
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ކުއްލި ގޮތަކަށް ޔަހޫދީންގެ އަނިޔާވެރި ވަޒީރު އިތަމާ ބެން ގަވީރް ޖަލުގައި ހުންނެވި ފަލަސްޠީނުގެ މުޖާހިދު މަރްވާން ބަރްޣޫތީ ގާތަށް ގޮސް، ފަލަސްޠީނުގެ ރައްޔިތުން ނިކަމެތިކޮށްލާނެ ކަމަށް ބުނެ އިހާނެތި ބަސްތައް ރައްދުކޮށްފިއެވެ. އޭނާ ބަރްޣޫތީ ގާތަށް ގޮސް މި މޭރުމުން ވާހަކަ ދައްކާފައި ވަނީ އިޒްރޭލާ އެކު ފަލަސްޠީނުގެ ވެސް މިނިވަން ދައުލަތެއް އޮންނަ ސިޔާސަތު ޤާއިމް ކުރުމަށް ކުރެވޭ އުއްމީދު ވަޅުލާނެ ކަމަށް ޔަހޫދީންގެ ހައްދުފަހަނަ އަޅާފައިވާ އެހެން ވަޒީރެއް އޭގެ އެއް ދުވަސް ކުރިން ބުނެފައި ވަނިކޮށެވެ. ބެން ގަވީރު ބަރްޣޫތީއަށް އިހާނެތި ބަސްތައް ރައްދުކުރާ މަންޒަރު ފެންނަ ވީޑިޔޯއެއް، އޭނާ ވަނީ އެކްސްގައި ޙިއްޞާކޮށްފައެވެ. އެ މަންޒަރުތަކާ ގުޅޭގޮތުން ފަލަސްްޠީނިއަން އޮތޯރިޓީން ބުނީ ބެން ގަވީރުގެ ބަސްތަކަކީ ބަރްޣޫތީއަށް ދީފައިވާ ސީދާ އިންޒާރެއް ކަމަށެވެ. ފަަލަސްޠީނިއަން އޮތޯރިޓީން ބުނީ ބަރްޣޫތީ ގާތަށް ގޮސް ދީފައިވާ އިންޒާރުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ބަރްޣޫތީ އަކީ ފަލަސްޠީނިއަން އޮތޯރިޓީ ހިންގާ ފަތަޙް ޖަމާޢަތުގެ އިސް މެންބަރެކެވެ. ޔަހޫދީން ބަރްޣޫތީ ހައްޔަރުކޮށްފައި ވަނީ 2004ވަނަ އަހަރުގެ ތެރޭގައެވެ. އެއީ ދެވަނަ އިންތިފާދާގެ ދުވަސްވަރު ޙަމަލާތައް ދިނުމުގައި އޭނާ ބައިވެރިވެވަޑައިގެންނެވި ކަމުގެ ތުހުމަތުގައެވެ. އޭނާ މި ތުހުމަތުުތައް ދޮގުކުރައްވައެވެ. ބަރްޣޫތީއަށް ތާއީދުކުރާ މީހުން ޤަބޫލުކުރާ ގޮތުގައި ފަލަސްޠީނުގެ ރައީސްގެ މަޤާމާ ދެން ޙަވާލުވެވަޑައިގަންނަވާނީ ބަަރްޣޫތީއެވެ. ފަލަސްޠީނުގެ ބައިބައިވެފައިވާ ސިޔާސީ މަސްރަހު އަލުން އެކަތިގަނޑަކަށް ހެދޭނީ އޭނާއަށް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
2005ވަނަ އަހަރުން ފެށިގެން ފަލަސްޠީނިއަން އޮތޯރިޓީގެ އިންތިޚާބެއް ބާއްވާފައެއް ނުވެއެވެ. ފަަލަސްޠީނިއަން ސެންޓަރ ފޮރ ޕޮލިސީ އެންޑް ސަރވޭ ރިސަރޗުން މިދިޔަ މެއި މަހު ޝާއިރުކުރި ޕޯލްއެއްގެ ނަތީޖާއިން ދެއްކި ގޮތުގައި ފަލަސްޠީނުގެ މިހާރުގެ ރައީސް މަޙްމޫދު ޢައްބާސްއާއި ޙަމާސްގެ ކުރީގެ އިސްވެރިޔާ ޚާލިދު މިޝްޢަލްއާއި ބަރްޣޫތީ ވާދަކުރައްވާ އިންތިޚާބެއްގައި ވޯޓުގެ 50 އިންސައްތަ ބަރްޣޫތީ ހޯއްދަވާނެ ކަމަށް ބެލެވެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
