
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އިންޑިޔާގެ ބާރުގެ ދަށުގައި އޮތް ކަޝްމީރަށް ބޯކޮށް ވާރޭ ވެހި، ހިނގި ހާދިސާތަކުގައި 46 މީހުން މަރުވެއްޖެއެވެ. މިއީ، ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކަޝްމީރަށް ކުއްލި ގޮތަކަށް ބޯކޮށް ވާރޭ ވެހިފައިވާ ދެވަނަ ފަހަރެވެ. ފެންބޮޑުވުމާ ގުޅިގެން ވީނުވީއެއް ނޭނގި 200އެއްހާ މީހުން ގެއްލިފައިވާ ކަމުގައި ކަޝްމީރުގެ އޮފިޝަލުން ބުންޏެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ކިޝްތަވާރު ސަރަޙައްދުގެ ޗެއިސޯތީ އަވަށެވެ. އެއީ، ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ މަގެއްގައި އޮންނަ އަވަށެކެވެ. މި ހަފުތާގެ ކުރީކޮޅު އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ގިނަ ސަރަޙައްދުތަކެއްގައި ފެންބޮޑުވެ، ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގިއެވެ.
ފެންބޮޑުވުމާ ގުޅިގެން އެ ސަރަޙައްދުގައި ހުރި ޢާންމު ބަދިގެއަކާއި ސަލާމަތީ ޕޯސްޓެއް ފެންގަނޑުގެ އޮޔާ އެކު ދަމައިގެން ގޮސްފައިވާ ކަމުގައި އޮފިޝަލުން ބުންޏެެވެ. “އެ ސަރަޙައްދަށް ކުއްލި ގޮތަކަށް ބޯކޮށް ވާރޭ ވެހެން ފަށާފައި ވަނީ ގިނަ އަދަދެއްގެ ދަތުރުވެރިންތަކެއް މެންދުރުގެ ކެއުމަށް އިންސާފު ކުރަމުން ދިޔަ ވަގުތު، ފެންގަނޑުގެ ބާރާ އެކު އެ އެންމެން ވަނީ އޮޔާ ގެންގޮސްފައި،” ނަން ހާމަކޮށްފައި ނުވާ އޮފިޝަލް ބުންޏެވެ. ޖައްމޫ އަދި ކަޝްމީރު ސަރަޙައްދުގެ ޗީފް މިނިސްޓަރު ޢުމަރު ޢަބްދުالله ވަނީ ފެންބޮޑުވުމާ ގުޅިގެން 46 މީހުން މަރުވެ، 200އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަން ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، މި ހިތާމަވެރި ހާދިސާއާ ގުޅޭ ގޮތުން މިހާތަނަށް ލިބިފައިވާ މަޢުލޫމާތު ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. އަދި، މަރުވެފައިވާ މީހުންނާއި ގެއްލިފައިވާ މީހުންނާ ގުޅޭ އިތުރު މަޢުލޫމާތު ލިބެމުންދާ ކަމުގައެވެ.
މި ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެ މަސައްކަތުގައި ކާރިސާތަކާ ގުޅޭ އިދާރާތަކުގެ ގިނަ އަދަދެއްގެ އޮފިޝަލުން މިހާރު ހަރަކާތްތެރިވަމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. “އަސްކަރިއްޔާއާއި ވައިގެ ސިފައިންގެ ޓީމުތައް ވެސް މިހާރު ވަނީ ރުކުރުވައިލާފައި، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ވެސް ފެށިއްޖެ،” ކިޝްތަވާރު ސަރަޙައްދުގެ ކޮމިޝަނަރު ރަމޭޝް ކުމާރް ވިދާޅުވިއެވެ. އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ކިޝްތަވާރު ސަރަޙައްދަށް އެންމެ އެއް ގަޑިއިރުގެ ތެރޭގައި 100 މިލިމީޓަރުގެ ވާރޭ ވެހުނު ކަމުގައެވެ. އަދި، އެއާ އެކު ބޮޑު ސަރަޙައްދެއްގައި ކުއްލި ގޮތަކަށް ފެންބޮޑުވެ، ގިނަ ސަރަޙައްދުތަކެއްގެ ބިންގަނޑު ކެނޑިފައިވާ ކަމުގައެވެ. މިއީ، ކިޝްތަވާރުގެ ފަރުބަދަ މަތީ ސަރަޙައްދުތަކުގައި ވިއްސާރަ މޫސުމުގައި ޢާންމު ގޮތެއްގައި ކުރިމަތިވާ ކާރިސާއެކެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
