
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީ ފައުޖުން ޔަމަންގެ ވެރިރަށް ޞަންޢާއަށް ނިރުބަވެރި ޙަމަލާތަކެއްދީ، ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ޔަހޫދީ ފައުޖުގެ ކަނޑުގެ ސިފައިންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޞަންޢާގެ ރަށްބޭރުގައި ހުރި ހަޛީޛް އިންޖީނުގެއަށެވެ. ޙަމަލާތަކުގައި އެ ތަނުގައި ހުރި ގިނަ އަދަދެއްގެ ޖަނަރޭޓަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގިއެވެ. ޞަންޢާގައި ވެރިކަން ކުރާ ޙޫޠީ ޖަމާޢަތާ ގުޅުން އޮތް އަލް-މަސީރާ ޓީވީން ބުނީ، ޔަހޫދީންގެ ޙަމަލާގައި ހަޛީޛް އިންޖީނުގޭގައި ބޮޑު އަލިފާންގަނޑެއް ރޯވި ކަމުގައެވެ. އަދި، ގިނަ އަދަދެއްގެ ޖަނަރޭޓަރުތައް ބޭނުން ނުކުރޭ މިންވަރަށް ހަލާކުވެފައިވާ ކަމުގައެވެ. މިހާރު އެ ތަނުގައި ރޯވި އަލިފާންގަނޑު ކޮންޓުރޯލުކޮށް، ނިއްވައިލާފައިވާ ކަމުގައި ވެސް އެ ޓީވީން ރިޕޯޓު ކުރިއެވެ. ޞަންޢާގެ ރައްޔިތުން ބުނީ، ޔަހޫދީންގެ ޙަމަލާތަކާ އެކު އެ ސަރަޙައްދުން ބާރުގަދަ ދެ ގޮވުމެއްގެ އަޑާއެކު މުޅި ރަށް ގުގުމައިގެން ދިޔަ ކަމުގައެވެ.
ޔަހޫދީ ފައުޖުން ބުނީ، ޞަންޢާއަށް ޙަމަލާ ދީފައި ވަނީ، ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ޙޫޘީ ޖަމާޢަތުން ދެމުންދާ ވަރުގަދަ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ކަމުގައެވެ. ނަމަވެސް، ނުރައްކާތެރި މިސައިލާއި އަސްކަރީ ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޙޫޘީން ދެމުންދާ ޙަމަލާތައް މެދުކަނޑައިލާފައި ނުވާ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ. ޔަހޫދީންނާ ދެކޮޅަށް ޙޫޘީން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގަން ފަށާފައި ވަނީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފެށުމުންނެވެ. އެއީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޣައްޒާއިން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 61,000އަށްވުރެ މައްޗަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 142,000އަށްވުރެ އިތުރުވާނެއެވެ.
މިސައިލާއި ޑްރޯން ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން ޒަޔަނިސްޓުންގެ ރަށްތަކަށް އަމާޒުކޮށް ޙޫޘީން ދެމުންދާ ޙަމަލާތަކުގެ މައިގަނޑު އަމާޒަކީ، ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޔަހޫދީންނަށް މަޖުބޫރު ކުރުވުމެވެ. އަދި، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތްތަކާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ވާގިވެރިވުމެވެ. ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން ޒަޔަނިސްޓު އިސްރާއީލުގެ ވައިގެ ބަނދަރުތައް ބަންދު ކުރަން ޖެހުނެވެ. އަދި، ގިނަ އަދަދެއްގެ އެއަރލައިންތަކުން ވަނީ ތެލް އަވީވަށް ކުރާ ދަތުރުތައް މެދުކަނޑައިލާފައެވެ. ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ ޔަހޫދީންގެ ޙިމާޔަތުގައި ނިކުމެފައެވެ. އަދި، ބަދަލު ހިފުމުގެ ގޮތުން ޔަމަންގެ ޢާންމުން ދިރިއުޅޭ ރަށްތަކާއި ގެދޮރަށް ވައިގެ ޙަމަލާތައް ދޭން ފަށާފައެވެ. އެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލިއެވެ. ނަމަވެސް، މޭ މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ޙޫޘީންނާ އެކު އެއްބަސްވުމެއް އެކުލަވައިލައި، ޔަމަނަށް ބޮން އެޅުން ހުއްޓައިލާފައެވެ. މިއީ، ޔަހޫދީން ގަޔާވި ނިންމުމެއް ނޫނެވެ.
އޭގެ ބަދަލުގައި ޙޫޘީން ވަނީ ރަތް ކަނޑުން ދަތުރު ކުރާ އެމެރިކާގެ އާގުބޯޓުފަހަރާއި، އެމެރިކާގެ ކުންފުނިތަކުން އޮޕަރޭޓު ކުރާ އުޅަނދުފަހަރަށް ޙަމަލާ ދިނުން މެދުކަނޑައިލާފައެވެ. ނަމަވެސް، ޒަޔަނިސްޓު އިސްރާއީލަށް މުދާ ގެންދާ އާގުބޯޓުފަހަރާއި، އެ ކަމުގައި ބައިވެރިވާ ކުންފުނިތަކުގެ އުޅަނދުފަހަރަށް ޙޫޘީން ދެމުން ދިޔަ ވަރުގަދަ ޙަމަލާތައް މެދުކަނޑައިލާފައެއް ނެތެވެ. ޙޫޘީންގެ ޙަމަލާތައް 100އަށްވުރެ ގިނަ އުޅަނދަށް އަމާޒު ކޮށްފައިވާއިރު، އޭގެ ތެރެއިން ހަތަރު އާގުބޯޓު ވަނީ ފައްތައިލާފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
