
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ އުތުރުގެ ސަރަޙައްދުތައް އިސްތިޢުމާރު ކުރުމުގެ ގޮތުން ޔަހޫދީން އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ޔަހޫދީން އަމާޒު ހިފާފައި ވަނީ އެ ސަހަރުގެ އުތުރުގައި އޮތް ޣައްޒާ ސިޓީ އިސްތިޢުމާރު ކުރުމަށެވެ. އަދި، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އަޅުވެތި ކުރުމަށެވެ. މިއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވާތްގާއި އެހީތެރިކަމާ އެކު ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެކެވެ. ޔަހޫދީ ފައުޖުން ބުނީ، ޣައްޒާ ސިޓީގައި ދިރިއުޅޭ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރުކޮށް، އެ މީހުން ޣައްޒާގެ ދެކުނުގައި އޮތް ސަރަޙައްދުތަކަށް ބަދަލު ކުރުމުގެ ގޮތުން އެ މީހުންނަށް ފޭލިގެ ފަދަ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ. 2.2 މިލިޔަނެއްހާ މީހުން ދިރިއުޅޭ ޣައްޒާގެ ބައެއް ރަށްތައް އިސްތިޢުމާރު ކުރުމަށް ޔަހޫދީން ނިންމުމާ އެކު، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުމާއި ފާޑުކިޔުން އެ ކަމަށް އަމާޒުވެގެން ދިޔައެވެ. ނަމަވެސް، ޒަޔަނިސްޓުންނަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފާޑުކިޔުންތަކަށް ފަސްޖެހޭ ބަޔެއް ނޫނެވެ.
ޣައްޒާ ސިޓީގެ ރައްޔިތުން އަމިއްލަ ވަޒަނުން ބޭރު ކުރުމަށް ފަށާފައިވާ ލާއިންސާނީ ޖަރީމާއަށް އެކުވެރި ދައުލަތްތައް (އދ)އާއި ބައިނަލްއަޤްވާމީ އެހީދޭ ޖަމުޢިއްޔާތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި ވެސް ޔަހޫދީ ފައުޖުން ބުންޏެވެ. މި ގޮތުން، ގެދޮރުން ބޭރުކޮށް ޣައްޒާގެ ދެކުނަށް ބަދަލު ކުރާ ފަލަސްޠީނުގެ ރައްޔިތުންނަށް ފޭލިގެ ފަދަ ތަކެތި ފޯރުކޮށްދޭނީ އދއާއި އެހީދޭ ޖަމުޢިއްޔާތަކުން ކަމުގައި ޔަހޫދީން ބުންޏެވެ. ފޭލިގެތައް ބެހުމަށް ހަމަޖެހިފައި ވަނީ ޣައްޒާގެ ކަރީމް އަބޫ ސާލިމް ސަރަޙައްދީ ހުރަސް ކައިރީގައެވެ. ނަމަވެސް، އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އދގެ އިދާރާއިން ވަނީ، ޣައްޒާ ސިޓީގެ ރައްޔިތުން ވަޒަނުން ބޭރު ކުރުމަށް ޔަހޫދީން ފަށާފައިވާ ލާއިންސާނީ ޖަރީމާއާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ އިދާރާގެ ތަރުޖަމާނަކު ބުނީ، ޔަހޫދީން ފަށާފައިވާ ޖަރީމާއާ އެކު ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލު ކުރަން މަޖުބޫރު ކޮށްފައިވާ ހާލަތު އިތުރަށް ގޯސްވެގެން ދާނެ ކަމުގައެވެ. ނަމަވެސް، ގެދޮރުން ބޭރު ކުރަމުންދާ މީހުންނަށް ފޭލިގެ ފޯރުކޮށްދިނުމަށް ޔަހޫދީން ނިންމުމުން އދން ވަނީ އެ ނިންމުމަށް މަރުޙަބާ ކިޔާފައެވެ. “އދއާއި އދގެ ބައިވެރިން މި ފުރުޞަތުގެ ބޭނުން ހިފާނެ،” އިންސާނީ ޙައްޤުތަކާ ބެހޭ އދގެ އިދާރާގެ ތަރުޖަމާނު ބުންޏެވެ.
ޣައްޒާ ސިޓީގައި މި ވަގުތު މިލިޔަނެއްހާ މީހުން ދިރިއުޅެމުންދާ ކަމުގައި އދން ޤަބޫލު ކުރެއެވެ. އެ މީހުން ބަދަލު ކުރުމަށް ހަމަޖެހިފައި ވަނީ ޣައްޒާގެ ދެކުނުގެ ކޮން ސަރަޙައްދަކަށް ކަން ޔަހޫދީން ސާފުކޮށްދީފައެއް ނެތެވެ. ބެލެވޭ ގޮތުގައި، އެއީ ޣައްޒާއާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ރަފަޙެވެ. ފަލަސްޠީނާއި އދގެ އޮފިޝަލުން ބުނީ، ޣައްޒާގައި ރައްކާތެރި އެއްވެސް ސަރަޙައްދެއް މިހާރު ނެތް ކަމުގައެވެ. ޣައްޒާ ސިޓީގެ ރައްޔިތުން ވަޒަނުން ބޭރު ކުރުމުގެ މަސައްކަތް ފެށުމާ އެކު، ފަލަސްޠީނުގެ މިިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމާޢަތް، އިސްލާމިކް ޖިހާދުން ވެސް ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި، އެއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ފަށާފައިވާ ޣައިރުޤާނޫނީ ޖަރީމާއެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. މި ފަދަ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި، ޔަހޫދީ ފައުޖުން ވަނީ ބަރުހަތިޔާރާއި ގިނަ އަދަދެއްގެ ނިރުބަވެރި ސިފައިން ޣައްޒާ ސިޓީގެ ރަށްބޭރަށް ޖަމާކުރަން ފަށާފައެވެ. އަދި، އަސްކަރީ ޓޭންކުފަހަރު ބޭނުން ކޮށްގެން ޣާންމުން ދިރިއުޅޭ އިމާރާތްތަކަށް ޙަމަލާ ދޭން ފަށާފައެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 61,000އަށްވުރެ މައްޗަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް ޢާންމުންނާއި، މައުސޫމު ކުޑަކުދިންނާއި، ހިނގާބިނގާވެ ނޫޅެވޭ ވަރުގެ އުމޫރުންނެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 142,000އަަށް އުފުލިފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
