
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވުމަށް ޒަޔަނިސްޓު ދައުލަތުން ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، ޣައިރުޤާނޫނީ ނިންމުމެއް ކަމުގައި ބުނެ، އެކުވެރި ދައުލަތްތައް (އދ)ގެ އިންސާނީ ޙައްޤުތަކާ ބެހޭ ސަފީރުގެ އޮފީސް (އޯއެޗްސީއެޗްއާރު)ން އެ ކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ. އިތުރު ޔަހޫދީން ވަޒަންވެރި ކުރުވުމަށް ޒަޔަނިސްޓު ސަރުކާރުން ނިންމާފައި ވަނީ ހުޅަނގު އައްސޭރީގެ ޤުދުސްގެ ބޭރުން އޮތް މައަލޭ އަދުމީމްގެ ނަން ދީފައިވާ ސަރަޙައްދުގައެވެ. ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސް އޮތް ސަރަޙައްދުގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ގޮތުން ހިންގުމަށް ޒަޔަނިސްޓު ސަރުކާރުން ނިންމާފައިވާ މަޝްރޫޢަށް ދީފައިވާ ނަމަކީ ‘އީ1’އެވެ. އެ ކަން އިޢުލާނު ކޮށްފައި ވަނީ ޔަހޫދީންގެ ހައްދުފަހަނަ އެޅި މާލީ ވަޒީރު ބިޓްޒަލްއެލް ސްމުތުރީޗެވެ. އޭނާއަކީ ޔަހޫދީން ފޭރިގަނެފައިވާ ފަލަސްޠީނުގެ ބިމެއް ކަމުގައިވާ މައަލޭ އަދުމީމްގައި ދިރިއުޅޭ ޖައްބާރު (ނުބައި ނުލަފާ) ޔަހޫދީއެކެވެ. އޭނާ ބުނީ، އީ1 ސަރަޙައްދުގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ސިޔާދަތީ މިނިވަން ކަމާ އެކު، މިނިވަން ދައުލަތެއްގައި ދިރިއުޅުމުގެ ޙައްޤުން ފަލަސްޠީނުގެ ރައްޔިތުން މަޙްރޫމު ކުރުވައި، އެ ޙައްޤު ނިގުޅައިގަތުމުގެ ގޮތުން ހިންގާ މަޝްރޫޢެއް ކަމުގައެވެ.
އޯއެޗްސީއެޗްއާރްގެ ތަރުޖަމާނު ބުނީ، އީ1 މަޝްރޫޢުގެ ނަމުގައި ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ ސަރުކާރުން ހިންގުމަށް ނިންމާފައިވާ މަޝްރޫޢަކީ ހަނގުރާމައިގެ ކުށެއް ކަމުގައެވެ. އަދި، އެ މަޝްރޫޢާ އެކު ހުޅަނގު އައްސޭރިއާއި މައަލޭ އަދުމީމް ސަރަޙައްދުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް އަމިއްލަ ވަޒަން ދޫކޮށް އެހެން ސަރަޙައްދުތަކަށް ހިޖުރަކުރަން މަޖުބޫރުވެގެންދާނެ ކަމަށާއި، އެ މީހުންގެ ގެދޮރު ގެއްލޭނެ ކަމުގައެވެ. ޔަހޫދީންގެ ރޭވުމާ އެކު، ހުޅަނގު އައްސޭރީގައި ދިރިއުޅޭ ރައްޔިތުން ވަކިވަކި ސަރަޙައްދުތަކަށް ބެހިގެންދާނެ ކަމަށާއި، އިސްތިޢުމާރު ކޮށްފައިވާ ބިމެއްގައި ދިރިއުޅޭ ރައްޔިތަކު އިސްތިޢުމާރީ ބާރަކުން އެހެން ސަރަޙައްދަކަށް ބަދަލުވުމަށް މަޖުބޫރު ކުރުވުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާއެއް ކަމުގައި ވެސް ތަރުޖަމާނު ބުންޏެވެ.
އީ1 މަޝްރޫޢުގެ ހިންގުމަށް ހަމަޖައްސާފައި އޮތީ 1,214 ހެކްޓަރުގެ ބިމެއްގައެވެ. އެއީ، ޔަހޫދީން ފޭރިގަނެފައިވާ ފަލަސްޠީނުގެ ބިމެކެވެ. އެ ސަރަޙައްދުގައި ޔަހޫދީން ވަޒަންވެރި ކުުރުވުމަށް 4,000 ހައުސިންގ ޔުނިޓު އެޅުމަށް ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ނަތަންޔާހޫ އޮތީ ނިންމާފައެވެ. މީގެ އިތުރުން އެ ސަރަޙައްދުގައި ހޮޓަލަކާއި މަގުތައް ތަރައްޤީ ކުރުމަށް ވެސް އަނިޔާވެރި ނަތަންޔާހޫ ހިމަނާފައިވެއެވެ. ހުޅަނގު އައްސޭރީގެ އިތުރުން ޣައްޒާގައި ފަލަސްޠީނުގެ ދައުލަތެއް ބިނާ ކޮށްދިނުމަށް އެދި ފަލަސްޠީނުގެ ރައްޔިތުން ދަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އާދޭސް ކުރަމުންނެވެ. އެ ކަމަށް ހުރަސް އަޅަމުން ދަނީ ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު ބައިވެރިޔާ އަދި މަދަދުގާރު، އެމެރިކާއިންނެވެ. ހުޅަނގު އައްސޭރީގައި މިހާރު ވެސް 500,000އެއްހާ ޔަހޫދީން ދިރިއުޅެއެވެ. އަދި، އިރުމަތީ ޤުދުސްގައި ވަޒަންވެރިވެފައިވާ ޔަހޫދީންގެ އަދަދު 220,000އަށް އަރައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
