
(ފޮޓޯ ކްރެޑީޓްސް: ރޮއިޓާރސް)
ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ރަޝިޔާއިން ކާމިޔާބުކޮށްފައިވާ ކަމަށް ހަންގޭރީގެ ބޮޑުވަޒީރު ވިކްޓޯރް އޮރްބާން ވިދާޅުވެއްޖެއެވެ. ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު މުހިންމު ބައްދަލުވުމެއް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާއިރު، ރަޝިޔާއަށް އަބަދުވެސް ތާޢީދުކުރައްވާ އޮރްބާން ވިދާޅުވީ، ވިލާތުގެ އިއްތިހާދު، އީޔޫގެ ޤައުމުތަކުން ވާހަކަ ދައްކަމުންދަނީ މިއި އަދިވެސް ކުރެވެމުންދާ ހަނގުރާމައެއްގެ މޭރުމަކުން ކަމަށެވެ. ނަމަވެސް، މި ހަނގުރާމައިގައި ރަޝިޔާއަށް މިހާރު ވެސް ކާމިޔާބު ކުރެވިފައިވާ ކަމަށް އޮރްބާން ވިދާޅުވިއެވެ.
ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން 2022 ވަނަ އަހަރު ހަނގުރާމަ ފެށިފަހުން، ރަޝިޔާއަށް ތާޢީދުކޮށް، ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ދެކޮޅު ހަދަމުންދާތީ، އީޔޫގެ އެހެން ވެރިންގެ ފާޑުކިޔުން އޮރްބާންގެ ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ހަންގޭރީއަށް ބޭނުންވާ ހަކަތައިގެ ބޮޑު އިންސައްތައެއް ރަޝިޔާއިން ފޯރުކޮށްދެމުންދާއިރު، ޔުކްރެއިނަށް އީޔޫގެ މެމްބަރުކަން ދިނުމާމެދު ވެސް އޮރްބާން އިސްވެ ވަނީ ފާޅުގައި ދެކޮޅު ހައްދަވައިފައެވެ. ޔޫކްރެއިންގެ އިތުރުން އެ ޤައުމަށް ވާގިވެރިވާ ވިލާތުގެ ބާރުތަކުން ޤަބޫލު ކުރާ ގޮތުގައި، ޕުޓިންއާއި ޓްރަމްޕްގެ ބައްދަލުވުމުގައި ޔޫކްރެއިންގެ ބިމުން ބަޔެއް ރަޝިޔާއަށް ދޫކޮށްލުމަށް ޔޫކްރެއިނަށް މަޖުބޫރު ކުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި އެ ޤައުމުތަކުން ދަނީ ބުނަމުންނެވެ.
އެކަމާ ގުޅިގެން އީޔޫގެ ބޮޑެތި ބައެއް ޤައުމުތަކުން ގުޅިގެން ނެރުނު ބަޔާނުގައި ވެސް ހަންގޭރީން ބައިވެރިވެވަފައެއް ނުވެއެވެ. އޮރްބާން ވިދާޅުވި ގޮތުގައި، އެމެރިކާގެ ކުރީގެ ޖޯ ބައިޑެންގެ ވެރިކަމުގައި ޕުޓިންއާ އެކު އީޔޫން މަޝްވަރާކުރުމުގެ ފުރުޞަތު ލިބުނު ކަމަށާއި، ނަމަވެސް އެ ފުރުޞަތު ގެއްލުވާލާފައިވާ ކަމަށެވެ. އެހެންކަމުން، އެމެރިކާ އާއި ރަޝީޔާގެ ވެރިން އަންނަ ހުކުރު ދުވަހު ބާއްވާ ބައްދަލުވުމަށް އެއްޗެއް ބުނުމުގެ ފުރުޞަތެއް އީޔޫގެ ޤައުމުތަކަށް ނޯންނާނެކަމަށް ވެސް އޮރްބާން ވިދާޅުވިއެވެ.
ޕުޓިންއާއި ޓްރަމްޕާ ދެމެދު މުހިންމު ބައްދަލުވުމެއް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާއިރު، އެ ދެ ބޭފުޅުން އެންމެ ފަހުން ބައްދަލު ކުރައްވާފައި ވަނީ 2021ވަނަ އަހަރުއެވެ. ޓްރަމްޕް ސަރުކާރުގެ މަޞްދަރުތަކުން ބުނީ، އެލެސްކާގައި ދެ ބޭފުޅުންގެ ދެމެދުގައި ބާއްވާ ބައްދަލުވުމުގައި ހަނގުރާމަ ނިމުމަކަށް ގެނައުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިގެން ދިޔުމުގެ ފުރުޞަތު ހަނި ކަމުގައެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ދެ ފަރާތުން ވެސް އަނެއް ފަރާތުގެ ހުށަހެޅުންތައް އަޑު އަހާނެ ކަމުގައި އެ މަޞްދަރުތަކުން ބުންޏެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، އެލެސްކާ ސަމިޓުގައި ޕުޓިންގެ ވިސްނުންފުޅު ހުރިނެތްގޮތް ދެނެގަތުމަށް ޓްރަމްޕް މަސައްކަތް ކުރައްވާނެ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
