
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބ.ދަރަވަންދޫގެ ފުޓްބޯޅަ ދަނޑު އިތުރައް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ދަރަވަންދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވިދާޅުވީ ޒުވާނުންގެ ދުޅަހެޔޮކަން އިތުރުކުރުމަކީ އިސްކަންދޭ ސިޔާސަތެއްކަމަށާއި، އެގޮތުން ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތުން ދަރަވަންދޫގެ ފުޓުބޯޅަ ދަނޑު އިތުރަށް ތަރައްޤީކޮށްދެއްވާނެ ކަމަށެވެ. އަދި މިއަހަރާއި އަންނަ އަހަރުވެސް ކުޅިވަރުގެ އިތުރު ވަސީލަތްތައް ދަރަވަންދޫގައި ޤާއިމްކޮށްދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
“މި ރަށުގައި ފުޓްބޯޅަ ދަނޑެއް އޮތް ނަމަވެސް އެ ދަނޑުގެ ބޭނުން ރޭގަނޑު އޮންނަނީ ނުކުރެވޭ ގޮތްވެފަ، ލައިޓް އަދި ގާއިމްކޮއްފަ ނެތީމަ” ރައީސް ވިދާޅުވިއެވެ. މި ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޓްބޯޅަ ދަނޑުތައް ގާއިމު ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރަކާރުން އެހެން ކުޅިވަރުތަކަށް ބޭނުންވާ ދަނޑުތައް ވެސް ގާއިމުކުރުގެ މަސައްކަތް މިހާރު ފައްޓަވާފަވާ ކަމަށެވެ. މި ސަރުކާރުން ރަށްރަށުގައި ގާއިމު ކުރަމުންދާ ދަނޑުތަކުގައި އެންމެ ބޮޑު އަމާޒަކީ ހުރިހާ ކަމެއް ނިންމާ ފުރިހަމަ ދަނޑުތަކެއްގެ ގޮތުގައި ރައްޔިތުންނާ ހަވާލުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
“މާނައަކީ ވަށާފަރު ނެތް ރަށްރަށުގައި ވަށާފާރާއި ލެންސާއި، ލައިޓާއި، މިހުރިހާ ކަމެއް ހިމެނޭ ގޮތައް، އެހެންވީމަ މި ރަށުގައި މިއޮތް ދަނޑު، ބަޔަކާ ހަވާލުކޮއްގެން ރޭގަނޑު ވެސް ކުޅެވޭނެ ގޮތައް ލައިޓު ޖެހުމުގެ މަސައްކަތް ވެސް ކޮއްދޭނެ ކަން އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވަން.” ރައީސް ވިދާޅުވިއެވެ. ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން މިއަހަރުތެރޭގައި ދަރަވަންދޫގައި ފެށެން ހުރި މަސައްކަތްތައް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި ދަރަވަންދޫގެ ކުޅިވަރު ތަރައްގީ ކުރުމުގެ މަޝްރޫއުތައް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“އަޚްލާޤީ މިންގަނޑުގެތެރެއިން މަޢުލޫމާތު ފޯރުކޮށްދިނުން މުހިންމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނޫސްވެރިން ވަކިފަރާތަކަށް ނުޖެހި، އަޚްލާޤީ...
“މީޑިއާއަށް ފަހި މާހައުލެއް ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ މަތީ އެއް މަޞްލަޙަތު”
(ފޮޓޯ ކްރެޑިޓްސް: ރަައީސް އޮފީސް) ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، ދިވެހި ނޫސްވެރިންނަށް ރައްކާތެރި...
ގަލަމުގެ ބާރު ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކު!
ކޮންމެ އަހަރެއްގެ މޭ 3 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. 1993 ވަނަ އަހަރުން ފެށިގެން އދ. އިން ފާހަގަކުރާ މި...
ޒުވާނުންނާއި ކުޅިވަރު: އެެއް ވުޒާރާއަކަށް، ހެޔޮ ބަދަލެއްް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ނަމަށް ބަދަލުކޮށް، ވަޒީރު އަބްދުﷲ ރާފިޢުގެ އިރުޝާދުގެ ދަށުން ޒުވާނުންގެ...
ރާއްޖެ-ލަންކާ: އަބަދުވެސް އޮތީ ގާތް ގުޅުމެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއާއި ސްރީލަންކާއަކީ 1965 ވަނަ އަހަރުން ފެށިގެން ސިޔާސީ ގުޅުން ގާއިމުކޮށް، ސަގާފީ އަދި އިގްތިސާދީ ގޮތުން ގާތް...
ލާމަރުކަޒީ ނިޒާމާގުޅޭ ޒިންމާތައް މާލީ ވުޒާރާއަށް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާ އުވާލުމާ ގުޅިގެން، ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކުގެ ކަންކަމުގައި މަޖިލީހަށް...
