
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީން ޖައްސަމުން ދަނީ “ވިސްނުމަށް ވެސް ނުގެނެވޭ ފަދަ” ދެރަ އަދި ނިކަމެތި ހާލަތެއް ކަމުގައި ބުނެ، ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ވަގުތުން ހުއްޓައިލުމަށް ހުޅަނގާއި ވިލާތުގެ 26 ޤައުމަކުން ޔަހޫދީންނަށް ގޮވައިލައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާ ހުއްޓައިލުމަށް ގޮވައިލާފައިވާ ޤައުމުތަކުގެ ތެރޭގައި ހުޅަނގުގެ ބާރުތަކުގެ ގޮތުގައި ހިމެނޭ އިނގިރޭސިވިލާތާއި ކެނެޑާގެ އިތުރުން އޮސްޓްރޭލިޔާ ވެސް ހިމެނެއެވެ. ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީން ޖައްސާފައިވާ އިންސާނީ މުސީބާތް ކުށްވެރިކޮށް ވިލާތުގެ 26 ބާރެއްގެ ޚާރިޖީ ވަޒީރުން ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި އެންމެ އިސްކަމެއްގެ ގޮތުގައި ގޮވައިލާފައި ވަނީ، ޣައްޒާގައި ދިރިއުޅޭ 2.2 މިލިޔަނެއްހާ މީހުން ހައިހޫނުގައި ޖެއްސުމަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވަގުތުން ހުއްޓައިލައި، އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ޔަހޫދީން ކުރިމަތި ކޮށްފައިވާ ހުރަސްތައް ނައްތައިލުމަށެވެ.
“އަޅުގަނޑުމެންގެ ލޯތައް ކުރިމަތީގައި ހައިހޫނު ކަން އެ ދަނީ ނިއުޅެމުން. ބަނޑަށް ޖެހިފައި ތިބި މީހުންގެ ފުރާނަތައް ސަލާމަތް ކުރުމަށް ވަގުތުން ފިޔަވަޅުތައް އެޅުން ބޭނުންވޭ. އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު އެހީދޭ ޖަމުޢިއްޔާތަކަށް ފޯރުކޮށްދިނުމަށް އަދި އެ ޖަމުޢިއްޔާތަކުން [ޣައްޒާގައި] ހަރަކާތްތެރިވުމަށް އޮތް ހުރަސްތައް ވަގުތުން ނައްތައިލުމަށް އިސްރާއީލުގެ ސަރުކާރަށް ގޮވައިލަން،” އެ ބަޔާނުގައި ގޮވައިލާފައިވެއެވެ. ޣައްޒާއަށް އެހީ އެތެރެ ކުރެވެން އޮތް ހުރިހާ މަގެއް ހުޅުވައިލުމަށް ވެސް 26 ޤައުމުގެ ޚާރިޖީ ވަޒީރުން ސޮއި ކުރައްވާފައިވާ ބަޔާނުގައި ގޮވައިލާފައިވެއެވެ. “އެހީގެ ސާމާނު، ކާބޯތަކެއްޗާއި، ފައިދާހުރި ނިއުޓްރިޝަންގެ ސާމާނާއި، ބޯހިޔާވަހިކަމަށް ބޭނުންވާ ތަކެއްޗާއި، ތެލާއި، ސާފު ބޯފެނާއި، ބޭހާއި ބޭސްފަރުވާގެ ސާމާނު ހިމެނޭ ގޮތުގައި، ޣައްޒާއަށް އެތެރެ ކުރުމަށް ހުރިހާ ސަރަޙައްދީ ހުރަހަކާއި މަގުތަކެއް ބޭނުން ކުރަން ޖެހޭ،” އެ ބަޔާނުގައި ގޮވައިލާފައިވެއެވެ.
