
ލުބުނާނުގެ ސަރުކާރުން ޙިޒްބުاللهއާ ދެކޮޅަށް ކުރިމަތިލިމަކަށް ދާން ނިންމައިފި ނަމަ ނުވަތަ އެ ޖަމާޢަތް ނައްތާލަން މަސައްކަތްކުރާ ނަމަ، ލުބުނާނުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެ ކަމަށް ޙިޒްބުاللهން އިޝާރާތްކޮށްފިއެވެ. މިދިޔަ އަހަރުގެ ތެރޭގައި ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ވަރުގަދަ ހަނގުރާމައެއް ކޮށްފައިވެއެވެ. އެ ހަނގުރާމަ ނިމުމަކަށް އައީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމެރިކާ މެދުވެރިވެ ޤާއިމުކުރި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ޔަހޫދީ ފައުޖު ލުބުނާނުން ފޭބުމަށާއި ޙިޒްބުاللهގެ ހަނގުރާމަވެރިން ލިތާނީ ކޯރުގެ އުތުރަށް ބަދަލުކުރުމަށް ޝަރުތުކޮށްފައިވެއެވެ. އެ އެއްބަސްވުމުގެ ދަށުން ލުބުނާނުގެ ސަރުކާރުން ދަނީ އެ ޤައުމުގައި ގެންގުޅޭ ހަތިޔާރު ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް މަަސައްކަތްކުރަމުންނެވެ. ޙިޒްބުاللهން ހަތިޔާރު ބެހެއްޓުމަށް ސަރުކާރުން ބާރުއެޅި ނަމަވެސް އެ ޖަމާޢަތުން ދަނީ އެ ކަމަށް ދެކޮޅު ހަދަމުންނެވެ. ޙިޒްބުاللهން ބުނީ އެ ޖަމާޢަތުން އެ ގޮތަށް ޢަމަލުކުރާނީ އެއްބަސްވުމާ އެއްގޮތަށް ޔަހޫދީން ލުބުނާނަށް ޙަމަލާދިނުން ހުއްޓާލައި ލުބުނާނުގެ ދެކުނުގެ ސަރަޙައްދުތަކުގައި ތިބި ޔަހޫދީ ސިފައިން އެ ސަރަޙައްދު ދޫކޮށް ދިޔުމުން ކަމަށެވެ.
ޙިޒްބުاللهގެ އިސްވެރިޔާ، ނަޢީމް ޤާސިމް ޓީވީ މެދުވެރިކުރައްވާ ދެއްވި ޙިޠާބެއްގައި ވިދާޅުވީ ޤައުމު ދެމި އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި ޤައުމުގެ ރައްޔިތުން އެކުގައި ދިރިއުޅެމުން ދަނީ ކަރާމާތާ އެކުގައި ކަމަށެވެ. ޤައުމުގެ އިސްތިޤްލާލު ބިނާކޮށް ޤާއިމްކުރަނީ ވެސް އެކުގައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެ ނޫން ގޮތަކަށް ޢަމަލުކުރާނަމަ އަދި ސަރުކާރުން ވަކިވެގަނެ ޙިޒްބުاللهއާ ކުރިމަތިލާނަމަ ލުބުނާނުގައި ދިރުމެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައި ޔަހޫދީން ޙިޒްބުاللهއަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކުގައި އެ ޖަމާޢަތުގެ ގިނަ ޢަދަދެއްގެ އިސްވެރިން ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި އެ ޖަމާޢަތުގެ ކުރީގެ އިސްވެރިޔާ ޙަސަން ނަސްރުاللهއާއި ޙިޒްބުاللهއަށް ނިޞްބަތްވާ 5،000އެއްހާ މުޖާހިދުން ހިމެނެއެވެ. އެ ޙަމަލާތަކުގެ ސަބަބުން ޙިޒްބުاللهގެ ހަތިޔާރަށް ބޮޑެތި ގެއްލުންތައް ލިބި، ހަތިޔާރު ހުނި މިންވަރު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ލުބުނާނުގެ ވަޒީރުންގެ މަޖިލީހުން ވަނީ ލުބުނާނުގައި ހަތިޔާރު ގެންގުޅެނީ ހަމައެކަނި ދައުލަތުގެ ސަލާމަތީ ބާރުތަކުންކަން ކަށަވަރުކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއަށް އަންގާފައެވެ. އެ އެންގުމުގެ ސަބަބުން ޙިޒްބުاللهން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ޤާސިމް ވަނީ ލުބުނާނުގެ ސަރުކާރުން އެމެރިކާއާއި އިސްރާއީލުގެ އަމުރެއް ތަންފީޒުކޮށް، އޭގެ ސަބަބުން ޤައުމުގައި ދާޚިލީ ހަނގުރާމައެއް ފެށި ހަމަޖެހުން ގެއްލުނު ނަމަވެސް އެ އަމުރާ ދެކޮޅު ހަދާ ފަރާތްތައް ނައްތާލުމަށް މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
ޤާސިމްގެ އިތުރަށް ވިދާޅުވީ ޙިޒްބުاللهއާއި އެ ޖަމާޢަތާ ގުޅުންހުރި ޢަމަލް ޙަރަކާތުން ބޭއްވުމަށް ރާވަމުންދާ އެއްވުންތައް ފަސްކުރުމަށް މި ވަގުތަށް ނިންމާފައިވާ ކަމަށެވެ. އަދިވެސް މައްސަލައާމެދު މަޝްވަރާކޮށް ބަދަލުތައް ގެނެސް، ސިޔާސީ ޙައްލެއް ހޯދުމަށް ފުރުޞަތު އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފަދަ ޙައްލެއް ނުހޯދައިފި ނަމަ ކަންކަން ގޯސްވެ، ކުރިމަތިލުމަކާ ހަމައަށް ދިޔުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ޙިޒްބުاللهން ސަރުކާރުގެ ސަލާމަތީ ބާރުތަކާ ކުރިމަތިލުމަށް ސަރުކާރުން މަޖުބޫރުކުރާ ނަމަ އެ ޖަމާޢަތަށް އިތުރު ގޮތެއް ނޯންނާނެ ކަމަށާއި އެ ހިސާބުން މަގުތަކަށް ނިކުމެ މުޒާހަރާ ކުރާނެ ކަމަށް އޭނާ ވިދާޅުވެފައިވެެއެވެ. އެ މުޒާހަރާތައް ލުބުނާނުގައި ހުންނަ އެމެރިކާގެ އެމްބަސީއާ ހަމައަށް ފޯރާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
