
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ވަރަށް ގިނަ ވަސީލަތްތައް ހުރި ނަމަވެސް މިހާތަނަށް ނެތީ އެ ވަސީލަތްތައް ބެލެހެއްޓޭނެ ފަދަ ގޮތެއް ކަމަށާއި، އަލަށް ގާއީމުކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއެކު އެ ކަމަށް ހައްލު ލިބިގެންދާނެ ކަމަށް ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. އޮގޮތުން މިހާރު އަލަށް ގާއިމުކުރެވިގެންދާ ސެންޓަރުތަކުގައި ސިވިލް މުވައްޒިފުން ނެގުމުގެ ހުއްދަ މިހާރު ލިބިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އެ މަރުކަޒުތަކުން ކުރެވޭނެ އެންމެ މުހިންމު ކަމަކަށް ވެގެންދާނެ އެތަންތަނަށް ވިރާނާވިޔަ ނުދީ ބެލެހެއްޓުން ކަމަށެވެ. އައުޓްޑޯ ޖިމްތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ވެވުނު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވަޒީރު ރާފިޢު ވަނީ ސެންޓަރުތަކުގައި ކުރިއައްދާނެ ހަރަކާތްތަކާއި ގުޅޭގޮތުން ތަފްސީލު ދެއްވާފައެވެ. “ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަކަކީ ހަމަ އެކަނި ކުޅިވރު ކުޅޭނެ ތަނެއް ނޫން، އެއީ ބޯޑްގޭމްސް ކުޅިވަރު ކުޅުމުގެ އިތުރުން، އެރޮބިކްސް އެކްޓިވިޓީ ހިމެނޭ ތަނެއް.” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ވުޒާރާއިން ރާވާ ހިންގާ އެކިއެކި ތަމްރީން ޕްރޮގްރާމްތައް ވެސް ރެކްރިއޭޝަން ސެންޓަރުތަކުގައި ބޭއްވިގެން ދާނެކަމަށެވެ. ކްލާސް ރޫމް ތަމްރީން ޕޮރޮގްރާމްތައް މި ތަންތަނުގައި ހިންގޭގޮތައް ބޭނުން ކުރެވޭނެ ކަމަށާއި އެހެން ވުޒާރާތަކުން ހިންގާ ތަމްރީން ޕްރޮގްރާމްތަކަށް ވެސް ޖާގަ އޮންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ރެކްރިއޭޝަން ހަރަކާތްތަކައީ ކުޅިވަރު ކުޅުމުގެ އިތުރުން އާއްމު ރައްޔަތުން އެއްބައިވަންތަކޮށް އެކުވެރިކުރާ ތަނެއްގެ ގޮތުގައި މުސްތަގަބަލުގައި ފެނިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަލަށް ގާއިމުކުރެވިގެންދާ ވަސީލަތްތައް ވެގެންދާނީ ހުރިހާ އުމުރުފުރައަކަށް ހާއްސަ ކުރެވިގެން ޚިދުމަތްދޭ ތަންތަން ކަމުގައި ވަޒީރު ވިދާޅުވިއެވެ. 2026 ގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމްތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. ރައީސްގެ ވައިދުފުޅާ އެއްގޮތައް މިހާރު ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އިތުރު 134 ރަށެއްގައި ވަސީލަތްތައް ގާއިމު ކުރުމުގެ މަސައްކަތް ފެށުމަކީ މި މަޝްރޫއުގައި އެޅިގެންދާ އެންމެ ބޮޑު ފިޔަވަޅުކަމަށެވެ.
މި މަޝްރޫއު އަކީ ދިވެހިން ރައްޔަތުންނަށް ބޭނުންތެރި މުހިއްމު މަޝްރޫއެއް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވަވާފައެވެ. “އޭގެ އެންމެ މުހިންމު ސަބަބަކީ އަޅުގަނޑުމެން ރައްޔަތުން ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި އަޅުގަނޑުމެން ތިބުމައްޓަކައި، ހެލިފެލިވެ އުޅުމައްޓަކައި ފިޓްނަސް މެއިންޓެއިން ކުރުމައްޓަކައި ވަރަށް މުހިންމު ފިޔަވަޅެއް އެޅިގެންދާ ރެއެއް.” ވަޒީރު ވިދާޅުވިއެވެ. ކުޅިވަރާ ބެހޭ ވުޒާރާއިން މިހާތަނަށް ވަނީ 87 އެފްއާރުސީއެއް ގާއިމުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްފައެވެ. އޭގެ ތެރެއިން ތިން ފިޓްނަސް ސެންޓަރެއްގެ މަސައްކަތް ނިމިފައިވާއިރު، 28 މަޝްރޫޢުއެއްގެ މަސައްކަތް މިވަގުތު ކުރިއަށްއެބަދެއެވެ.
މީގެ އިތުރުން 43 ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓް މަރުހަލާ ކުރިއަށްދާއިރު، އިތުރު 21 އެފްއާރުސީއެއް ޤާއިމްކުރުމަށް މި އަހަރާއި އަންނަ އަހަރު ހަވާލުކުރެވޭނެކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ހާމަކުރައްވައެވެ.
About Post Author
މާދަމާ ނިއުސް
ނޫސްވެރިންގެ ކިބައިން ރައީސް އެދިވަޑައިގަތީ ތެދު ބުނާ މީހުންގެ ރައްކާތެރި ވެއްޓަކަށް!
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ހިތާބުގައި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކޮށް، ތެދު މައުލޫމާތު ފަތުރާ މަހައުލެއް...
މާލޭގައި 53 ޕަސެންޓު ދިވެހިން މަސައްކަތްކުރަނީ ސަރުކާރު އޮފީސްތަކުގައި: ރިޕޯޓް
(ފޮޓޯ ކްރެޑިޓްސް: މިހާރު) މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ "ލޭބާ ފޯސް ރިޕޯޓު 2024-2025" އިން ދައްކާގޮތުގައި މާލޭގައި ވަޒީފާ އަދާކުރާ ދިވެހިންގެ 53.3...
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް 3 ބޭފުޅުން ކުރިމަތިލައިފި
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް 3 ބޭފުޅުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. އެމްޑީޕީން ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު...
ތިން ރަށެއްގައި ޣާޒީ ރަދުންގެ އާސާރުތަކުގެ މަސައްކަތް ޤައުމީ ދުވަހަށް ނިންމަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޣާޒީ ރަދުންގެ އާސާރުތައް ދިރުވައި އާބާތުރަ ފިލުވުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ހއ. އުތީމު، ތަކަންދޫ އަދި ބާރަށުގައި...
ފުރަތަމަ ކުއާޓަރުގައި ދިރާގަށް 730 މިލިޔަން ރުފިޔާގެ އާމްދަނީއެއް
(ފޮޓޯ ކްރެޑިޓްސް: ދިރާގު) މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 730 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު...
ޙައްޖު މިޝަންއާ ވަޒީރު ޑރ.ޝަހީމް ބައްދަލުކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: އިސްލާމީކަންތައްތަކާބެހޭ ވުޒާރާ) 1447 ވަނަ އަހަރުގެ ޙައްޖު މިޝަންގެ މެމްބަރުންނާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު...
