
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީންގެ ޣައްޒާގެ އުތުރުގައި އޮތް ޣައްޒާ ސިޓީއަށް ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއްދީ، 11 މީހުން ޝަހީދު ކޮށްލައިފިއެވެ. ޣައްޒާ ސިޓީގެ އިރުމަތީ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ވަރުގަދަ ޙަމަލާތަކެއް ދެމުން މި ދަނީ، އެ ސަހަރުގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމާ ގުޅޭ މަޝްވަރާތައް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސާއި ޔަހޫދީންނާ ދެމެދު އަލުން މަޝްވަރާތައް ފެށުމަށް މަސައްކަތް ކުރަމުން ދަނީ މިޞްރާއި ޤަޠަރުން ގުޅިގެންނެވެ. މި ކަމާ ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ބޭއްވެވުމަށް ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ޚަލީލް އަލް-ޙައްޔާ ވަނީ މިޞްރުގެ ވެރިރަށް ޤާހިރާއަށް ވަޑައިގަންނަވާފައެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙަ ޤާއިމު ކުރުމަށް އެންމެ ފަހުން މަޝްވަރާތައް ބާއްވާފައި ވަނީ ޤަޠަރުގެ ވެރިރަށް ދަވްޙާގައި ޖުލައި މަހުގެ ފަހުކޮޅުއެވެ. އެ މަޝްވަރާތައް ފޭލުކޮށްލީ ޔަހޫދީންނެވެ. އެއިރު މަޝްވަރާ ކުރަމުން ގޮސްފައި ވަނީ، ޣައްޒާ ޢުދުވާން 60 ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލައި، ދެ ފަރާތުގެ ދެމެދުގައި އަސީރުން ބަދަލު ކުރުމާ ގުޅޭ ގޮތުންނެވެ. އެއީ، އެމެރިކާގެ ހުށަހެޅުމެކެވެ.
ޤާހިރާގައި ޙަމާސާއި މިޞްރު ސަރުކާރުގެ އިސް އޮފިޝަލުންނާ ދެމެދު މަޝްވަރާތައް ފެށުމަށް ހަމަޖެހިފައި ވަނީ އޮގަސްޓު 13ވަނަ ދުވަހުއެވެ. އެ މަޝްވަރާތަކުގެ މައިގަނޑު މަޤުޞަދަކީ، ޔަހޫދީންގެ ނަސްލުހޭދު ހުއްޓުމަކަށް ގެނައުމެވެ. އަދި، ޣައްޒާގައި ހައިހޫނުގައި ޖައްސާފައިވާ 2.2 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ޔަހޫދީން ކުރިމަތި ކޮށްފައިވާ ހުރަސްތައް ނައްތައިލުމެވެ. ދަވްޙާގައި ބޭއްވި މަޝްވަރާތައް ފޭލުކޮށްލުމަށް ފަހު ޔަހޫދީ ފައުޖުން މިހާރު ދަނީ ޣައްޒާ ސިޓީ އެ މީހުންގެ އަތްދަށަށް ގެންގޮސް، އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން އަޅުވެތި ކުރުމަށް ޖަރީމާތަކެއް ހިންގަމުންނެވެ. ޔަހޫދީ ފައުޖުން ޣައްޒާ ޤަތުލުޢާންމު ފުޅާ ކޮށްފައި މި ވަނީ، މުޅިި ޣައްޒާ އިސްތިޢުމާރުކޮށް، އެ ސަހަރުގައި ދިރިއުޅޭ ރައްޔިތުން އަޅުވެތި ކުރުމަށް ނިންމައި، ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އެ ކަން އިޢުލާނު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީންގެ ޤަތުލުޢާންމުގެ އެންމެ ބޮޑު ބައިވެރިޔަކީ، އަދި މަދަދުގާރަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު އަލުން ސުލްޙައިގެ މަޝްވަރާތައް ފެށުމުގެ މަސައްކަތް ފަށާފައި މި ވަނީ، ވިލާތާއި ހުޅަނގުގެ ބާރުތަކުގެ ގޮތުގައި ބެލެވޭ 26 ޤައުމަކުން ޔަހޫދީންގެ ޤަތުލުޢާންމު ކުށްވެރިކޮށް، ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނައުމަށް ގޮވައިލައި، ޔަހޫދީންނަށް ފިއްތުންތައް ކުރިމަތި ކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި، ކެނެޑާއާއި، އޮސްޓްރޭލިޔާ އަދި ފަރަންސޭސިވިލާތުގެ އިތުރުން ޖަޕާން ވެސް ހިމެނެއެވެ. ނަން ހާމަކޮށްފައި ނުވާ ޙަމާސްގެ އޮފިޝަލަކު ބުނީ، ޣައްޒާގެ ވެރިކަން މިނިވަން ކޮމިޓީއެއްގެ އަތްމައްޗަށް ދޫކޮށްލުމަށް އެއްބަސްވުމަށް އެ ޖަމާޢަތުން ނިންމާފައިވާ ކަމުގައެވެ. ނަމަވެސް، ޙަމާސުން ހަތިޔާރު ބެހެއްޓުމަކީ ޔަހޫދީންނާއި އެމެރިކާގެ އެންމެ ބޮޑު ޝަރުޠެވެ. ޙަމާސްގެ އޮފިޝަލު ބުނީ، އެ ޖަމާޢަތުން ހަތިޔާރު ބަހައްޓާނީ، ފަލަސްޠީނުގެ މިިނިވަން ދައުލަތެއް ޤާއިމުކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކޮށްދިނުމުން ކަމުގައެވެ. ސެޕްޓެންބަރު މަހު ބާއްވާ އެކުވެރި ދައުލަތްތައް (އދ)ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ފަލަސްޠީނުގެ މިނިވަން ކަން ބަލައިގަނެ، އެ ކަން ރަސްމީކޮށް އިޢުލާނު ކުރުމަށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިތުރުން ކެނެޑާއާއި އޮސްޓްރޭލިޔާއިން ވަނީ ނިންމާފައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
