
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަޝްރޫޢާއެކު ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ފައިސާގެ އަދަދު އިތުރުވެފައިވާކަމަށް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ސީއީއޯ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ. ސަރުކާރުން ދަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން ބީއެމްއެލްގެ އޭޓީއެމް ޤާއިމްކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. މިމަޝްރޫޢާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، މިމަޝްރޫޢަކީ ވަރަށް މުހިންމު ވަރަށް ބޮޑު މަޝްރޫޢެއްކަމަށެވެ.
އާބާދީއަށް ބެލުމެއްނެތި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކިން ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާ އެމަޝްރޫޢު ހިންގެވުމަށް ބީއެމްއެލްއަށް އިރުޝާދު ދެއްވުމާއި ގުޅިގެން މިއަހަރު ތެރޭގައި އިތުރު 103 ރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް އެ ބޭންކުން ކުރައްވަމުން ގެންދަވާކަމަށް ސީއީއޯ ވިދާޅުވިއެވެ. ސީއީއޯ ޝަރީފް ވިދާޅުވީ، މިއީ ރަށްރަށުގައި ހަމައެކަނި އޭޓީއެމެއް ބެހެއްޓުމުގެ މަޝްރޫޢެއް ނޫންކަމަށެވެ. މިއާއެކު ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް ހޯދުމަށް ބޮޑު އަގު ދިނުމަށްފަހު އެހެން ރަށްރަށަށް ދަތުރުކުރަން ޖެހޭ ޖެހުމަށް ނިމުމެއް އަންނާނެކަމަށް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
އޭޓީއެމް ޤާއިމްކުރުމުން ރަށުގައި ތިބެގެން އޭޓީއެމުން ފައިސާ ނެގުމާއި ޖަމާކުރުމާއި، ޓްރާންސްފަރ ކުރުމުގެ އިތުރަށް ގޭގައި ތިބެގެން މިހާރު އެކައުންޓް ހުޅުވާ ލޯނަށްވެސް އެދެވޭނެކަމަށް ސީއީއޯ ވިދާޅުވިއެވެ. ސީއީއޯ ވިދާޅުވީ މިއަހަރުގެ މިހާތަނަށް ހުޅުވުނު އޭޓީއެމްތަކުން ބޭންކިން ނިޒާމަށް ގިނަ އަދަދެއްގެ ފައިސާ ޖަމާވެފައިވާކަމަށެވެ. މީގެ ފައިދާ ކުރާނީ ރައްޔިތުންނަށްކަންކަމަށްވެސް ވިދާޅުވިއެވެ.
“ރަށްރަށުން އަޅުގަނޑުމެންނަށް ފެންނަނީ އިތުރަށް ފައިސާ ޖަމާކުރެވެމުންދާތަން އެކައުންޓްތަކަށް. އެއީ ރަށްރަށުގައި އެހެން ނޫނިއްޔާ ވިޔަފާރިތަކުންވެސް ފައިސާ ލިބުނީމަ ބެހެއްޓިފައި މިހުންނަނީ ބޭންކް ނުކުރެވި ދެއްތޯ. ގޭގޭގައިވެސް ފައިސާ ބަހައްޓާފައި ހުންނަނީ. ބޭނުންއިރަކު ބޭނުންކުރެވޭނެކަން ފައިސާ ނެގޭނެކަން ނުވަތަ ޖަމާކުރެވޭނެކަން އެނގުނީމަ ހަމަ ފައިސާ ޖަމާކުރެވޭ މިންވަރު މި ރަށްރަށުން ވަނީ އިތުރުވެގެން ގޮއްސަ. އޭގެ ސަބަބުން އިޤްތިޞާދީ ކުރިއެރުންތަކެއް ލިބެމުން އެދަނީ. އެ ފައިސާ ބޭންކިން ނިޒާމްގެ ތެރެއަށް ވަނީމަ ބޭންކުން ކުރާ އެހެނިހެން ކަންތައްތަކުގައި އެއީ ލޯނުދިނުން ފަދަ ކަންތައްތަކަށްވެސް އިތުރަށް މަގުފަހިވެގެންދާނެ.” ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
މިއަހަރުގެ މިހާތަނަށް ބީއެމްއެލްއިން ވަނީ މުޅިން އަލަށް 44 އޭޓީއެމެއް ހުޅުވާފައެވެ. މިއާއެކު ބީއެމްއެލްގެ އޭޓީއެމް ވިއުގައިގައި 250 އަށްވުރެ ގިނަ އޭޓީއެމް އެބަހުއްޓެވެ. ބީއެމްއެލްއިން ވިދާޅުވީ ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ލޯނު ދޫކުރާ އަދި އެންމެ ގިނަ ކަސްޓަމަރުން ތިބި ބޭންކަކީ ބީއެމްއެލްއަށް ވުމަކީ އެ ބޭންކުން ވަރަށް ފަހުރުވެރިވާ ކަމެއްކަމަށެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
