
(ފޮޓޯ ކްރެޑިޓްްސް: ރޮއިޓާރސް)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރެއްވުމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރު ޒެލެންސްކީ އޮގަސްޓު މަހުގެ 18ވަނަ ދުވަހު ވޮޝިންޓަނަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއްޖެއެވެ. ޓްރަމްޕްއާއި ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ވަނީ އޮގަސްޓު މަހުގެ 15ވަނަ ދުވަހު އެމެރިކާގެ އަލަސްކާގައި ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ މަޝްވަރާތައް ކޮށްފައިވެއެވެ. އެ މަޝްވަރާތަކުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމެއް އެކުލަވާލާފައި ނުވި ނަމަވެސް އެ ބައްދަލުވުމަކީ ކާމިޔާބު މަޝްވަރާތަކެއްގެ ގޮތުގައި ދެ ބޭފުޅުން ވެސް ވަނީ ސިފަކުރައްވައިފައެވެ.
ތިން ގަޑިއިރެއްހާ އިރަށް ދެމިގެން ދިޔަ މި ބައްދަލުވުމަށް ފަހު ޓްރަމްޕް ވަނީ ޒެލެންސްކީއާއި ވިލާތުގެ އަސްކަރީ އިއްތިޙާދާއި ނޭޓޯއާއި ވިލާތުގެ އިސްވެރިންނާ ވާހަކަދައްކަވައިފައެވެ. އެ ކޯލުގައި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސަލާ ވޮން ޑަރ ލެޔެންއާއި ނޭޓޯގެ ސެކެޓްރީ ޖެނެރަލް މާކް ރުހްތޭއާއި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެޚްރޮންއާއި ޖަރުމަނުވިލާތާއި ފިންލެންޑާއި ޕޮލެންޑާއި އިޓަލީވިލާތާއި އިނގިރޭސިވިލާތުގެ އިސްވެރިން ބައިވެެރިވެވަޑައިގެންފައިވެއެވެ. ޓްރަމްޕް އެ ބޭފުޅުންނާ ވާހަކަ ދައްކަވާފައި ވަނީ އަލަސްކާއިން އެނބުރި ވޮޝިންޓަނަށް ވަޑައިގެންނެވި މަގުމަތީގައެވެ. ޒެލެންސްކީ ވިދާޅުވީ 90 މިނެޓަށް ދެމިގެންދިޔަ އެ ފޯނު ކޯލަކީ ދިގު އަދި އޮށްޓަރު ހުރި މަޝްވަރާތައް ކުރިއަށް ދިޔަ ކޯލެއް ކަމަށެވެ. ޒެލެންސްކީ ވިދާޅުވީ އެމެރިކާއާއި ރަޝިޔާއާއި ޔޫކްރެއިން އެއް މޭޒެއްގެ ދޮށުގައި ތިބެ މަޝްވަރާ ކުރުމަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް އޭނާ ތާއީދުކުރައްވާ ކަމަށެވެ. ޔޫކްރެއިންގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގައި ބައިވެރިވުމާ ގުޅޭގޮތުން އެމެރިކާއިން ކޮށްފައިވާ އިޝާރާތްތަކާ ގުޅޭގޮތުން ޓްރަމްޕްއާއެކު މަޝްވަރާކުުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ އިތުރަށް ވިދާޅުވީ ޔޫކްރެއިނުން ބާރުއަޅަނީ މުހިންމު މައްސަލަތަކާ މެދު ތިން ޤައުމުގެ ލީޑަރުންގެ ފެންވަރުގައި މަޝްވަރާތައް ކުރުމަށް ކަމަށާއި، ތިން ޤައުމުން އެކުގައި ކުރާ މަޝްވަރާތަކުގައި އެ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމަކީ އެ މަޝްވަރާތައް ކުރުމަށް އެންމެ އެކަށީގެންވާ ގޮތް ކަމަށެވެ. އަންނަ ހޯމަ ދުވަހު ޓްރަމްޕްއާ ބައްދަލުކުރައްވާނެ ކަމަށާއި ލޭއޮޮރުވުންތަކާއި ހަނގުރާމަ ހުއްޓުމާ ގުޅޭ ތަފްސީލީ މަޝްވަރާތައް އެ ބައްދަލުވުމުގައި ކުރިއަށް ގެންދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
އެނގިފައިވާ ގޮތުގައި ޒެލެންސްކީއާއި ވިލާތުގެ އިސްވެރިންނާއެކު ޓްރަމްޕް ކުރެއްވި ފޯނު ކޯލުގައި ޙަމަލާތައް ހުއްޓައިލުމަށް ޕުޓިންގެ ޝައުޤުވެރިކަމެއް ނެތް ކަމަށާއި ޕުޓިން ބޭނުންވެވަޑައިގަންނަވަނީ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ވަށާޖެހޭ އެއްބަސްވުމެއް ޤާއިމް ކުރުމަށް ކަމަށް ޓްރަމްޕް ވިދާޅުވެފައިވެއެވެ. އަދި އަވަސް ގޮތަކަށް ޤާއިމް ކުރެވޭ ސުލްޙައިގެ އެއްބަސްވުމެއް ވަގުތީ ގޮތުން ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށްވުރެ ރަނގަޅު ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށްވެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
