
(ފޮޓޯ ކްރެޑިޓްސް: ޕީއެސްްއެމް ނިއުސް)
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި ގިނަ ދުވަސްތަކެއްގެ މެދު ކެނޑުމަކަށްފަހު ކުލަބު ގްރީން ސްޓްރީޓްސްގެ ފަރިތަކުރުންތައް ފެށީ ޒުވާން ކުޅުންތެރިންތަކަކާއި އެކުގައި ކަމަށާއި އުންމީދަކީ ކުރިޔަށް އޮތް ސީޒަނުގައި ދެވޭ އެންމެ ރަނގަޅު ހިސާބަކަށް ދިއުން ކަމަށް އެ ކުލަބުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނެފިއެވެ. ފަރިތަކުރުންތަކުގެ ތެރެއިން ޕީއެސްއެމް ނިއުސް އަށް ދިން އިންޓަވިއުއެއގައި ނިސްތަާރު ބުނީ އުންީދަކީ ރަނގަޅު ހިސާބަކަށް ކުލަބު ގެންގޮސްދިނުން ކަމަށާއި ވެވުނު އެންމެ ރަނގަޅަކަށް އައު ސީޒަނަށް ތައްޔާރުވާނެ ކަމަށެވެ ގްރީން ސްޓްރީޓްސްއަކީ އަބަދުވެސް ކުރިޔަށް ބަލާ ކުލަބެއް ކަމަށާއި ފާއިތުވެދިޔަތަނުގައި ކުލަބަށް ދިމާވި ކަންކަމާމެދު ނުވިސްނާނެ ކަމަށްވެސް ކޯޗު ބުންޏެވެ. އަހަރުގެ ކުރީކޮޅު އެޓީމަށް އޮތީ މާލީ އުނދަގޫތަކާއި ކުރިމަތުވެފައެވެ. އެހެންނަމަވެސް ކޯޗު ބުނީ މިހާރު އެވާހަކަ ދައްކަން ބޭނުން ނުވާކަމަށާއި ބޭނުންވަނީ ޓީމާއެކު ކުރިޔަށް ދާން ކަމަށެވެ. އަދި އެޕްރީލުމަހު ސީޒަން ފަށަން އެފްއޭއެމުން އިއުލާނުކުރުމުން ބަޖެޓްގެ ދަތިކަމާހުރެ އޭރު ޕްރެކްޓިސް ނުފަށާ ކުލަބުތަކުގެތެރޭގައިވެސް ގްރީން ސްޓްރީޓްސް ހިމެނުނެވެ.
”އުންމީދުކުރެވޭ އިރާދުކުރެއްވިއްޔާ ރަނގަޅުވާނެ ކަމަށް އާ ޕްލޭޔަރުން އެބައުޅޭ ޒުވާން ޕްލޭޔަރުންވެސް ގޮސް އަނބުރާ އައިސްވެސް އެބައުޅޭ. ޓްރަޔަލް ޕްލޭޔާސްވެސް ވަރަށް ގިނަ. ހަފްތާއެއްވަރު ފަހުން އެނގޭނީ ސްކޮޑާއިމެދު އެއްޗެއް ބުނަން“ ނިސްތާރު ބުންޏެވެ. ކުލަބު ގްރީން ސްޓްރީޓްސްގެ ކެޕްޓަން މުހައްމަދު ފަރުހާން ބުނީ އެކުލަބަށް އިރާދުކުރެއްވިއްޔާ ރަނގަޅު ފައިޓެއްދެވޭނެ ކަމަށް އުންމީދު ކުރާކަމަށެވެ. އޭނާ ބުނީ ސީޒަން ނުފެށި ގިނަ ދުވަސްތަކެއް ފާއިތުވުމުގެ ސަބަބުން ކުޅުންތެރިން މިތިބީ ވަރަށް ކުޅެން ބޭނުންވެފައި ކަމަށެވެ. އަދި އައު ސީޒަނަން އެ ކުލަބު ނިކުންނަނީ ގިނަ ޒުވާން ކުޅުންތެރިތަކެއް ހިމަނައިގެން ކަމަށާއި އައު ކުޅުންތެރިންވެސް ޓީމުގައި ހިމެނޭ ކަމަށެވެ.
”ގިނަ ޒުވާން ކުޅުންތެރިންލައިގެން މި ފެއްޓީ. އިރާދުކުރެއްވިއްޔާ ރަގަޅު ފައިޓެއް ދިނުން ގްރީންސްޓްރީޓްގެ އަމާޒަކީ. ބްރޭކެއް ދިޔައީމަ ހުރިހާ ކުޅުންތެރިންވެސް މި ތިބީ ވަރަށް ކުޅެން ބޭނުންވެފަކަންނޭންގެ. ފަރިތަކުރުންތައްވެސް ވަރަށް ރަނގަޅަށް ދަނީ“ ފަރުހާން ބުންޏެވެ. ސެޕްޓެމްބަރު 15 ގައި ޗެރިޓީ ޝީލްޑް މެޗުން ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަށް ތައްޔާރުވަމުން އަންނައިރު ކުލަބުތަކެއް އަންނަނީ ފަރިތަކުރަމުންނެވެ. 10 ކުލަބަކާއި އެކު މިއަހަރު ޕްރިމިއާ ލީގު ފަށާނީ 18 ސެޕްޓެމްބްރުގައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
