
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބ.ދޮންފަނުގެ ފުޓްބޯޅަ ދަނޑާއި، ފުޓެސަލް ދަނޑު އަދި ވޮލީކޯޓް ހިމެނޭހެން ކުޅިވަރުގެ ގިނަ މަޝްރޫއުތައް މިއަހަރުތެރޭގައި ފައްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މާޅޮސްމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދޮންފަނު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ ކުޅިވަރުގެ ދާއިރާއިން ކުރުމަށް ނިންމަވާފައިވާ މަޝްރޫޢުތަކަށް އިޝާރާތްކުރައްވައި ފުޓުބޯޅަ ދަނޑު ފުރިހަމަކޮށް، ފުޓްސަލް ދަނޑު ހަދާއިރު ހޭންޑްބޯލް ކުޅެވޭގޮތަަށް ދަނޑު ފުރިހަމަކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
“އެހެންވީމަ އަޅުގަނޑު ވީ ވަޢުދުގެ 4 ކަމެއް ފެށިގެން މިދަނީ، އަދި އެބަހުރި ބައެއް ކަންތައްތައް. އެގޮތުން ކުޅިވަރުގެ ދާއިރާއިންވެސް ތަރައްޤީ ގެންނަން ވާނީ ވަޢުދުވެފައި، އެދާއިރާއިން ފުޓުބޯޅަ ދަނޑު ފެށިފައިވީނަމަވެސް އޮތީ ދަނޑުގެ ހުރިހާ މަސައްކަތެއް ނިންމޭގޮތަކަށްނޫން. އަޅުގަނޑުމެން ދަނޑުގެ މަސައްކަތް މިފަށަނީ ހުރިހާކަމެއް ފުރިހަމަވާގޮތަށް. މި މަޝްރޫޢު އަޅުގަނޑުމެން ނިންމާލާނީ ފެންސާ ލައިޓުގެ މަސައްކަތާވެސް އެކީގައި.” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދޮންފަނުގައި ފުޓްސަލް ދަނޑެއްވެސް ތަރައްޤީކޮށްދޭނެކަމަށާއި، އެއީ ހޭންޑް ބޯލް ކުޅެވޭގޮތަށް ދެ ކުޅިވަރަށް ޚާއްޞަ ސައިޒުގެ ތަނެއްގޮތަށް ތަރައްޤީކުރާ ތަނެއްކަމަށެވެ. އަދި މިއަހަރު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމުގެ އަމަލީ މަސައްކަތް ފަށާނެކަމަށާއި، އަންނަ އަހަރު ވޮލީ ކޯޓެއް ތަރައްޤީކޮށްދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
