
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މިދިޔަ ހަފްތާގެ ތެރޭގައި އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު، ޑޭވިޑް ލެމީ، އެމެރިކާގެ ނައިބު ރައީސް، ޖޭޑީ ވޭންސް ގޮވައިގެން މަސްވެރިކަމަށް ބޭނުންވާ ލައިސެންސް ނެތި މަހަށް ވަޑައިގަތުމުން ޤަވާއިދާ ޚިލާފުވެއްޖެއެވެ. އިނގިރޭސިވިލާތުގެ ޤަވާއިދުތަކުގެ ދަށުން އާއްމު ބިމެއްގައި ވެސް އަމިއްލަ ބިމެއްގައި ވެސް މަސްވެރިކަން ކުރެވޭނީ ޚާއްޞަ ހުއްދައެއް އޮވެގެންނެވެ. ރޮޑް ލައިސެންސް ކިޔައި މި ޙުއްދަ ލެމީ އަތްޕުޅުގައި ނޯންނަވައެވެ. އެ ލައިސެންސް ނެތި މަސްވެރިކަން ކުރުމަކީ 3400 އެމެރިކާ ޑޮލަރުގެ ޢަދަދަކުން ޖޫރިމަނާ ކުރެވޭ ކުށެކެވެ. އިދާރީ މައްސަލައަކާ ގުޅިގެން މި ލައިސެންސް ނެތްކަން ލެމީއަށް އެނގިވަޑައިގަތުމާއެކު އޭނާ ވަނީ ވަގުތުން އެ ލައިސެންސް ހޯއްދަވައިފައެވެ. އަދި ލައިސެންސް ނެތި މަސްވެރިކަން ކުރެވުނު ކަމަށް އިޢުތިރާފުވެވަޑައިގަންނަވާ، އޭނާ ވަނީ އިނގިރޭސިވިލާތުގެ ތިމާވެއްޓާބެހޭ އިދާރާއަށް އެ ކަން އަންގަވައިފައެވެ. އިނގިރޭސިވިލާތުގެ މަސްވެރިކަން ރައްކާތެރިކުރުމަށް އެ އިދާރާއިން ކުރަމުންދާ މަސައްކަތަށް އޭނާ ޝުކުރު ޢަދާކުުރައްވާފައި ވެސް ވެއެވެ.
އިނގިރޭސިވިލާތުގައި މި ފަދަ ޤަވާއިދެއް ޤާއިމުކޮށްފައި ވަނީ އެ ޤައުމުގެ ކޯރުތަކުގައި ދިރިއުޅޭ މަހުގެ އާބާދީ ދަމަހައްޓައި ދެމެހެއްޓެނެވި ގޮތެއްގައި މަސްވެރިކަން ކުރުމުގެ މަޤްސަދުގައެވެ. މަސްވެރިކަންކުރާ އުމުރުން 13 އަހަރުން މަތީގެ ކޮންމެ މީހެއްގެ އަތުގައި މި ލައިސެންސް އޮންނަން ޖެހެއެވެ.
ލެމީއާއި ވޭންސް މަސްދަތުރުގައި ވަޑައިގެންފައި ވަނީ ވޭންސް އިނގިރޭސިވިލާތަށް ކުރައްވަމުން ދިޔަ ދަތުރުފުޅެއްގެ ތެރެއިންނެވެ. އެ ދަތުރުފުޅުގެ ރަސްމީ ޒިންމާތައް ނިންމަވައިލެއްވުމަށް ފަހު ވޭންސް ވަނީ އޭނާގެ ޢާއިލާއާއެކު ޗުއްޓީ ހޭދަ ކުރައްވައިފައެވެ. މަސްދަތުރުގައި ވޭންސްގެ ބައެއް ބޭފުޅުންނަށް ކާމިޔާބުކަމާއެކު މަސް ބޭނިފައިވެއެވެ. ނަމަވެސް ލެމީއަށް މަހެއް ބޭނިފައެއް ނުވެއެވެ. އެ ދަތުރުގައި ބޭނި ހުރިހާ މަހެއް ވަނީ އަލުން އަނބުރާ ކޯރަށް ދޫކޮށްލައިފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
