
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕްއާ ބައްދަލުކުރައްވާއިރު، ޒެލެންސްކީގެ އަރިހުގައި އެ ބައްދަލުވުމުގައި ވިލާތުގެ އިސްވެރިން ބައިވެެރިވެވަޑައިގަތުމަށް ނިންމަވައިފިއެވެ. އޮގަސްޓު މަހުގެ 18ވަނަ ދުވަހު އެމެރިކާގެ ވޮޝިންޓަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ޒެލެންސްކީއާއެކު ޖަރުމަނުވިލާތުގެ ޗާންސެލަރު، ފްރީޑްރިޗް މަރޒްއާއި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮންއާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު، ކީރް ސްޓާމަރ ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން ޔޫރަޕިއަން ކޮމިޝަންގެ ރައީސް، އުރްސަލާ ވޮން ޑަރ ލެޔެންއާއި ފިންލެންޑުގެ ރައީސް، އެލެކްޒެންޑަރ ސްޓަބްއާއި އިޓަލީވިލާތުގެ ބޮޑުވަޒީރު، ޖިއޯޖިއާ މެލޮނީ ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަވަސް ސުލްޙައިގެ އެއްބަސްވުމެއް ޤާއިމުކުރުމަށް ޓްރަމްޕް ޒެލެންސްކީއަށް ޕްރެޝަރުކުރައްވަމުން ދާއިރު، އެ ބައްދަލުވުމުގައި ޒެލެންސްކީއާއެކު ވިލާތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ ޒެލެންސްކީއަށް ބާރުދީ ހިތްވަރުދިނުމުގެ ގޮތުންނެވެ.
ޓްރަމްޕްއާ ބައްދަލުކުރެއްވުމުގެ އެއް ދުވަސް ކުރިން މަރޒްއާއި މެޚްރޮންއާއި ސްޓާމަރ ވަނީ ޔޫކްރެއިންގެ ބައިވެރިންނާއެކު ބައްދަލުވުމެއް ބާއްވަވައި، ޓްރަމްޕްެއާއެކު ބާއްވައި ބައްދަލުވުމުގައި ޔޫކްރެއިންގެ މަސްލަހަތު އިސްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. ހަނގުރާމައިގެ މި ޙާލަތުގައި، އެމެރިކާ ހިމެނޭ ގޮތަށް ޤައުމުތަކުން ޔޫކްރެއިންއަށް ސަލާމަތީ ގެރެންޓީ ދިނުމާ ގުޅޭ ނިންމުންތައް ޓްރަމްޕްއާއެކު ބާއްވަވާ ބައްދަލުވުމުގައި ނިންމުމަށް ވިލާތުގެ އިސްވެރިން އުންމީދުކުރައްވައެވެ. އެމެރިކާ ދަތުރާ ގުޅޭގޮތުން ޖަރުމަނުވިލާތުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ބައްދަލުވުމުގައި ސަލާމަތީ ގެރެންޓީ ދިނުމާއި ސަރަޙައްދީ މައްސަލަތަކާއި، ރަޝިޔާގެ ޢުދުވާންތަކާ ދެކޮޅަށް ޔޫކްރެއިން ދިފާޢުކުރުމުގައި ވާގިވެރިވުމާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތައް ދެމެހެއްޓުމާ ގުޅޭގޮތުން ވެސް ވާހަކަ ދައްކާނެއެވެ.
އޮގަސްޓު މަހުގެ 15ވަނަ ދުވަހު ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ވަނީ އެމެރިކާގެ އަލަސްކާގައި ޓްރަމްޕްއާ ބައްދަލުކުރައްވައި، ހަނގުރާމަ ހުއްޓައިލުމާ ގުޅޭގޮތުން މަޝްވަރާ ކުުރައްވައިފައެވެ. އެ ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއްގެ ގޮތުގައި ދެ ބޭފުޅުން ވެސް ސިފަ ކުރައްވާފައިވެއެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެއްބަސްވުމަކާ ހަމައަށް އާދެވިފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި، ޒެލެންސްކީ މެދުވެރިކޮށް ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމަކާ ހަމައަށް އައުމަށް ޓްރަމްޕް އުއްމީދުކުރައްވައެވެ. ޕުޓިންއާ ބައްދަލުކުރެއްވި ދުވަހު ޓްރަމްޕް ވަނީ ޔޫކްރެއިންއަކީ ރަޝިޔާއާ އަޅައިބަލާއިރު ބަލިކަށި ޤައުމެއްގެ ގޮތުގައި ސިފަކުރައްވައި، އެ ސަބަބަށްޓަކައި ޔޫކްރެއިނުން ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމެއް ޤާއިމުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެމެރިކާއާއި ރަޝިޔާއާ ދެމެދު ދެކެވުނު ވާހަކަތަކުގައި ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިންގެ ބައެއް ކުދި ސަރަޙައްދުތައް ދޫކޮށްލުމަށް ހުށަހަޅާފައިވެއެވެ. އޭގެ ބަދަލުގައި ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ބިންތަކެއް ޔޫކްރެއިނުން ދޫކޮށްލުމަށާއި އެހެން ސަރަޙައްދުތަކުގައި ކުރީސަފުގައި ބަދަލުކުރަމުންދާ ޙަމަލާތައް ހުއްޓައިލުމަށް ވެސް ހުށަހަޅާފައިވެއެވެ.
ހަނގުރާމަ ހުއްޓައިލުމާ ގުޅޭގޮތުން ޕުޓިން ކުރައްވައިފައިވާ ބައެއް ޝަރުތުތަކަކީ ޔޫކްރެއިންއަށް ޤަބޫލުކުރަން ވަރަށް އުނދަގޫވާނެ ޝަރުތުތަކެކެވެ. އެއާއެކު 3 އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ މަޝްވަރާތައް ފަސޭހަ ނުވާނެކަމަށް ބެލެވެއެވެ. ރަޝިޔާއާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމައަކީ ފާއިތުވި 80 އަހަރުގެ ތެރޭގައި ވިލާތުގައި ކޮށްފައިވާ އެންމެ ލޭއޮހޮރުވުން ގިނަ ހަނގުރާމަައެވެ. މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި ވެސް ޓްރްމްޕް އާއި ޒެލެންސްކީ ވަނީ އެމެރިކާގައި ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް އާއި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވަނީ ޒެލެންސްކީއާއެކު ވަރުގަދަ ބަހުގެ ޙަމަލާތަކެއް ބަދަލުކުރައްވައިފައެވެ. ޔޫކްރެއިނުން އެމެރިކާއަށް ޝުކުރުވެރިނުވާ ކަމަށާއި އެ ޤައުމަށް ބޭއިޚްތިރާމުކުރާ ކަމަށް އެ ބޭފުޅުން ތުހުމަތުކުރައްވާފައިވެއެވެ. އޮގަސްޓު މަހުގެ 18ވަނަ ދުވަހު ބާއްވާ ބައްދަލުވުމުގައި މި ފަދަ މަންޒަރެއް ތަކުރާރުވާން ވިލާތުގެ އިސްވެރިން ބޭނުންވެވަޑައިނުގަންނަވައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
