
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ދެކުނު ސޫދާނުގައި ވަޒަންވެރިކުރުވުމަށް ޔަހޫދީން އެ ޤައުމާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ. ކަމާބެހޭ މަޢުލޫމާތު އެނގޭ ތިން މަސްދަރަކުން ބުނީ މަޝްވަރާތައް ކުރިއަށް ދިޔަ ނަމަ ވެސް އަދި މިހާތަނަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައި ނުވާ ކަމަށެވެ. ދެކުނު ސޫދާނަކީ ސިޔާސީ އަދި ނަސްލީ އަރައިރުންތަކުގެ ސަބަބުން ހަމަޖެހުން ގެއްލި ހަލަބޮލިކަން އުފެދިފައިވާ އޮންނަތާ އެތައް އަހަރެއްވެފައިވާ ޤައުމެކެވެ. އެނގިފައިވާ ގޮތުގައި މި ޚިޔާލު ފުރަތަމަ ހުށަހަޅާފައި ވަނީ ދެކުނު ސޫދާންގެ ޚާރިޖީ ވަޒީރު، މަންޑޭ ސެމާޔާ ކުންބާ، މިދިޔަ މަހުގެ ތެރޭގައި ޔަހޫދީ ދައުލަތަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިންނެވެ. ޔަހޫދީންގެ ރޭވުމުގެ ދަށުން، 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދެމުންދާ ޢުދުވަނީ ޙަމަލާތަކުގައި ސުންނާފަތިވެފައިވާ ޣައްޒާގެ ރައްޔުތިން އެ ޤައުމަށް ގެންގޮސް، އެ ޤައުމުގައި ވަޒަންވެރިކުރުވާނެއެވެ.
ނަމަވެސް މި ރޭވުން ބަލައި ނުގަންނާނެ ކަމަށް ފަލަސްޠީނުގެ އިސްވެރިން ދަނީ ބުނަމުންނެވެ. މި ފަދަ ނިންމުމެއް ނިންމައިފި ނަމަ އެއީ 1948ވަނަ އަހަރު ފަލަސްޠީނުގެ ރައްޔިތުން އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުކުރި ނަކްބާއާ އެއްފަދަ ކަމެއްގެ ގޮތުގައި އެ ބޭފުޅުން ވަނީ ސިފަކުރައްވައިފައެވެ. ދެކުނު ސޫދާނުގެ ޚާރިޖީ ވުޒާރާއިން ބުނީ އެ ޤައުމާއި ޔަހޫދީންނާ ދެމެދު މަޝްވަރާތައް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
