
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މިއަހަރު ތެރޭގައި ބ.ކިހާދޫގައި ކުޅިވަރު ތަރައްގީކުރުމަށް ގިނަ މަޝްރޫއުތަކެއް ފައްޓަވަން ރައިސޫލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ. މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކިހާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ، ކިހާދޫގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުތައް ފުއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހާމަ ހާމަކުރައްވާފައެވެ. ސިއްޙަތާއި ހަށިހެޔޮކަމުގެ ދާއިރާ އިން ތާވަލުކުރެވިފައި ހުރި މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން، ރައީސް ވިދާޅުވީ ފުޓުބޯޅަ ދަނޑު ފުރިހަމަކުރުމުގެ މަސައްކަތް ވަކި މަޝްރޫޢެއްގެ ގޮތުގައި ކުރިއަށްގެންދަވާނޭ ކަމަށާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ، އައުޓްޑޯ ޖިމް އަދި ކުޑަކުދިންގެ ޕާކުގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމަށެވެ.
ކުޅިވަރު ދާއިރާގެ ވަކި މަޝްރޫއު ތަކުގެތެރޭގައި ކިހާދުގޭ ބޯޅަ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ލަސްކަން ފާހަގަކުރެއްވިއެވެ. ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއު ލަސްވަމުންދާ ސަބަބުތައް ހާމަކުރައްވަމުން ރައީސް ވިދާޅުވީ މުޅި މަޝްރޫގެ ބައިތައް ކުރިއަށްދަނީ ހުރިހާ ކަމެއް ހިމެނޭ ގޮތަށް ކަމަށެވެ. ” އަޅުގަނޑުމެން ދަނޑުގެ މަޝްރޫއުތައް ގެންދަނީ ހުރިހާ ކަމެއް އޭގެތެރޭގައި ހިމެނޭ ގޮތައް، މި ދަންނަވާ ވާހަކައަކީ ލައިޓް ޖެހުމާ ހަމައަށް ފެންސާއި، ލައިޓާއި ހުރިހާ ކަމެއް ހިމެނޭހެން، ފުލް ސްކޯޕް ޕްރޮޖެކްޓެއް ގޮތައް މިހާރު ދަނޑުހެދުމުގެ މަޝްރޫތައް ގެންދަނީ.” ރައީސް ވިދާޅުވިއެވެ. މިހާރު ހަވާލުވެފަ ހުރި މަސައްކަތްތަކުގެ އިތުރުން ހުރިހާ ކަމެއް ހިމެނޭހެން ދަނޑުގެ މަސައްކަތް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ކިހާދު ރައްޔިތުންނަށް ދެއްވާފައެވެ.
މި އަހަރާއި އަންނަ އަހަރަށް ކިހާދޫގައި ހިންގެވުމަށް ނިންމަވާފައިވާ ތަރައްޤީގެ މަސައްކަތްތަކުގެ ތެރެއިން ކުޅިވަރުގެ މި ތިން މަޝްރޫވެސް މި އަހަރު ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
