
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ރަޝިޔާގެ ލަޝްކަރުން ޔޫކްރެއިންގެ އިރުމަތީގައި އޮތް އިތުރު ސަރަޙައްދުތަކަށް ވަދެ، ކުރިއެރުންތަކެއް ހޯދައިފިއެވެ. ޔޫކްރެއިންގެ ބައެއް ބިންތަކަށް އަތްގަދަ ކޮށްފައިވާ ރަޝިޔާގެ ފައުޖުތަކުން ކުރިއެރުންތަކެއް ހޯދަމުން މި ދަނީ، ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު މުހިންމު ބައްދަލުވުމެއް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އޮގަސްޓު 15ވަނަ ދުވަހު ޕުޓިންއާއި ޓްރަމްޕްގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ އެލެސްކާގައެވެ. އެ ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެންނާނެ މަގެއް ދެނެގަތުމެވެ. އަދި، އެ ކަމަށް އެއްބަސްވުމެއް އެކުލަވައިލުމުގެ މަސައްކަތް ފެށުމެވެ. އެލެސްކާ ބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް އަރުވާފައެއް ނުވެއެވެ. ސަބަބަކީ، އޭނާއާ ބައްދަލު ކުރެއްވުމަށް ޕުޓިން އިންކާރު ކުރެއްވުމެވެ.
ޔޫކްރެއިންގެ އިތުރުން އެ ޤައުމަށް ވާގިވެރިވާ ވިލާތުގެ ބާރުތަކުން ޤަބޫލު ކުރާ ގޮތުގައި، ޕުޓިންއާއި ޓްރަމްޕްގެ ބައްދަލުވުމުގައި ޔޫކްރެއިންގެ ބިމުން ބަޔެއް ރަޝިޔާއަށް ދޫކޮށްލުމަށް ޔޫކްރެއިނަށް މަޖުބޫރު ކުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި އެ ޤައުމުތަކުން ދަނީ ބުނަމުންނެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވެވޭ އެއްބަސްވުމެއްގެ ދަށުން ދެ ޤައުމުގެ ދެމެދުގައި ބިންތައް ބަދަލު ކުރަން ޖެހުމުގެ ފުރުޞަތު އޮތް ކަމުގައި ޓްރަމްޕް ވެސް މީގެ ކުރިން ވިދާޅުވެފައިވެއެވެ. ޔޫކްރެއިންގެ ބިމުގެ ފަސްބައިކުޅަ އެއްބަޔަށް އަތްގަދަ ކޮށްފައިވާ ރަޝިޔާގެ ލަޝްކަރުން މި ވަގުތު ކުރިއެރުންތައް ހޯދަމުން ދަނީ ޔޫކްރެއިންގެ އިރުމަތީ ސަރަޙައްދުތަކުގައެވެ. އެ ސަރަޙައްދުގައި އޮތް ބޯޓުދެލީގެ ގޮތުން މުއްސަނދި އަވަށެއް ކަމުގައިވާ ދޮބްރޮޕިއްލާ ކައިރީގައި ރަޝިޔާގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި، އެ ރަށް ކޮންޓުރޯލުގެ ދަށަށް ގެންދިޔުމަށް މަސައްކަތް ކުރަމުންނެވެ. އެއީ، ދޮންބާސްގައި ހިމެނޭ މައި އެއް ސަރަޙައްދެއް ކަމުގައިވާ ދޮންޏެސްކުގެ އަވަށެވެ.
ޕުޓިންއާއި ޓްރަމްޕާ ދެމެދު މުހިންމު ބައްދަލުވުމެއް ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާއިރު، އެ ދެ ބޭފުޅުން އެންމެ ފަހުން ބައްދަލު ކުރައްވާފައި ވަނީ 2021ވަނަ އަހަރުއެވެ. ޓްރަމްޕް ސަރުކާރުގެ މަޞްދަރުތަކުން ބުނީ، އެލެސްކާގައި ދެ ބޭފުޅުންގެ ދެމެދުގައި ބާއްވާ ބައްދަލުވުމުގައި ހަނގުރާމަ ނިމުމަކަށް ގެނައުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިގެން ދިޔުމުގެ ފުރުޞަތު ހަނި ކަމުގައެވެ. ނަމަވެސް، އެ ބައްދަލުވުމުގައި ދެ ފަރާތުން ވެސް އަނެއް ފަރާތުގެ ހުށަހެޅުންތައް އަޑު އަހާނެ ކަމުގައި އެ މަޞްދަރުތަކުން ބުންޏެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވީ، އެލެސްކާ ސަމިޓުގައި ޕުޓިންގެ ވިސްނުންފުޅު ހުރިނެތްގޮތް ދެނެގަތުމަށް ޓްރަމްޕް މަސައްކަތް ކުރައްވާނެ ކަމުގައެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
