
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނާއި ޢަރަބި ޤައުމުތަކުގެ ބިންތަކަށް އަތްގަދަ ކުރުމަށް ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ޢިޢުލާނު ކުރި ‘ވިޜަން އޮފް ގްރެއިޓަރ އިސްރާއީލް’ގެ ނަން ދީފައިވާ ތަސައްވުރު، ޢަރަބި އަދި އިސްލާމީ ދުނިޔެއާއި ބައިނަލްއަޤްވާމީ އިސްލާމީ ޖަމުޢިއްޔާތަކުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ. ފަލަސްޠީނުގެ މިިނިވަން ކަން ކަށަވަރު ކޮށްދިނުމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމަށް ގޮވައިލައި ނެރެފައިވާ ބަޔާނުގައި ޢަރަބި އަދި އިސްލާމީ 31 ޤައުމެއްގެ ޚާރިޖީ ވަޒީރުން ސޮއި ކުރައްވާފައިވެއެވެ. އަދި، އެ ބަޔާނުގައި ބައިވެރިވެފައިވާ އިސްލާމީ ޖަމުޢިއްޔާތަކުގެ ތެރޭގައި ޢަރަބި ލީގާއި، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިތުރުން ގަލް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ހިމެނެއެވެ.
ޒަޔަނިސްޓު ނަތަންޔާހޫގެ ހުށަހެޅުން ކުށްވެރިކޮށް ޢަރަބި އަދި އިސްލާމީ ދުނިޔެއިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އޭނާގެ ހުށަހެޅުމުގެ ސަބަބުން ޢަރަބި ޤައުމުތަކުގެ ޤައުމީ ސަލާމަތަށާއި، ސިޔާދަތީ މިިނިވަން ކަމަށް ނުރައްކާ ވާނެ ކަމަށާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސުލްޙައާއި ހަމަޖެހުން ގެއްލިގެން ދާނެ ކަމުގައެވެ. އަދި، ޖައްބާރު (ނުބައި ނުލަފާ) ނަތަންުޔާހޫގެ ހުށަހެޅުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ހުށަހެޅުމެއް ކަމަށް ބުނެ، އެއީ ސުލްޙަވެރި ބައިނަލްއަޤްވާމީ ގުޅުންތަކަށް އޮތް ނުރައްކަލެއްގެ ގޮތުގައި ވެސް އެ ބަޔާނުގައި ސިފަ ކޮށްފައިވެއެވެ. މީގެ އިތުރުން، ޔަހޫދީން ފޭރިގަނެފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވުމުގެ ގޮތުން ‘އީ1’ގެ ނަން ދީފައިވާ މަޝްރޫޢެއް ހިންގުމަށް ނިންމާފައިވާ ކަން ޔަހޫދީ ސަރުކާރުގެ ހައްދުފަހަނަ އެޅި މާލީ ވަޒީރު ބިޓްޒަލްއެލް ސްމުތުރީޗު އިޢުލާނު ކުރުމުން، ޢަރަބި އަދި އިސްލާމީ ދުނިިޔެއިން ވަނީ އެ ކަމަށް ވެސް ރައްދުދީ، އެ ކަން ވެސް ކުށްވެރި ކޮށްފައެވެ. ޢަރަބި އަދި އިސްލާމީ ދުނިޔޭގެ ބަޔާނުގައި ބުނެފައި ވަނީ އީ1 މަޝްރޫޢަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު މަޝްރޫޢެއް ކަމުގައެވެ. އަދި، އެ މަޝްރޫޢާ އެކު މިނިވަން ދައުލަތެއްގައި ދިރިއުޅުމުގެ ޙައްޤު ފަލަސްޠީނުގެ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިގެން ދާނެ ކަމަށް ބުނެ، އީ1 މަޝްރޫޢު ވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައިވެއެވެ. ފަލަސްޠީނުގެ ބިންތަކަށް ސިޔާދަތީ ބާރުވެރިކަން ފޯރުވުމުގެ އެއްވެސް ޙައްޤެއް ޒަޔަނިސްޓު އިސްރާއީލަށް ލިބިގެން ނުވާ ކަމުގައި ވެސް އެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ޣައިރުޤާނޫނީ ޖަރީމާއެއް ކަމުގައި ކަނޑައަޅައި، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭން) ނެރެފައިވާ އިސްތިރާޖީ ލަފާ ވެސް ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ބަޔާނުގައި ތަކުރާރު ކޮށްފައިވެއެވެ. އަދި، ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުން ހުއްޓައިލައި، މިހާރު ވެރިވެގަނެފައިވާ ބިންތަކުގެ ރައްޔިތުންނަށް ބަދަލު ނަގައިދިނުމަށް ވެސް އެ ޤައުމުތަކާއި ޖަމުޢިއްޔާތަކުން ގޮވައިލާފައިވެއެވެ. މީގެ އިތުރުން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ވެސް ޢަރަބި އަދި އިސްލާމީ ދުނިޔެއިން ވަނީ ކުށްވެރި ކޮށްފައެވެ. އަދި، ޣައްޒާ ޢުދުވާން ވަގުތުން ހުއްޓައިލައި، އެ ސަހަރުގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ މީހުން ހައިހޫނުގައި ޖެއްސުމަށް ހިންގަމުންދާ ލާއިންސާނީ ޖާރީމާ ނިމުމަކަށް ގެނައުމަށާއި، އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީ އެތެރެ ކުރުމަށް ކުރިމަތި ކުރުވާފައިވާ ހުރަސްތައް ވަގުތުން ނައްތައިލުމަށް ވެސް ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ އިތުރުން އިސްލާމީ ޖަމުޢިއްޔާތަކުން ވަނީ ގޮވައިލާފައެވެ.
މީގެ އިތުރުން ޣައްޒާއަކީ ފަލަސްޠީނުގެ ބިމެއް ކަން ފާހަގަކޮށް، ހުޅަނގު އައްސޭރިއެކޭ އެއް ފަދައިން އެ ބިމުގައި ވެރިކަން ހިންގުމުގެ ބާރު ފަލަސްޠީނުގެ ރައްޔިތުންނާ ޙަވާލު ކުރުމަށް ވެސް ޢަރަބި އަދި އިސްލާމީ ދުނިޔެއިން ގޮވައިލާފައިވެއެވެ. އަދި، ޔަހޫދީ އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމާއި ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް އެ ޤައުމުތަކުން ވަނީ އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހުގެ މެންބަރު ޤައުމުތަކުގެ އިތުރުން ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއަށް ވެސް ގޮވައިލާފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