ބަނޑުފުރާނަ މުއްތިކުރެވޭ މިންވަރަށް ކާބޯތަކެތި ނުލިބުމުގެ ސަބަބުން ހައިހޫނުގައި ޖެހިގެން ޣައްޒާގެ ގިނަ އަދަދެއްގެ ރައްޔިތުން ބަނޑަށްޖެހި ޝަހީދުވަމުން ދާއިރު، ޔަހޫދީން ދަނީ އެ ކަމުގެ ޒިންމާއިން ރެކުމަށް މަސައްކަތް ކުރަމުންނެވެ. އަދި، އެ ޒިންމާއިން ބަރިއްޔަވުމަށް ބަހަނާ ދައްކަމުންނެވެ. ޣައްޒާއަށް އެތެރެ ކުރާ ކާބޯތަކެތި އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ލޫޓުވައި، ވަގަށް ގެންދަމުންދާ ކަމުގައި ޔަހޫދީން ތުހުމަތު ކުރި ނަމަވެސް، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި އެ ފަދަ ޖަރީމާތަކުގެ ފަހަތުގައި ވެސް އޮތީ ޔަހޫދީން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކެކެވެ. ބައިނަލްއަޤްވާމީ ފިއްތުންތަކާ ގުޅިގެން ހުސްވި މަހުގެ ތެރޭގައި ޣައްޒާއަށް މަދު އަދަދެއްގެ ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ޔަހޫދީން ހުޅުވައިލިއެވެ. ނަމަވެސް، ހުޅަނގުގެ ބާރުތަކުން ބުނީ ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އެ މިންވަރު ނުފުދޭ ކަމުގައެވެ.
ޔަހޫދީންނާ ދެކޮޅަށް ނެރެފައިވާ ބަޔާނުގައި ސޮއި ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި އޮސްޓްރޭލިޔާ، ބެލްޖިޔަމް، ކެނެޑާ، ސައިޕްރަސް، ޑެންމާކް، އެސްޓޯނިޔާ، ފިންލެންޑް، ފަރަންސޭސިވިލާތް، ގްރީސް، އައިސްލެންޑް، އަޔަލެންޑް، ޖަޕާން، ލިތުއޭނިޔާ، ލަގްޒެމްބަރގް، މޯލްޓާ، ދި ނެދަރލެންޑްސް، ނޯވޭ، ޕޯޗުގަލް، ސްލޮވާކިޔާ، ސްލޮވީނިޔާ، ސްޕެއިން، ސްވިޑެން، ސްވިޓްޒަރލެންޑް އަދި އިނގިރޭސިވިލާތް ހިމެނެއެވެ. އިޓަލީވިލާތާއި ލެޓްވިޔާގެ ޚާރިޖީ ވަޒީރުން ވެސް ފަހުން ވަނީ އެ ބަޔާނުގައި ސޮއި ކުރައްވާފައެވެ. އޭގެ ތެރެއިން ގިނަ ޤައުމުތަކަކީ ޔަހޫދީންނާ ގާތް ގުޅުންތަކެއް ބާއްވަމުންދާ ޤައުމުތަކެކެވެ. އަދި، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ އެކުވެރިންނެވެ. އެ ބަޔާނުގައި ސޮއި ކުރުމަށް އިންކާރު ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ޖަރުމަނުވިލާތާއި ހަންގެރީ ހިމެނެއެވެ.
About Post Author
މާދަމާ ނިއުސް
އެންމެ ފުރިހަމަ ހިދާޔަތުގެ އަލީގައި އެތައް ގަރުނެއް
(ފޮޓޯ ކްރެޑިޓްސް: މިހާރު) ހަގީގީ ބާއްޖަވެރިކަމާއި ހިތްހަމަޖެހުމަކީ ހަމައެކަނި ދުނިޔަވީ މާއްދީ ކަންކަމުން ހާސިލުވާ އެއްޗެއް ނޫން ކަމަށާއި، އެކަން ފުރިހަމަވަނީ އިސްލާމްދީނުގެ ހިދާޔަތުން...
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގަމަށް
(ފޮޓޯ ކްރެޑިޓްސް: ޔޫއެޗްޑީ ޑީއޭ) މޫސުން ބަދަލުވާ ދުވަސްވަރާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ސ....
ވިއްސާރައިގައި ފޭދޫގެ 70 ގެއަށް ގެއްލުން، އެއް ގެއިން މީހުން ހުސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: އެމްއެންޑީއެފް) ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް އަދި މަރަދޫގެ ދެ ގެއަކަށް...
ނުނިމިހުރި ޓޫރިޒަމް މަޝްރޫޢުތައް ނިންމަން 1 އަހަރުގެ މުއްދަތެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކޮށް ނިންމަން ދީފައިވާ މުއްދަތު ހަމަވުމުން، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ...
“އައު ޤަވާއިދާއެކު މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީޢަތް ހިނގުން ހަރުދަނާވާނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އަންނަ އޮކްޓޯބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާ މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާއިދުގެ ސަބަބުން، 18 އަހަރުވީ...
ފަތުރުވެރިކަމުގެ ޚިދުމަތްދޭ ބޭރުގެ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް މީރާގެ ޕޯޓަލްއެއް
(ފޮޓޯ ކްރެޑިޓްސް: މީރާ) މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ޓުއާ...
