
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ޕާކިސްތާނުގައި ފެން ބޮޑުވެ، 200އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި ގުގުރައިވިދައި، ފެން ބޮޑުވުމާއި ހޮނު އެޅުމުގެ ހާދިޘާތައް ދަނީ ކުރިމަތިވަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފެން ބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސުގައި އިމާރާތްތަައް ވެއްޓުމުގެ ހާދިޘާތައް ވެސް ކުރިމަރިވެފައިވެއެވެ. އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވި ހެލިކޮޕްޓަރެއް ވެސް ވެއްޓިފައިވެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތައް ލިބިފައި ވަނީ ޕާކިސްތާނުގެ ބުނާ ސަރަޙައްދަށެވެ. ފެންބޮޑުވުމާއި ބޯ ވާރޭގެ ސަަބަބުން އެ ސަރަޙައްދުން 100 މީހުން މަރުވެފައިވާ ކަމަށް އެ ސަރަޙައްދުގެ ޕްރޮވިންޝަލް ޗީފް ސެކެޓްރީ، ޝަހަބް ޢަލީ ޝާހު ވިދާޅުވިއެވެ.
ވެއްޓުނު ހެލިކޮޕްޓަރަކީ ފެން ބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގެ ބަޖައުރުގައި ޙާލުގައި ޖެހިފައިވާ ބަޔަކަށް ސާމާނު ހިފަިއގެން ދަތުރުކުރަމުން ދިޔަ އުޅަނދެކެވެ. އެ ހެލިކޮޕްޓަރުގައި ތިބި ފަސް ފަޅުވެރިން ވަނީ މަރުވެފައެވެ. ޕާކިސްތާނުގެ ސުވަތުގަައި ވެސް، އެ ސަރަޙައްދުގައި ހުރި ކޯރުތަކުގައި ފެން ގިނަވަމުންދާތީ 2،000އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައެވެ.
ފަހުގެ ހަފްތާތަކުގައި އާދަޔާ ޚިލާފަށް ވާރޭ ވެހުމާއި ފެންބޮޑުވުމުގެ ސަބަބުން ޕާކިސްތާނުގައި އެތައް ސަތޭކަ ބަޔަކު މަރުވެފައިވެއެވެ. މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ޤައުމުގެ ޙާލަތު ބެއްލެވުމަށް ކުއްލި ބައްދަލުވުމެއް ބާއްވަވައިފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
