޑު ޖަހާފައިވާއިރު ސެލްޓިކް އާއި ދެކޮޅަށް ވަނީ ހެޓްރިކެއް ހަދާފަ އެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
