
ޔޫއެފާ ސުޕަރ ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީ އަށް ހައްގު ނޫން ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ. މެޗުގެ ފަހު ވަގުތު ޖެހި ދެ ލަނޑާއެކު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ޕީއެސްޖީ އިން ވަނީ ހޯދާފަ އެވެ. މި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފައިވަނީ މި މެޗުގައި ފެނިގެންދިޔަ ކުޅުމަށް ބަލާއިރު ޕީއެސްޖީއަށް ޗެމްޕިއަންކަން ހައްގު ނޫން ކަމަށެވެ. “މި މެޗުގައި ދެ ޓީމުގައި ހުރި ތަފާތު އެންމެނަށްވެސް ފެންނާނެ. ތެދަށް ބުނާކަމަށްވާނަމަ މި ތަށްޓަކީ އަހަރުމެންނަށް ހައްގު ތަށްޓެއް ނޫން.” ޗެމްޕިއަންސް ލީގުވެސް ޕީއެސްޖީ އަށް ކާމިޔާބުކޮށްދިން ކޯޗު ލުއިސް އެންރީކޭ ވަނީ ބުނެފަ އެވެ.
“އަހަރުމެންނަށް ފެނިގެންދިޔަ ހަ ހަފްތާގެ ފަރިތަކުރުންތަކަށްފަހު ޓޮޓްނަމް އިން ފެނިގެންދިޔަ ތަފާތު އަދި ހަ ދުވަހުގެ ފަރިތަކުރުންތަކަށްފަހު ޕީއެސްޖީގެ ފަރާތުން ފެނުނު ކުޅުން. މެޗުގެ 80 މިނިޓު ވަންދަނެ އަހަރުމެންގެ ގޭމް ކުޅެވޭތޯ މަސައްކަތް ކުރިން” އެންރީކޭ އިތުރަށް ބުންޏެވެ. އެންރީކޭ އިތުރަށް ބުނެފައިވަނީ އޭނާގެ ޓީމަށް ކާމިޔާބު ލިބުނު ހަމައެކަނި ސަބަބަކީ މެޗުގެ ފަހު ވަގުތާއި ހަމައަށް މޮޅުވާން ކުރި މަސައްކަތް ކަމަށެވެ. ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު ތޯމަސް ފްރޭންކް ބުނެފައިވަނީ މި މެޗުން ބަލިވި ނަމަވެސް މި މެޗުގައި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއިމެދު ފަހުރުވެރިވާ ކަމަށެވެ.
“މި މެޗުން ބަލިވިނަމަވެސް ކުޅުންތެތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއިމެދު ފަހުރުވެރިވަން. ދުނިޔޭގައި މިވަގުތު އޮތް އެންމެ މޮޅު އެއް ޓީމާއި ދެކޮޅަށް އެމީހުން ވަނީ މޮޅު ކުޅުމެއް ދައްކާފައި.” ތޯމަސް ފްރޭންކް ބުންޏެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
