
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމައްޓަކައި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމުތައް ގާއިމުކުރަން ހަމަޖެހިފައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. އައުޓްޑޯ ޖިމްތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވަޒީރު ރާފިޢު ވިދާޅުވީ އައުޓްޑޯ ޖިމްތަކަކީ މިހާރުވެސް ރާއްޖޭގެ ރައްޔަތުން ބޭނުން ކުރަމުން އަންނަ ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ. މި ފަހަރު އައުޓްޑޯ ޖިމްގެ ވަސީލަތްތައް ގާއިމުކުރުމުގައި ވަރަށް ބޮޑަށް ބެލުމަށްފަހު ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް މެއިންޓެއިން ކޮށް ބެލެހެއްޓޭނެ ގޮތްތަކެއް ދިރާސާކޮށް ބައްލަވާފަައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“ދިވެހިރާއްޖެ އަކީ ވަރަށް ލޮނުގެ އަސަރު ކުރާ ތަނަކަށް ވާތީވެ، އެތަކެތީގަ ދަބަރު ޖަހާ ވީރާނާވުމުގެ ޗާންސް ބޮޑުވާނެތީވެ، އެހެންވީމަ އަޅުގަނޑުމެން މިފަހަރު މި ތަކެތި އެސްޓިއޯ މެދުވެރިކޮށް، ތަކެތި އޯޑަރ ކުރީ އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމާއި، އެސްޓިއޯގެ ޓެކްނިކަލް ޓީމާއެކު މަޝްވަރާ ކުރުމަށްފަހު ލޮނުގެ އަސަރު ކުރިޔަސް ހަލާކު ނުވާނެހެން ވަކި ހާއްސަ ކޯޓިންއެއް ލެވިގެން.” ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އަލަށް ގާއިމު ކުރެވޭ އައުޓްޑޯ ޖިމްތަކާއި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ވެގެންދާނީ ގައިންގަޔަށް ނާރާ ބަލިތަކުން ދުރުކޮށްދޭ ވަސީލަތެއް ކަމަށެވެ. ” ހަކުރު ބަލި، ލޭމައްޗަށް ދއުން، އޮބޭސިޓީ، ކޮލަސްޓްރޯލް، ހައިޕަޓެންޝަން، މިހަކަލަ ބަލިތަކުން އަޅުގަނޑުމެން ދުރުކުރެވޭނެ ވަސީލަތަކަށް ވެގެންދާނީ.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފަދަ ތަންތަނުގެ ސަބަބުން މުޖްތަމައުގެ ގުޅުން ބަދިހިވެގެންދާނެ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރު ފުރިހަމަ ކުރުމުގައި ވުޒާރާއިން އަބަދުވެސް ފަސްނުޖެހި ކުރިއަށްދާނެކަން ފާހަގަކުރެއްވިއެވެ. މި މަޝްރޫއުތައް ނިންމުމުގައި ސަރަކާރުގެ ކުންފުނިތަކާ އެކު މަސައްކަތް އަވަސްވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަންނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން އެޗްޑީސީއާ ހަވާލުކުރެވުނު 71 މަޝްރޫޢުއާއެކު ޖުމްލަ 102 އައުޓްޑޯ ޖިމް ގާއިމުކުރުމަށް ސަރުކާރުގެ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހަތް އައުޓްޑޯ ޖިމް ގާއިމުކުރުން ކުރިއަށް އެބަދެއެވެ.
މިއަހަރާއި އަންނަ އަހަރު އިތުރު 41 އައުޓްޑޯ ޖިމް ގާއިމުކުރުމަށް ހަވާލުކުރުމަށްވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
